22 އޮކްޓޯބަރ 2016
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ކޮންމެ މުބާރާތެއްގެ ގަދަ ތިނެއްގައި ނުވަތަ ގަދަ ހަތަރެއްގައި ނިއު ރޭޑިއަންޓް، ވިކްޓަރީ އަދި ވެލެންސިއާ އޮވެ އެވެ. އޭގެ ފަހުން ވެސް އަބަދުވެސް މީގެ ތެރެއިން އެއް ޓީމެއް ނުވަތަ ދެ ޓީމެއް ދިވެހި ފުޓްބޯޅައިގެ އެންމެ ކުރީގައި އޮވެ އެވެ. މި ފަހަރު މަންޒަރު ތަފާތެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގު ނިމުން ގާތްވިއިރު ތިން ޓީމު ވެސް ވިސްނަން ޖެހުނީ ރެލިގޭޝަނުން ސަލާމަތްވާނެ ގޮތަކާ މެދު އެވެ. އޭގެ ތެރެއިން ވިކްޓަރީ ރެލިގޭޝަނުގައި ކުޅެން ޖެހުނުއިރު ނިއު އާއި ވެލެންސިއާ ސަލާމަޔްވީ ވެސް ކިރިޔާ އެވެ. މައްސަލައަކީ ކޮބާ ހެއްޔެވެ؟
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ކޮންމެ މުބާރާތެއްގެ ގަދަ ތިނެއްގައި ނުވަތަ ގަދަ ހަތަރެއްގައި ނިއު ރޭޑިއަންޓް، ވިކްޓަރީ އަދި ވެލެންސިއާ އޮވެ އެވެ. އޭގެ ފަހުން ވެސް އަބަދުވެސް މީގެ ތެރެއިން އެއް ޓީމެއް ނުވަތަ ދެ ޓީމެއް ދިވެހި ފުޓްބޯޅައިގެ އެންމެ ކުރީގައި އޮވެ އެވެ. މި ފަހަރު މަންޒަރު ތަފާތެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގު ނިމުން ގާތްވިއިރު ތިން ޓީމު ވެސް ވިސްނަން ޖެހުނީ ރެލިގޭޝަނުން ސަލާމަތްވާނެ ގޮތަކާ މެދު އެވެ. އޭގެ ތެރެއިން ވިކްޓަރީ ރެލިގޭޝަނުގައި ކުޅެން ޖެހުނުއިރު ނިއު އާއި ވެލެންސިއާ ސަލާމަޔްވީ ވެސް ކިރިޔާ އެވެ. މައްސަލައަކީ ކޮބާ ހެއްޔެވެ؟
މި އަހަރުގެ ސީޒަނަށް ވެލެންސިއާ ނުކުތީ ވަރަށް ވަރުގަދަ ސްކޮޑަކާ އެކު އެވެ. މިދިޔަ ހައެއްކަ އަހަރު އާދައިގެ ގޮތަކަށް ފެނުނު ވެލެންސިއާ އިން ސީޒަނާ ކުރިމަތިލީ މުހައްމަދު އާރިފް (ބަކާ) އާއި ހަސަން އަދުހަމް (ސަޑޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އަކްރަމް އަބްދުލްގަނީ އަދި ގޯލްކީޕަރު މުހައްމަދު ފައިސަލް ފަދަ މަޝްހޫރު ތަރިންނާ އެކު އެވެ. މިދިޔަ އަހަރު އޮމާން ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ސްޕެއިނުގެ އެންހެލް މުނޯޒް ވެސް ގެނެސް ވެލެންސިއާ އޮތީ ލީގު ޗެމްޕިއަންކަމަށް ވާދަކުރެވޭ ފެންވަރުގަ އެވެ. ފުރަތަމަ ބުރުގައި ރަނގަޅު ނަތީޖާއެއް ހޯދި ނަމަވެސް ދެ ވަނަ ބުރުގައި ނަތީޖާ ދަށްވެ ތިން ވަނަ ބުރުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
ވެލެންސިއާގައި އެންމެ ބޮޑަށް ދިމާވީ މުސާރަ މައްސަލަ އެވެ. މުސާރަ ނުދެވި ގިނަ ދުވަސްތަކެއް ވުމުން ކުޅުންތެރިން ދެ ފަހަރެއްގެ މަތިން ޕްރެކްޓިހަށް ނުކުތުން ވެސް ހުއްޓާލި އެވެ. ބައެއް ދުވަސް ދުވަހު ޓީމު ހަމަނުވެ ޕްރެކްޓިސް ކުރަން ދަތިވާ ހިސާބަށް ވެސް ދިޔަ އެވެ.
"ރާއްޖޭގެ ގިނަ ކްލަބްތަކަށް ޖުމްލަކޮށް ދިމާވާ މައްސަލައެއް މުސާރަ ނުދެވުމަކީ. އެކަމަކު އެހެން ކްލަބްތަކުން އެކަން ވީ އެންމެ އަވަހަކަށް ހައްލުކުރި. ވެލެންސިއާގައި އެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްވުމުން ކުޅުންތެރިންގެ މޯޓިވޭޝަން ދަށްވެ، ކުޅޭ ހިތް ކެނޑުނު،" ޓީމުގެ އޮފިޝަލަކު ބުންޏެވެ.
ވެލެންސިއާގެ ކޯޗު ކުޑަހީނާ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ވެލެންސިއާގެ ކޯޗުގެ މައްސަލައަކީ ވެސް ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ. އިސްމާއިލް އާސިފް (ކުޑަހީނާ) އަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށާއި ކްލަބުން އަޖުމަ ބެލުމުގެ ގޮތުން ނަމަވެސް ތަޖުރިބާކާރު ބިދޭސީ ކޯޗަކު ގެންނަން ސަޕޯޓަރުން ފަހަކަށް އައިސް އަންނަނީ އެދެމުންނެވެ. ވެލެންސިއާގައި އޮތްވަރުގެ ސްކޮޑަކާ ތަޖުރިބާކާރު ބިދޭސީ ކޯޗެއް ހަވާލުކުރި ނަމަ ނަތީޖާ ނެރޭނެ ކަމަށް އެ ކްލަބުގެ ގިނަ ސަޕޯޓަރުން ގަބޫލުކުރެ އެވެ.
ކުޑަހީނާ އަކީ މޮޅު ޓްރޭނަރެކެވެ. އެކަމަކު ނަތީޖާ ނެރުމުގައި ވެލެންސިއާގެ ކުރީގެ ކެޕްޓަނަށް މިހާތަނަށް މާބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. ހުދު، ހީނާ ވެސް ވަނީ އޭނާ ކްލަބް ހިންގުމުގައި ވެސް އުޅޭތީއާ އެކު ބިދޭސީ ކޯޗެއް ގެންނަން އެދޭނެ ކަމަށް ސީޒަނުގެ ކުރީކޮޅު ބުނެފަ އެވެ.
"ވެލެންސިއާ އިން ކުޅުންތެރިން ގަތުމަށް ވަރަށް ބޮޑު އިންވެސްޓެއް ކުރި. އެކަމަކު އެއާ ގުޅިގެން ދެން ކުރަން ޖެހޭ މަސައްކަތް އޮތީ ނުކުރެވިފައި. ސަސްޓެއިން ކުރެވޭނެ ގޮތަކަށް ނޫން ވިސްނާފައި އޮތީ. އެއީ ވެލެންސިއާ އަށް ދިމާވި ވަރަށް ބޮޑު މައްސަލައެއް. މަޝްހޫރު ގިނަ ކުޅުންތެރިން ގެނެސް މުސާރަ ނުދެވޭ ހާލަތަކަށް ދިއުމުން ޓީމުގެ ތެރޭގައި މައްސަލަ އުފެދޭނެ،" ވެލެންސިއާގެ އެތެރޭގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
އާ މެނޭޖްމަންޓެއް ހަވާލުވެ ވިކްޓަރީ ސްޕޯޓްސް ކްލަބުން ސީޒަނާ ކުރިމަތިލީ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު ނަޒީހާ ޓީމު ހަވާލުކޮށްގެންނެވެ. އެކަމަކު ނަތީޖާ ނުނެރެވުމުން ކްލަބުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ފަހުން ޓީމު ހަވާލުކުރީ ވެލެންސިއާގެ ކުރީގެ ކޯޗު ހަންގޭރީގެ ލާސްލޯ ކިސްއާ އެވެ. ފުރަތަމަ މެޗުން ވެސް އެނގުން ވެގެން ދިޔަ އެވެ.
ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް (ފަޔާ) ވިދާޅުވީ ވިކްޓަރީ އަށް ދިމާވި މައްސަލައަކީ ސީޒަނުގެ ކުރީކޮޅު ޖުމްލަކޮށް މުޅި ޓީމުގެ ކޮމިޓްމަންޓް ދަށްވުމާއި ގެނައި ބިދޭސީ ބައެއް ކުޅުންތެރިންގެ ފަރާތުން ބޭނުންވާ ވަރުގެ ކުޅުމެއް ނުފެނުން ކަމަށެވެ.
"އަޅުގަނޑުމެން ނަޒީހު ދޫކޮށްލީ ވެސް ނަތީޖާ ނުނެރެވޭތީ. އަނެއްކާ ސީޒަނުގެ ކުރީކޮޅު ކުޅުންތެރިންގެ ކޮމިޓްމަންޓް ވެސް ޖުމްލަކޮށް ދަށް. އޭގެ ފަހުން އަޅުގަނޑުމެން ކޯޗު ބަދަލުކުރީ. އަދި ފަހުން ކުޅުންތެރިންގެ ކޮމިޓްމަންޓް ވަރަށް ބޮޑުތަން ރަނގަޅުވެގެން ދިޔަ. އެކަމަކު އެ ހިސާބުން އޮތީ ވަރަށް ބޮޑު ގެޕެއް އަތުލަން ޖެހިފައި. އެއީ ވިކްޓަރީ އަށް ދިމާވީ މައްސަލައަކީ. ޓޯޓަލް ކޮމްބައިންޑް އެފޯޓް ފެނުނީ ދަށްކޮށް ސީޒަނުގެ ކުރީކޮޅު،" ވިކްޓަރީއަށް މުސާރައިގެ މައްސަލަ ދިމާނުވާކަން ފާހަގަކުރައްވަމުން ފަޔާ ވިދާޅުވި އެވެ.
ނިއުގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން ވިކްޓަރީގެ ގޮޑްފްރޭ (ކ) މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ފަޔާ ވިދާޅުވީ ބޮޑެތި ޓީމުތަކުގައި ގިނަ ސަޕޯޓަރުން ތިބެފައި މުއްސަނދި ތާރީހެއް އޮތުމުން، އެ ޓީމުތަކުގެ ފޯމް ދަށްވުމަކީ ސަޕޯޓަރުން ފުޓްބޯޅަ މަތިން ފޫހިވާން ދިމާވާ އެއް ސަބަބު ކަމަށެވެ. އޭނާ ވިދާޅުވީ މާޒިޔާ އާއި ޓީސީގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބި އިރު، އެ ފެންވަރުގެ އިތުރު ކުޅުންތެރިންތަކެއް ލީގުގެ އަށް ޓީމަށް ހަމަވާވަރަށް ނެތް ކަމަށެވެ. އެހެންވުމުން އެހެން ޓީމުތަކުން އެތަން ފޫބައްދަން ގެންނަނީ ބިދޭސީ ކުޅުންތެރިން ކަމަށާއި އެގޮތަށް ގެންނަ ކުޅުންތެރިންގެ ފަރާތުން އެދެވޭ ކުޅުމެއް ފެންނަ ޓީމުތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ.
"ބިދޭސީ ހަތަރު ކުޅުންތެރިން އެބަ ކުޅެވޭ. އެއީ ފުރަތަމަ 11 އަށް ބަލާއިރު ވަރަށް ބޮޑު ނިސްބަތެއް. އެ ހަތަރު ކުޅުންތެރިން ރަނގަޅަށް ކުޅެންޏާ އެ ޓީމުގެ ނަތީޖާ އަށް ވަރަށް ބޮޑަށް އަސަރުކުރޭ. ވިކްޓަރީން ގެނައި ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިންގެ ކުޅުން ވަރަށް ދަށް. އެއީ ދިމާވި މައްސަލައެއްް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަތަރު އަހަރު ލީގުގެ ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓުން މި ފަހަރު ނުކުތީ އާދައިގެ ސްކޮޑަކާ އެކު އެވެ. ނިއު އަށް ވެސް ސީޒަނުގެ ކުރީކޮޅު މުސާރައިގެ މައްސަލަ ދިމާވެ ޕްރެކްޓިސް ނުކުރެވޭ ހިސާބަށް އެއް ފަހަރު ދިޔަ އެވެ. އެ ޓީމުގެ އޮފިޝަލަކު ބުނީ އަސްލު މައްސަލައަކީ ކުޅުންތެރިންގެ ސިލެކްޝަން ގޯސްވުން ކަމަށެވެ.
"ޓީމުގެ ބަޖެޓާއި ލިބެން ހުރި ކުޅުންތެރިންނަށް ބަލާއިރު ބުނެވޭނީ ސިލެކްޝަން ވަރަށް ދަށްކޮށޭ ދިޔައީ. ގެނައި ބައެއް ކުޅުންތެރިންނަކީ ހުނަރުވެރި ކުޅުންތެރިން އެކަމަކު އެ ކުޅުންތެރިންގެ ފަރާތުން ޓީމަށް ބޭނުން ނުހިފި އެބަދޭ. ޕްރެކްޓިހަށް ނައުމާއި ޕްރެކްޓިހުގައި އަދި މެޗުގައި ދޭން ވާ ކޮމިޓްމަންޓާއި ސަމާލުކަން ނުދެވެ. ކުޅުންތެރިން ގެންނައިރު ބަލަންވާ ވަރަށް ނުބެލުމުން ދިމާވުި ކަމެއް މިއީ،" އޭނާ ބުންޏެވެ.
ވެލެންސިއާގެ އަދުހަމް (ކ) އަތުން ބޯޅަ ހޯދަން ނިއުގެ ނުހާދު ޓެކްލްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ސީޒަން ފެށިއިރު ނިއުގައި ރަނގަޅު ފެންވަރުގެ ފޯވާޑަކު ނެތުމުން އެ ޓީމުން ޖޫން ޓްރާންސްފާގައި އެންމެ ބޮޑަށް މަސައްކަތްކުރީ ބިދޭސީ ފޯވާޑެއް ގެނައުމަށެވެ. ކޯޗު ޔޮރްދާން ސްޓޮއިކޯފް ބުނީ ފެންވަރު ރަނގަޅު ފޯވާޑެއް ހޯދި ނަމަވެސް މެނޭޖްމަންޓުން އެ ކުޅުންތެރިއާ ނުގެނައީ އަގުބޮޑުވުމުން ކަމަށެވެ. އެކަމާ އޭނާ ހިތްހަމަ ވެސް ނުޖެހުނެވެ. ފަހު ވަގުތު ނިއު އިން ގެނައީ ކޮސޯވޯގެ ފޯވާޑެއް ކަމަށްވާ އަޑީސް ސަލީހީ އެވެ. އޭނާގެ ފަރާތުން ޓީމަށް އެއްވެސް ބޭނުމެއް ނުހިފުނެވެ. ފަހުން އައިސް ފުރަތަމަ އެގާރައިން ވެސް ފުރުސަތު ނުލިބެ އެވެ.
ކޯޗުގެ މައްސަލަ އަކީ ވެސް ނިއު އަށް ކުރިމަތިވި ބޮލުގެ ރިހުމެކެވެ. ނިއުގެ ކޯޗަކަށް ހަމަޖެއްސި ސްޓޮއިކޯފަކީ މީގެ 11 އަހަރު ކުރިން ނިއު އަށް އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދައިދިން ކޯޗެވެ. އެކަމަކު މިހާރު އޭނާގެ ކިބައިގައި އެ ފެންވަރެއް ނެތެވެ. އޭނާގެ ކޯޗުކަމުގެ ދަށުން މިދިޔަ ސީޒަނުގައި ނުކުތް މަހިބަދޫ ރެލިގޭޓްވި އިރު އެ ކްލަބުން ވަނީ ސީޒަން ނުނިމެނީސް އޭނާ ވަކިކޮށްފަ އެވެ.
"ސްޓޮއިކޯފަކީ ތަޖުރިބާކާރު މޮޅު ކޯޗެއް. އެކަމަކު މިހާރު އޭނާ ފެއިލްވެއްޖެ. އެކަން އެނގިގެން ދިޔަ މިދިޔަ އަހަރުގެ ނަތީޖާ އިން. އެކަމަކު ނިއު އިން އަނެއްކާ ވެސް އޭނާ ގެނައީ. އެއީ ފުރަތަމަ ވެސް ފަހަތަށް އެޅި ފިޔަވަޅެއް،" ނިއުގެ އޮފިޝަލް ބުންޏެވެ.
ސްޓޮއިކޯފް އެއްވެސް ވަރަކަށް ޕްރެކްޓިހަށް ތައްޔާރުނުވާތީ އާއި އޭނާގެ ބައެއް އަމަލުުތަކާ މެދު ކުޅުންތެރިން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މީގެ އިތުރުން ނިއުގައި ލީޑަރެއް ނެތުމަކީ ވެސް ފާހަގަކުރެވުނު މައްސަލައެކެވެ. ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބިއިރު އެ ކުޅުންތެރިން މޯޓިވޭޓްކޮށް ޓީމުގެ ރޫހު ރަނގަޅުކުރާނެ ކުޅުންތެރިންތަކެއް ނެތެވެ.
"އިމްރާން މުހައްމަދު ފަދަ ލީޑަރެއް ނެތްތަން ނިއު އިން މި ފަހަރު ދެއްކި،" އޮފިޝަލް ބުންޏެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، އެންމެ ސަޕޯޓަރުން ގިނަ އަދި އެންމެ މުއްސަނދި ތާރީހެއް އޮތް ތިން ކްލަބް ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކީ ދިވެހި ފުޓްބޯޅައަށް ލިބޭނެ އުނިކަމެކެވެ.
ކުޑަމޫސަ އާއި ނިއު: ކޯޓުކޭސް އަދި ބަދުނަސީބު އަނިޔާ
ތިން ޓީމުގެ ރޭހެއް، ސަލާމަތްވާނީ ކޮން ދެ ޓީމެއް؟
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ވެލެންސިއާގެ ކޮންޓްރެކްޓްގައި ހުރި ފައިޓޯ ވިކްޓަރީ އަށް
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ފުޓްބޯޅަ ފޯރި އަލުން ގެނެވޭނެކަން ހާމަވެއްޖެ: ވާސިފް
ސޮބާ ބުނަނީ މިރޭ އޮތީ އެންމެ ފޯރިފަދަ މެޗު ކަމަށް