15 ޖުލައި 2020
ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާނެ އެއް މަޝްރޫއަކީ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުން ކަމަށް ކަނޑައަޅައިފި އެވެ.
ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާނެ އެއް މަޝްރޫއަކީ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުން ކަމަށް ކަނޑައަޅައިފި އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރަތިޝް "މިހާރު" އަށް މިރޭ ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ހަރަދު ކޮށްގެން ހިންގާ ޕްރޮޖެކްޓްގައި ހަނިމާދޫގެ އެއާޕޯޓުގެ ރަންވޭ 2،200 މީޓަރަށް ދިގުކުރަން ނިންމާފައިވާ ކަމަށެވެ. އެއާޕޯޓުގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1،200 މީޓަރެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަންވޭ ދިގު ކުރުމުގެ އިތުރުން އެއާޕޯޓުގެ ޓާމިނަލް ވެސް ބޮޑުކުރާނެ އެވެ.
"އެ ވަރަށް ބޮޑުކުރުމުން ވައިޑްބޮޑީ އެއާކްރާފްޓްތަކަށް އެ އެއާޕޯޓަށް ޖެއްސޭނެ،" ރޯހިތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ކޮންސަލްޓެންޓަކީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ އެވެ. އެއީ އިންޑިއާގެ ސަރުކާރުގެ އެެއާޕޯޓުތައް ޑިޒައިންކުރާ ކުންފުންޏެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުތައް ފެށުމާ އެކު ކޮންސަލްޓެންޓުން ރާއްޖެ އަށް އަންނާނެ އެވެ.
"ސާވޭ ނިމި، ތަފްސީލީ ރިޕޯޓެއް ތައްޔާރު ކުރެވުމާ އެކު ޓެންޑާ ކުރާނެ. ވީހާ އަވަހަކަށް އަޅުގަނޑުމެން އެ މަސައްކަތް ކުރާނަން. ޕެންޑެމިކްގެ ހާލަތު އޮތަސް އަޅުގަނޑުމެން އެ މަސައްކަތް ވަރަށް އަވަހަށް ކުރާނަން،" ރޯހިތު ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ ލައިން އޮފް ކްރެޑިޓް އެއްބަަސްވުމުގެ ދަށުން ކުރާ މަސަައްކަތްތައް ހަވާލުކުރުމުގައި އިސްކަން ދޭން ޖެހޭނީ އިންޑިއާގެ ކުންފުނިތަކަށެވެ. އެހެންވެ، ކޮންޓްރެކްޓަރަކު ހޯދާނީ ބައިނަލްއަގްވާމީ ބީލަމަކުން ކަމަށް ރޯހިތު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ މި އަހަރު ނިމެންވާއިރަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓު ބޮޑުކުރުމުގެ މުޅި މަަަސައްކަތް ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ރޯހިތު ވިދާޅުވި އެވެ. އެއީ ދިވެހި ސަރުކާރުން ވަރަށް އިސްކަންދޭ ޕްރޮޖެކްޓަކަށް ވާތީ އިންޑިއާ އިން ވަރަށް އިސްކަންދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާ އިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.
މަޝްރޫއުތައް އަވަސްކުރަން 100މިލިއަން ޑޮލަރުގެ ލޯނެއް
މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ވަޑައިގެންފި
ރައީސް ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވަނީ
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
ހަނިމާދޫގައި ބޭރުގައުމެއްގެ ސިފައިންނެއް ނުތިބޭނެ:ރައީސް
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅު ކެމްޕެއިނެއް
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ