18 ޖޫން 2024
އަތޮޅު ތެރޭގެ ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީން އެ ރަށްރަށުން އިތުރު ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އަތޮޅު ތެރޭގެ ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީން އެ ރަށްރަށުން އިތުރު ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހުއްދަ ނަގަން އިތުރު ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
އެއީ މިހާރު ވެސް އޮތް ނިޒާމުގެ ތެރެއިން ރަޖިސްޓްރީވުމަށް ފަހު ރަށުން ނުވަތަ ސިޓީ ކައުންސިލުން އޮންލައިންކޮށް ނަގަންޖެހޭ ހުއްދައެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
There is no discussion of “additional” charges for the said Island / city level permit. The solution will be an electronic / IT based solution (additional development to existing system) where workers in Islands will be required to get an e-registration done and acknowledged… https://t.co/NUireU2Gaw
— Minister of Homeland Security & Technology (@min_mohst) June 18, 2024
"މިކަން ތަންފީޒު ކުރުމަކީ ލިޔެކިޔުން ނެތް ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުމަށް ކުރިޔަށް ގެންދާ ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރިޔަށް ގެންދާ ކަމެއް." އިހުސާން ވިދާޅުވި އެވެ.
ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީން ބަލަހައްޓަން ކައުންސިލްތަކުން މިހާރު ވެސް ދަފްތަރެއް ގެންގުޅެން ޖެހެ އެވެ. އެހެން ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވޭތީ، އިހުސާން ކުރިން ވިދާޅުވެފައިވަނީ ބިދޭސީންގެ ފޮޓޯއަށް ބަލައިގެން މީހާ ދެނެގަނެވޭނެ ރަނގަޅު އޮންލައިން ނިޒާމެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ހާލަތަށް ބަލާފައި
އެއްވެސް ތަނެއްގައި ބިދޭސީން ބޭނުމެއް ނޫން:އިހުސާން
އިމިގްރޭޝަންގެ ބަޔަކު ރިޝްވަތު ނަގާ މައްސަލައެއް ބަލަނީ
މިހާތަނަށް 8،000 ބިދޭސީންގެ މައުލޫމާތު ނަގައިފި
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
މެލޭޝިޔާގެ ބެސްޓިނެޓާއެކު އެއްބަސްވުން ހެދީ ބަދަލުނުދޭން
ބަންގްލަދޭޝް މީހުން ގެނެވޭނީ މައްސަލަ ހައްލުވީމާ
"މުޑުދާރު ކާބޯތަކެތީގެ ވިޔަފާރި ފުޅާ، ހުއްޓުވާނަން"
ޖޫރިމަނާ ފައިސާ ދެއްކި 20ކުންފުނީގެ ނަން އާންމުކޮށްފި
ތިން ހަފުތާގެ ތެރޭގައި 182 މިލިއަން ލިބިއްޖެ