28 ނޮވެމްބަރ 2024
ރިޝްވަތު ނަގައިގެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީންނާ ގުޅޭ މަސައްކަތްތަކެއް ކުރާ މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
ރިޝްވަތު ނަގައިގެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީންނާ ގުޅޭ މަސައްކަތްތަކެއް ކުރާ މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި، އާއްމުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލާ މީހުންނާ ދޭތެރޭ ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.
އޭގެ ތެރެއިން، އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބިދޭސީންނާ ގުޅުން ހުރި ބައެއް ކަންކަން ކޮށް، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދާ ކަމަށް ތުހުމަތުކުރެވޭ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ތަހުގީގުގެ ކުރީކޮޅަށް ވާތީ އެ މުވައްޒަފުންނަށް އަދި ފިޔަވަޅެއް ނާޅާ ކަމަށެވެ.
ޔުނިފޯރމުއެޅި މުއައްސަސާތަކުގެ ތެރޭގައިތިބެ ޔުނިފޯރމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރުގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ޤާނޫނީގޮތުން އެޅޭ އެއްމެ ހަރުކަށިފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އަންގަވާފައިވާކަމެއް. މިގޮތުން މޯލްޑިވްސް…
— Minister of Homeland Security & Technology (@min_mohst) November 28, 2024
އޭނާ ވިދާޅުވީ އެ މުވައްޒަފުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
"މި މައްސަލައިގެ އިތުރު ތަފްސީލުތައް ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ވާހަކަ ދަންނަވަން. އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެ ފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެންމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވަން،" އޭނާގެ އެކްސް ޕޯސްޓުގައިވެ އެވެ.
އިހުސާން ވިދާޅުވީ އެ ފަދަ ކަންކަމަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަށެވެ. މިދިޔަ ޖޫން މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މާފުށީ ޖަލަށް ވަގަށް ތަކެތި ވައްދައިގެން 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދިކަމުގެ ތުހުމަތުގައި ކަރެކްޝަންސްގެ 18 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ހާލަތަށް ބަލާފައި
ބިދޭސީން ތިބޭ ތަންތަން ހަދަން މެލޭޝިއާ ކުންފުންޏެއް!
250 މިލިއަން ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދީފި
މެލޭޝިޔާގެ ބެސްޓިނެޓާއެކު އެއްބަސްވުން ހެދީ ބަދަލުނުދޭން
"މުޑުދާރު ކާބޯތަކެތީގެ ވިޔަފާރި ފުޅާ، ހުއްޓުވާނަން"
ޖޫރިމަނާ ފައިސާ ދެއްކި 20ކުންފުނީގެ ނަން އާންމުކޮށްފި
ތިން ހަފުތާގެ ތެރޭގައި 182 މިލިއަން ލިބިއްޖެ
ތިނަދޫ މުޒާހަރާ ރޭވި ބަންގްލަދޭޝް މީހުން ޑީޕޯޓުކުރަނީ
ބިދޭސީންނަށް މުސާރަ ނުދޭނަމަ ބައި ލައްކައިން ޖޫރިމަނާ