12 ޖުލައި 2020
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު، ޑރ. މުހައްމަދު ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ ޓޫރިޒަމް ފެކަލްޓީގެ އިސް ބޭފުޅަކު ޕޮޒިޓިވްވިކަން އެނގުނީ ބައެއް އަލާމާތްތައް ހުރެގެން ޓެސްޓު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
މިދިޔަ ހަފުތާގައި އޮފީސްތައް ހުޅުވާލުމާއެކު، ޕޮޒިޓިވްވި ބޭފުޅާ ދެ ދުވަހަކު އޮފީހަށް ވަޑައިގަތަސް އެހެން މުވައްޒަފަކު ދިމާވެފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އޭނާ ވިދާޅުވަނީ ވަރަށް ކުޑަ ވަގުތު ކޮޅަކަށް ކަމަށް އޮފީހަށް ވަޑައިގަތީ. އެއްވެސް މުވައްޒަފަކާ ވެސް ބައްދަލު ނުވާ ކަމަށް. އެހެންވީމާ ކޮންޓްރެކްޓް ޓްރޭސިން ހަދާކަށް ނުޖެހުނު،" ޝަރީފް ވިދާޅުވި އެވެ.
އިއްޒުއްދީން ސްކޫލް ކުރިމަތީގައި ހުންނަ ޓޫރިޒަމް ފެކަލްޓީގެ އިމާރާތުގެ ލިފްޓާއި އެ ބޭފުޅާ މަސައްކަތް ކުރެއްވި އޮފީސް ހަމަ އެ ދުވަހު ޑިސްއިންފެކްޓް ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ކޮވިޑް-19 ފެތުރެން ފެށުމާއެކު އަޅުގަނޑުމެން ގައިޑްލައިންތަކެއް ހަދައި އަމަލު ކުރަން ފެށިން. ބައެއް ސެކްޝަންތަކުން އެއް ބޭފުޅަކު ހުން އައުމުން ވެސް ސެކްޝަން އެއްކޮށް ގެއަށް ފޮނުވާފައި ވާނެ. އެފަދަ ފިޔަވަޅުތައް އަޅަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ބޭފުޅާ ދިރިއުޅުއްވަނީ ހުޅުމާލޭގައި ކަމަށް ވުމުން، ވައިރަސް އެރި ކަމަށް ގަބޫލު ކުރެވެނީ ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ކުރެއްވުމުގެ ތެރެއިންނެވެ.
ކޮވިޑް-19 އަށް މެދުކަނޑާލި ގޮތަށް އެމްއެންޔޫގައި މުޅިން ވެސް މިހާރު ކިޔަވައި ދެމުން އަންނަނީ އޮންލައިކޮށެވެ. އެކަޑެމިކް މުވައްޒަފުން ކޮންމެހެން އޮފީހަށް ދާކަށް ވެސް ނުޖެހެ އެވެ.
ރާއްޖޭން މިހާތަނަށް 2,664 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 2,268 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު 13 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.
ޕްރީ ސްކޫލާއި ކޮލެޖުތައް ބަންދުކުރަން އަންގައިފި
ކޮވިޑަށް އެމްއެންޔޫން ހެދި ދިރާސާގެ އަދަދު ނެރެފި
އެމްއެންޔޫއާ ގުޅިގެން އެންޓި ބޮޑީ ޓެސްޓު ހަދަން ފަށަނީ
ލޮކްޑައުން ލުއިކުރަން ތާއީދުކުރަނީ 67 ޕަސެންޓު މީހުން
ކޮވިޑް ފެތުރޭ ވަރު ބަލަން ދިރާސާއެއް ފަށައިފި
ސްވައިން ފްލޫ ފެތުރޭތީ ޔުނިވާސިޓީތައްވެސް ބަންދުކޮށްފި
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ