Roadha Mihaaru
ބިދޭސީން ތިބެގެން "ބަންދުކުރީ" ނުހުޅުވާ ގޮޅިއެއް

ބިދޭސީން ތިބޭތީ ބަންދުކުރި ކަމަށް ބުނީ ނުހުޅުވާ ގޮޅިއެއް

13 ޖުލައި 2020

ބިދޭސީން ތިބެގެން ހިންގާތީ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބަންދުކުރި ގޮޅިއަކީ މާރުކޭޓު އަލުން ހުޅުވި ފަހުން ވިޔަފާރިކުރަން ނުފަށާ ގޮޅިއެއް ކަމަށް ގޮޅިތަކުގައި ވިޔަފާރިކުރާ މީހުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބިދޭސީން ތިބެގެން ހިންގާތީ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބަންދުކުރި ގޮޅިއަކީ މާރުކޭޓު އަލުން ހުޅުވި ފަހުން ވިޔަފާރިކުރަން ނުފަށާ ގޮޅިއެއް ކަމަށް ގޮޅިތަކުގައި ވިޔަފާރިކުރާ މީހުން މިއަދު ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން ގޮޅި ބަންދު ކުރިކަމަށް އަންގައި ޖަހާފައިވާ ނޯޓިސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެ ނޯޓިސްގައި ބުނެފައިވަނީ ގޮޅި ބަންދުކުރީ ކައުންސިލާއެކު ވެފައިވާ އެެއްބަސްވުމާ ހިލާފަށް ބިދޭސީން ގެންގުޅޭތީ ކަމަށެވެ. މިދިޔަ ހަފުތާގައި ހަރުކުރި މި ނޯޓިސް މިހާރު އެތަނަކު ނެތެވެ.

ނަމަވެސް ސިޓީ ކައުންސިލުން ބުނީ ބިދޭސީން ތިބޭތީ އެ ގޮޅި ބަންދުކޮށް އަލުން އެ ގޮޅި ހުޅުވުމުގެ ހުއްދަ ދިނުމާ މެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއަކުން މީހަކު ވިޔަފާރި ކުރަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއަކުން މީހަކު ވިޔަފާރި ކުރަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

މާރުކޭޓުގައި ގޮޅިތައް ހިންގާ މީހުން ބުނި ގޮތުގައި ނޯޓިސް ހަރުކުރީ ދެތިން ދުވަހަށެވެ. ނޯޓިސް ހަރުކުރި ގޮޅިކަމަށް ބުނާ ގޮޅީގެ އެތެރޭގެ މަރާމާތްތައް ވެސް އަދި ހުރީ ނުނިމި އެވެ.

ގޮޅިތައް ބަލަހައްޓާ މާރުކޭޓުގެ އޮފީހުން "މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ބިދޭސީން ތިބެގެން މިހާތަަނަށް އެއްވެސް ގޮޅިއެއް ބަންދުކޮށްފައި ނުވާނެ ކަމަށެވެ. އަދި މިވަގުތު އެތާ ތެރޭގައި މަސައްކަތް ކުރާ ބިދޭސީންނަކީ ގޮޅިތަކުގެ އެތެރެ ތައްޔާރު ހެދުމުގެ މަސައްކަތްކުރާ މީހުން އޭނާ ވިދާޅުވި އެވެ.

ދަތުރުވެރިންގެ މާރުކޭޓު މަރާމާތަށް ފަހު އަލުން ހުޅުވާފައިވާއިރު އެ މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ލައްވާ ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. ބިދޭސީންނާ ގޮޅިތައް ހަވާލުކޮށްގެން ވިޔަފާރި ކުރާތީ ގިނަ ބަޔަކު އެ ޝަކުވާ ކުރެ އެވެ.