26 މެއި 2016
ފުޓްބޯޅަ ކުޅުންތެރިންނާ އެއްވަރަށް ފުޓްބޯޅަ ކޯޗުންގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑެވެ. ޕޯޗުގަލްފެ ހޯސޭ މޮރީނިއޯ އަކީ މަޝްހޫރުކަމާ އެއްވަރަށް ކާމިޔާބީ ވެސް ހޯދައިފައިވާ ކޯޗެކެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވެން ހާލް ވަކިކުރުމަށް ފަހު އެ ކްލަބުން އަންނަނީ ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯއާ އެ ޓީމު ހަވާލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ފުޓްބޯޅަ ކުޅުންތެރިންނާ އެއްވަރަށް ފުޓްބޯޅަ ކޯޗުންގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑެވެ. ޕޯޗުގަލްފެ ހޯސޭ މޮރީނިއޯ އަކީ މަޝްހޫރުކަމާ އެއްވަރަށް ކާމިޔާބީ ވެސް ހޯދައިފައިވާ ކޯޗެކެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވެން ހާލް ވަކިކުރުމަށް ފަހު އެ ކްލަބުން އަންނަނީ ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯއާ އެ ޓީމު ހަވާލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ޔުނައިޓެޑާ ގުޅޭގޮތުން މޮރީނިއޯ ވަނީ މީގެ ކުރިން އޭނާ ޕޯޓޯ އާއި ޗެލްސީ އަދި ރެއާލް މެޑްރިޑްގައި ހުރެ ތަފާތު އެތަކެއް ފަހަރެއްގެ މަތިން ވާހަކަ ދައްކައިފަ އެވެ. މޮރީނިއޯ ދެ ވަނަ ފަހަރަށް ޗެލްސީއާ ހަވާލުވުމަށް ފަހު ބުނީ ޕްރިމިއާ ލީގުގައި ޗެލްސީ ނޫން ކްލަބަކަށް އޭނާ ކޯޗުކޮށްދިނުމުގެ އޮތީ ވަރަށް ކުޑަ ފުރުސަތެއް ކަމަށެވެ.
"އަހަރެން ޗެލްސީ އަށް ޓަކައި ޕްރިމިއާ ލީގުގެ ކޮންމެ ކްލަބަކަށް ވެސް ނޫނެކޭ ބުނަން ތައްޔާރު. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން ވެސް ޗެލްސީ އަށް ހުރަހަކަށް ވާނަމަ ދޫކޮށްލާނަން،" 2013 ވަނަ އަހަރު ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އާއި މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ
މޮރީނިއޯ ޔުނައިޓެޑާ ހަވާލުވާނެ ކަމަށް ބެލެވިފައިވާއިރު އެ ޓީމަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިން އަންނަނީ މިކަމާ ގުޅޭ ގޮތުން އެ ކުޅުންތެރިޔަކުގެ ހިޔާލުފާޅުކުރަމުންނެވެ. ޔުނައިޓެޑަށް ގިނަ އަހަރުތަކެއް ވަންދެން މޮޅު ކުޅުމެއް ދެއްކި އިނގިރޭސި މިޑްފީލްޑަރު ޕޯލް ސްކޯލްސް ބުނީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ.
"ޔުނައިޓެޑްގެ ސަޕޯޓަރުން ބޭނުންވަނީ ހިތްގައިމު އެޓޭކިން ކުޅުމެއް ބަލައިލާން. މޮރީނިއޯ އަކީ ސަޕޯޓަރުންނާ ގާތްގުޅުމެއް ބަހައްޓާ ކޯޗެއް. ސަޕޯޓަރުން ބޭނުންވާ ފަދަ ކުޅުމެއް މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭއިރު ފެންނާނެ،" ސްކޯލްސް ބުންޏެވެ.
ޔުނައިޓެޑްގެ މިޑްފީލްޑަރު ސްކޯލްސްގެ ވާހަކަތަކާ އެ ޓީމަށް ކުރިން ކުޅުނު ފްރާންސްގެ ލެޖެންޑް އެރިކް ކެންޓޮނާގެ ހިޔާލު މުޅިން ތަފާތެވެ. ކެންޓޮނާ ބުނީ މޮރީނިއޯ އަކީ އޭނާ ވަރަށް ހިތްހަމަޖެހޭ ކޯޗެއް ނަމަވެސް ޔުނައިޓެޑްގެ ސަޕޯޓަރުން ބޭނުންވާ ފަދަ ކުޅުމެއް މޮރީނިއޯގެ ކޯޗުކަމުގައި ނުފެންނާނެ ކަމަށެވެ.
ޔުނައިޓެޑްގެ ކުރީގެ ކޯޗު ލުއީ ވެން ހާލް އާއި މޮރީނިއޯ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
" މޮރީނިއޯ އަކީ ވަރަށް މޮޅު ކޯޗެއް. އަހަރެން ވަރަށް ގަޔާވާ ކޯޗެއް. އެކަމަކު ޔުނައިޓެޑްގެ ސްޓައިލަށް ބަލާއިރު މޮރީނިއޯއާ ވަރަށް ތަފާތު. ސަޕޯޓަރުން ބޭނުންވާ ކުޅުން މޮރީނިއޯގެ ކޯޗުކަމުގައި ފެންނާނެ ކަމަަށް ގަބޫލެއް ނުކުރެވޭ،" ކެންޓޮނާ ބުންޏެވެ.
އެލެކްސް ފާގަސް 2013 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވި ފަހުން އެ ޓީމަށް ވަނީ ދެ ކޯޗަކު އިރުޝާދު ދީފަ އެވެ. އެހެން ނަމަވެސް ޑޭވިޑް މޮއިސް އަށް އެއް ސީޒަނުން އަދި ލުއީ ވެން ހާލަށް ދެ ސީޒަނުން ވެސް ޔުނައިޓެޑް ސަޕޯޓަރުން ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެއް ނުދެއްކުނެވެ. ވެން ހާލްގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ އެފްއޭ ކަޕް ޔުނައިޓެޑުން ހޯދި ނަމަވެސް އެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.
ޔުނައިޓެޑަށް ކުރިން ކުޅުނު ފިލިޕް ނެވިލް ބުނީ އެ ޓީމު މިހާރު އޮތް ހާލަތުން އަރައިގަންނަން ބޭނުންވަނީ މޮރީނިއޯ ކަހަލަ ކޯޗެއް ކަމަށެވެ.
"މޮރީނިއޯ އަކީ ނަތީޖާ ނެރޭ މޮޅު ކޯޗެއް. އޭނާ ކޯޗުކޮށްދިން ކޮންމެ ކްލަބެއްގައި ހުރެވެސް އޭނާ އެކަން ސާބިތުކޮށްދީފި. ޔުނައިޓެޑަށް މި ވަގުތު ބޭނުމީ ކާމިޔާބު ހޯދަން ދަންނަ ކޯޗެއް. ވާދަވެރި ކްލަބްތަށް އިތުރަށް ވަރުގަދަވަމުން އަންނައިރު ޔުނައިޓެޑު ވެސް ވަރުގަދަވާން އެބަޖެހޭ،" ފިލް ނެވިލް ބުންޏެވެ.
މޮރީނިއޯގެ ނަޒަރުގައި ލީގުގެ ފޭވަރިޓަކީ ޗެލްސީ
ޗެލްސީން މޮރީނިއޯގެ ޔުނައިޓެޑް ކޮޅަށް 4 ގޯލް ޖަހައިފި
ބޮޑު މެޗަށް މޮރީނިއޯގެ އިހުސާސްތައް ކޮންޓްރޯލްކޮށްފި
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
އެންމެން ހައިރާން ކޮށްލައި ޔުނައިޓެޑް މޮޅު ވެއްޖެ
މައުންޓް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފަށައިފި
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް