05 ޖުލައި 2020
އިންޑިއާގައި ޓިކްޓޮކް މަނާކުރުމުގެ ސަބަބުން، އެ އެޕްގެ ވިޔަފާރިން ހަ ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގައި ޓިކްޓޮކް މަނާކުރުމުގެ ސަބަބުން، އެ އެޕްގެ ވިޔަފާރިން ހަ ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގައި ބޮޑު މާކެޓެއް އޮތް، ބައިޓްޑާންސްގެ ޓިކްޓޮކް އެ ގައުމުގައި މަނާކުރީ އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅުވައިގެންނެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ޗައިނާގެ 59 އެޕެއް އިންޑިއާ އިން މަނާކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އޭގެ ތެރޭގައި ބައިޓްޑާންސްގެ ތިން އެޕެއް ހިމެނެ އެވެ. އެއީ ޓިކްޓޮކްގެ އިތުރުން ވީގޯ ވީޑިއޯ އާއި ހެލޯ އެވެ.
އިންޑިއާގައި އެންމެ މަގުބޫލު އެޕަކީ ޓިކްޓޮކެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ 30.3 ޕަސެންޓް ހިއްސާކުރަނީ އިންޑިއާ އެވެ. އެއީ 200 މިލިއަނެވެ. ޓިކްޓޮކަކީ އިންޑިއާގެ ވަރަށް ގިނަ ބަޔަކު އާމްދަނީ ހޯދަން ވެސް ބޭނުންކުރަމުން ދިޔަ ވަސީލަތެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޑިއާގައި ޓިކްޓޮކް މަނާކުރި އިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނި ވެސް އިންޑިއާގައި ޓިކްޓޮކް ޑައުންލޯޑްކުރި އަދަދު 161 މިލިއަނަށް އަރަ އެވެ.
ބައިޓްޑާންސްގެ މެނޭޖްމަންޓާ ހަވާލާދީ ކައިޒިންގްލޯބަލް.ކޮމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ތިން އެޕެއް އިންޑިއާގައި މަނާކުރުމާ ގުޅިގެން ހަ ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ އެވެ. އަދި އެ އަދަދަކީ އިންޑިއާ އިން މަނާކުރި ޖުމްލަ އެޕްތައް އެއްކުރުމުން ލިބޭ އާމްދަނީ އަށް ވުރެ ވެސް ބޮޑު އާމްދަނީއެއް ކަމަށް ބުންޏެވެ.
އިންޑިއާގައި ޓިކްޓޮކް މަނާކުރި އެ ކުންފުނީގެ ފުލްޓައިމް މުވައްޒަފުންގެ ގޮތުގައި 2،000 އަށް ވުރެ ގިނަ މީހުން މަސައްކަތްކުރަމުން ދިޔަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓިކްޓޮކް ފަދަ، އިންޑިއާގައި ބޮޑު މަގުބޫލުކަމެއް އޮތް ޕްލެޓްފޯމްތައް މަނާކޮށްފައި އޮތުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ބައިޓްޑާންސްގެ އާމްދަނީ އަށް ބޮޑު ވެއްޓުމަކަށް ވާނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އިންޑިއާގެ ނިންމުމާ ބެހޭ ގޮތުން ސަރުކާރުގެ ކަމަބެހޭ އޮފިޝަލުންނާ އެކު މިހާރު އަންނަނީ މަޝްވަރާ ވެސް ކުރަމުންނެވެ. އެހެންވެ ބައިޓްޑާންސުން ދެކެނީ ކޮންމެވެސް ހިސާބަކުން އެ ކުންފުނީގެ އެޕްތަކަށް އިންޑިއާ އިން އަލުން ހުއްދަ ލިބޭނެ ކަމަށެވެ.
މީގެ ކުރިން ވެސް މިގޮތަށް ދިމާވެފައި އެބަހުއްޓެވެ. އެއީ މިދިޔަ އަހަރު އެވެ. އެ ފަހަރު ޓިކްޓޮކް މަނާކުރީ އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ އަދި އެ އެޕުން ޖިންސީ ކަންކަމަށް ހިތްވަރު ލިބޭ ކަމަށް ބުނެ އެވެ. ނަމަވެސް އަލުން ހުއްދަ ދިނީ އެފަދަ ކޮންޓެންޓްތައް ފިލްޓާކޮށްފައި ނޫނީ ޓިކްޓޮކަށް ނުލެވޭކަން ކަށަވަރު ކުރަން ފިޔަވަޅުތަކެއް އަޅަން ޝަރުތުކޮށްފަ އެވެ.
ޗައިނާގެ އެޕްތަކެއް އިންޑިއާ އިން މަނާކުރީ ދެ ގައުމުގެ ބޯޑަރު ހިއްސާކުރާ ލަޑާކްގެ ގަވްލާން ސަރަހައްދުން އިންޑިއާގެ ބިމުގެ ތެރެއަށް ޗައިނާ އިން ވަދެފައިވާ ކަމަށް އިންޑިއާ އިން ކުރާ ތުހުމަތުތަކާ އެކީގަ އެވެ. މިކަމާ ގުޅިގެން ދެ ގައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައި، ދެ ގައުމުގެ ސިފައިންގެ އޮފިސަރުންތަކެއް ވެސް މަރުވެފައިވެ އެވެ.
ޓިކްޓޮކާއި އިންޑިއާގެ ރިލަޔަންސް މަޝްވަރާގައި
ޓިކްޓޮކް އިންޑިއާއާ އެކު މަޝްވަރާގައި
ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް
ޓިކްޓޮކްގެ ބަދަލުގައި އިންޑިއާ އަށް "ދަކްދަކް"
ޕާކިސްތާނުން ވެސް ޓިކްޓޮކް މަނާކޮށްފި
ޔޫޓިއުބް "ޝޯޓްސް" އެންމެ ފުރަަތަމަ އިންޑިއާގައި
ވޮލްމާޓުން ވެސް ޓިކްޓޮކް ގަންނަން ނުކުމެއްޖެ
ޓިކްޓޮކް ވިއްކައިލަން ދިން މުހުލަތު 90 ދުވަހަށް
ޓިކްޓޮކާއި ވީ ޗެޓާ ދެކޮޅަށް ޓްރަމްޕުގެ އަމުރެއް
ޓިކްޓޮކަށް ޓްރަމްޕްގެ ސުންގަޑިއެއް