10 ޖުލައި 2020
ކޮވިޑް-19 އަށް މިހާރު ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެހެން ކްލަސްޓާތަކާ ގުޅުމެއް ނެތް މީހުން އިތުރުވާއިރު، ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓް ވި މީހުންގެ އަދަދު ވެސް އިތުރުވަމުން ދާތީ އެކަމަށް ސަމާލު ވުމަށް އެޗްޕީއޭ އިން ރޭ އިލްތިމާސް ކޮށްފި އެވެ.
ކޮވިޑް-19 އަށް މިހާރު ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެހެން ކްލަސްޓާތަކާ ގުޅުމެއް ނެތް މީހުން އިތުރުވާއިރު، ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓް ވި މީހުންގެ އަދަދު ވެސް އިތުރުވަމުން ދާތީ އެކަމަށް ސަމާލު ވުމަށް އެޗްޕީއޭ އިން ރޭ އިލްތިމާސް ކޮށްފި އެވެ.
އިއްޔެ ހަވީރު 6:00 އާ ހަމައަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. ދެން ތިބީ ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިއާގެ އެކެކެވެ. މިއީ ލޮކްޑައުން އަށް ލުއި ދިން ފަހުން މިހާ ގިނަ އަދަދެއްގެ ދިވެހިން އެ ބައްޔަށް ޕޮޒިޓިވްވި ފަހަރެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އޮފސްތަކާއި މުއައްސަސާތައް ހުޅުވުމުން އެ ތަންތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ޕޮޒިޓިވް ވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފަކާއި ދަރުމަވަންތަ ސްކޫލްގެ މުވައްޒަފެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޑުރައިވަރަކާއި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނަރުހެއް މި ފަހުން ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވި އެވެ. އައިޖީއެމްއެޗުގެ ކްލަސްޓާއާ ގުޅުން ހުރި އިތުރު ނަރުހަކު ވެސް ޕޮޒިޓިވް ވެފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ތިން ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ޖިމަކާ ގުޅުން ހުރި އަށް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"މިއަދު [އިއްޔެ] ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 14 ފަރާތަކީ ކުރިން އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ކޭސްތައް،" އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ނަޒްލާ ވިދާޅުވި އެވެ.
Positive vaa meehunge contacts anekkaa ves ithuruvanee
The most trusted news source in the Maldives
Mihaaru
ކޮންޓެކްޓްވާ މީހުން އިތުރުވާ ކަމަށް ވިދާޅުވުން
އެޗުޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލުމަށް ފަހު، ލޮކްޑައުންގެ ކުރިން އުޅުނު ގޮތަށް އަދި އުޅެވެން ނެތް ކަމަށެވެ.
"މިގޮތަށް މަދު ނަމްބަރުތަކެއް ކުރިއަށް އޮތްތަނުގައި ވެސް ފެނިގެން ދާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަޅުގަނޑުމެން ދޭ އިރުޝާދުތަކުގެ މައްޗަށް ބޭފުޅުންގެ އަމަލުތައް ހުންނަ ނަމަ،" އަފްޒަލް ވިދާޅުވި އެވެ.
ކުރިއާ ހިލާފަށް މިހާރު ޕޮޒިޓިވް ވާ ގިނަ މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަ ކަމަށް އަފްޒަލް ވިދާޅުވި އެވެ. ޕޮޒިޓިވްވާ ދިވެހީންނާއި ބިދޭސީންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެހެން ކޭސްއަކާ ގުޅުން ނެތި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ދިވެހީން އިތުރުވަމުންދާ ކަމަށް އަފްޒަލް ވިދާޅުވި އެވެ.
"އިންޑެޕެންޑެންޓް ކޭސްތައް ގިނަ ވުމަކީ އަބަދު ވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އޯވަރޯލް ނަމްބަރު ދަށްކޮށް ހުންނާތީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު ކަމުގައި ވީ ނަމަވެސް މަދު ކޭސްތަކުގެ ތެރޭގައި ވެސް އިންޑެޕެންޑެންޓް ކޭސް ގިނަ ވުމަކީ އެކަމާ އަބަދު ވެސް ސަމާލުކަން ދޭން ޖެހޭ ކަމެއް. އޭގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހަރަކާތްތެރިވެ މިއުޅޭ މީހުންތައް، ހަރަކާތްތައް ވަރަށް ބޮޑަށް ވެސް އިތުރުވެފައިވާކަން. އޭގެ ސަބަބުން އެއް ކޭސް އިން ލިންކްވާ އެހެން ކްލަސްޓާއެއް ފެންނަނީ،" އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލުއި ދިނުމުން ކުރީގެ ހާލަތަށް ދިޔައީ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވޭ ކަމަށާއި އެހެން ކަމުން ކޮންޓެކްޓްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާ ކަމަށެވެ.
"އެއް ކްލަސްޓާ އަށް ބަލާލައިފި ކަމަށް ވާ ނަމަވެސް އެބަ ފެނޭ އެކެއްގެ 33 ކޮންޓެކްސްޓްސް ހުއްޓާ. އަނެއް މީހެއްގެ 23. އަދި އަނެއް މީހެއްގެ އެބަހުރި 74 ކޮންޓެކްސްޓްސް. މިކަހަލަ މަންޒަރުތަކެއް މި ފެނިގެން މިދަނީ. މާނައަކީ ކޮންޓެކްސްޓްސް އެބަ އިތުރުވޭ،" އަފްޒަލް ވިދާޅުވި އެވެ.
Mask elhun majubooru kurumuge visnumeh adhi nei: HPA
The most trusted news source in the Maldives
Mihaaru
މަޖުބޫރު ނުކުރިޔަސް މާކްސް އެޅުމަށް އިލްތިމާސް ކުރުން
އަފްޒަލް ވިދާޅުވީ އެކަން ހައްލު ކުރުމަށްޓަކައި ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ނުކުތުން ހުއްޓާލަން އެދޭ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ބޭރުގައި އުޅޭއިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރެއްވި އެވެ.
އަފްޒަލް ވިދާޅުވި ގޮތުގައި، ފްލޫ ކްލިނިކްތަކަށް ބަލިވެ ގިނައިން އަންނަނީ ފިރިހެނުންނެވެ. އެހެންކަމުން ކޮވިޑް-19 ނޫން އެހެން ރޯގާތައް ވެސް ގިނައިން ޖެހޭ ކަމަށް ބެލެވެނީ ގިނައިން ބޭރު ތެރޭގައި އުޅޭ ފިރިހެނުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްްއެޗްގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ ބަލިޖެހޭ މީހުންގެ އަދަދު މިހާރު ގިނަވާ ނަމަ ހައިރިސްކް މީހުންނަށް ވެސް ބަލި ޖެހޭވަރު އިތުރުވާނެ ކަމަށެވެ. އޭގެ ސަބަބުން އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރު ވެދާނެ ކަމަށް ވެސް މުރާދު ވިދާޅުވި އެވެ.
ރޭގެ މީޑިއާ ބްރީފިންގައި ޑރ. މުރާދު ވާހަކަ ދައްކަވަނީ.
އޭނާ ވިދާޅުވީ ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކުރިން ވެސް ލަފާ ކުރި ކަމަށެވެ. އަދި އެކިގޮތްގޮތުން ހޮސްޕިޓަލްގެ ތެރެއަށް ވެސް ބަލި ދާނެ ކަމަށް އޭރު ވެސް ލަފާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލަކީ ބަލި ފެތުރުމަށް ފުރުސަތު ބޮޑު ތަނެއް. އެތަނުގައި ތިބެނީ ބަލި މީހުން ކަމަށް ވާތީވެ. އަދި އެކި ކަހަލަ ހިދުމަތްތައް ހޯދަން އެތަނަށް ބަލި މީހުން އަންނައިރުގައި އެތަނަކީ ހައިރިސްކް އޭރިއާ އަކަށް ވާނެ،" މުރާދު ވިދާޅުވި އެވެ.
"އެހެންވީމާ އެ ތަނަށް ހިދުމަތް ހޯދަން ވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވެސް އެ ތަންތަނުގައި އެ ހަމަ ޖެހިފައި އޮންނަ އުސޫލުތަކަށް އަމަލުކޮށް އަދި ވީހާ ވެސް ބޮޑަކަށް އިންފެކްޝަން ނުފެތުރޭނެ ގޮތަށް ކަންތައްތައް ކުރެއްވުން އެއީ ވަރަށް މުހިންމު ކަމެއް،" މުރާދު ވިދާޅުވި އެވެ.
މިހާރު މި ދާ ރޭޓުގައި ކޭސްތައް އިތުރުވާ ނަމަ ލޮކްޑައުންއަކަށް ދާން ޖެހިދާނެތޯ ސުވާލު ކުރުމުން އަފްޒަލް ވިދާޅުވީ ވިސްނަން ވީ އިތުރު ލޮކްޑައުންއަކަށް ދިއުމަށް ނޫން ކަމަށެވެ. ލޮކްޑައުންގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވި ކަމަށާއި އެހެންކަމުން އެންމެންގެ ވެސް ޒިންމާއަކަށް ވާންވާނީ ލޮކްޑައުންއަކަށް ނުދާނެ ގޮތަށް އަމަލުތައް ބެހެއްޓުން ކަމަށް އަފްޒަލް ވިދާޅުވި އެވެ.
ރޭގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.
"އާއްމުން ވެސް ސިކުނޑި އަށް ނަގައިގަންނަންވީ ކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިއޭ ބަދަލު ކުރަންވީ. ލޮކްޑައުންގައި ވަރަށް ގިނަ ދުވަސްތަކެއް ކޮށްފައި އަޅުގަނޑުމެންގެ އިގްތިސާދަށް ވެސް ވަރަށް ބޮޑެތި ހީނަރު ކަމަކަށް އަޅުގަނޑުމެންނަށް ކުރިމަތިވެފައި އަޅުގަނޑުމެންގެ އާންމުން ވެސް މާލީ ހާލަތަށް ބަލާއިރު ވަރަށް ބޮޑެތި ދަތިތަކެއް އުފުލައިގެން ތިބި ފަހުން އަޅުގަނޑުމެން މި ދިޔައީ ލޮކްޑައުންގެ ލުއިތަކަށް،" އަފްޒަލް ވިދާޅުވި އެވެ.
"މިހާރު ދީފައި މިއޮތް ލުއިފަސޭހަ ތަކުން އަނބުރާ ލޮކްޑައުންއަކަށް ދިއުމާއި ނުދިއުމުގެ ބާރު އޮތީ އާންމުންގެ އަތްމަތީގައި. މާނައަކީ އެ މީހުން، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ދެއްވާ ތަރުހީބަކުންނޭ ކުރިއަށް އޮތް ފިޔަވަޅުތައް ހާމަ ވެގެންދާނީ."
އިތުރު ފިޔަވަޅުތަކެއް އަޅާ ނަމަ ބަލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު މިހާރު ދީފައިވާ ލުއިތަކާއެކު އުޅެވޭނެ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.
ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން
މާލޭގެ ހާލަތު އަދި ރަނގަޅު، އެކަމަކު ކަންބޮޑުވޭ:ޓެގު
ގުޅުން ނެތް ކޭސްތައް އިތުރުވާތީ ސަމާލުވާންޖެހޭ: ޓެގް
ކޮވިޑް-19: އައިޖީއެމްއެޗުގެ ކްލަސްޓާ ބޮޑުވަނީ
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
އޮމިކްރޯންގެ ރާޅު އެތައް ގުނައެއް ހަލުއިވެދާނެ
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
މާލޭގައި ރެންޑަމް ސާމްޕަލް ނަގަން އަލުން ފަށައިފި
ރާއްޖޭގައި އެންމެ ބޮޑަށް ފެތުރުނީ އިންޑިއާ ވޭރިއަންޓް