22 އޮކްޓޯބަރ 2016
މެންޗެސްޓާ (އޮކްޓޯބަރު 22) - ޕްރިމިއާ ލީގުގައި މާދަމާރޭ ޗެލްސީ ކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ލަނޑެއް ޖެހިޔަސް ކުޑަކުއްޖަކު އުޅޭ ގޮތަށް އުޅެ އުފާފާޅުނުކުރާނެ ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މެންޗެސްޓާ (އޮކްޓޯބަރު 22) - ޕްރިމިއާ ލީގުގައި މާދަމާރޭ ޗެލްސީ ކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ލަނޑެއް ޖެހިޔަސް ކުޑަކުއްޖަކު އުޅޭ ގޮތަށް އުޅެ އުފާފާޅުނުކުރާނެ ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މިއީ ޗެލްސީ އަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދީފައިވާ މޮރީނިއޯ، އިދިކޮޅު ޓީމުގެ ކޯޗުގެ ގޮތުގައި ޗެލްސީގެ ދަނޑަށް ކުރާ ދެ ވަނަ ޒިޔާރަތެވެ. މީގެ ކުރިން އިންޓަ މިލާނުގެ ކޯޗުގެ ގޮތުގައި މޮރީނިއޯ ވަނީ ސްޓެމްފޯޑް ބްރިޖުގައި ޗެލްސީ އަތުން މޮޅުވެފަ އެވެ.
"އަހަރެންގެ އިހުސާސްތައް ކޮންޓްރޯލް ކުރެވޭނެ. އަހަރެންގެ ޓީމުން ޗެލްސީ ކޮޅަށް ލަނޑެއް ޖެހިޔަސް (އެއްވެސް ކޮންޓްރޯލެއް ނެތި) ކުޑަކުއްޖަކު އުޅޭހެން އުފާފާޅެއް ނުކުރާނަން. ސަޕޯޓަރުން އަހަންނާ ދޭތެރޭ ނުރަނގަޅު އެއްޗެސް ގޮވިޔަސް އަހަރެން އެކަމާ އަޅާނުލާނަން،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ އޭނާ ކޮންމެ ކްލަބެއް ވެސް ދޫކޮށްލަނީ އުފާވެރި އިހުސާސްތަކާ އެކު ކަމަށާއި ކޮންމެ ކްލަބަކަށް ވެސް އޭނާގެ މެކްސިމަމް ދީފައިވާނެ ކަމަށެވެ.
"އަހަރެން ބޭނުންވޭ އުފާވެރި ހަނދާންތައް ރައްކާކުރަން. ޗެލްސީގައި އެފަދަ ބައިވަރު ހަނދާންތަކެއްވޭ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަހަމޮވިޗާ އޭނާއާ ދެމެދު އެއްވެސް އިރަކު މާ ގާތް ގުޅުމެއް ނޯންނަ ކަމަށާއި އޮންނަނީ ވެރިޔަކާއި ކޯޗަކާ ދެމެދު އޮންނަން ޖެހޭ ގުޅުމެއް ކަމަށެވެ.
"ވަރަށް އިހުތިރާމް ކުރެވޭ ފަދަ ގުޅުމެއް އެއީ. އެކަމަކު އެއްވެސް އިރަކު މާ ގާތް އެކުވެރިކަމެއް ނޯވޭ،" މޮރީނިއޯ ބުންޏެވެ.
ޗެލްސީއާ އެކު މޮރީނިއޯ ވަނީ ޕްރިމިއާ ލީގާއި ލީގު ކަޕް ތިން ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. އެހެންވެ ގިނަ ބަޔަކު ގަބޫލުކުރަނީ މާދަމާގެ މެޗުގައި ޗެލްސީގެ ސަޕޯޓަރުން މޮރީނިއޯ އަށް އިހުތިރާމް އަދާކުރާނެ ކަމަށެވެ. އެކަމަކު މޮރީނިއޯ އެކަމާ ނުވިސްނަ އެވެ.
"އަހަންނަކަށް ނުބުނެވޭނެ އެކަމާ އަހަރެން ވިސްނަމޭ ސަބަބަކީ އަހަރެން ފޯކަސްކުރަން ޖެހޭނީ މެޗަށް ކަމަށް ވުމުން. އެކަން އޮތީ ސަޕޯޓަރުންގެ އަތްމަތީގައި. އެކަމަކު ޔަގީނުން ވެސް އަހަރެން ޗެލްސީއަށް ވަރަށް ބޮޑަށް އިހުތިރާމްކުރަން،" މޮރީނިއޯ ބުންޏެވެ.
ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާނީ މެޗު އޮންނާނީ މާދަމާރޭ ރާއްޖެގަޑިން 8 ޖަހާއިރެވެ.
މޮރީނިއޯގެ ނަޒަރުގައި ލީގުގެ ފޭވަރިޓަކީ ޗެލްސީ
ޗެލްސީން މޮރީނިއޯގެ ޔުނައިޓެޑް ކޮޅަށް 4 ގޯލް ޖަހައިފި
ޔުނައިޓެޑުގެ ތަރިން މޮރިީނިއޯއާ މެދު ދެކެނީ ކިހިނެއް؟
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
އެންމެން ހައިރާން ކޮށްލައި ޔުނައިޓެޑް މޮޅު ވެއްޖެ
މައުންޓް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފަށައިފި
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް