04 ޖުލައި 2020
މެންޗެސްޓާ (ޖުލައި 4) - މެންޗެސްޓާ ޔުނައިޓެޑްގެ ދެ މިޑްފީލްޑަރުން ކަމަށްވާ ޕައުލް ޕޮގްބާ އާއި ބްރޫނޯ ފެނާންޑޭސް އަށް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އަނިޔާވެއްޖެ އެވެ.
މެންޗެސްޓާ (ޖުލައި 4) - މެންޗެސްޓާ ޔުނައިޓެޑްގެ ދެ މިޑްފީލްޑަރުން ކަމަށްވާ ޕައުލް ޕޮގްބާ އާއި ބްރޫނޯ ފެނާންޑޭސް އަށް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އަނިޔާވެއްޖެ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ބޯންމައުތާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކުޅޭ މެޗަށް ތައްޔާރުވާން އިއްޔެ ބޭއްވި ޓްރެއިނިންގެ ތެރޭގައި ޕޮގްބާ އާއި ފެނާންޑޭސް އަށް އަނިޔާވުމާ އެކު، ރިޕޯޓްތައް ބުނާގޮތުން އެ ދެ ކުޅުންތެރިންނަށް މިރޭ ނުކުޅެވޭނެ އެވެ.
ލިބުނު އަނިޔާ އަށް ބަލާއިރު ބޮޑަށް ގެއްލުންވީ މި ވަގުތު އާދަޔާހިލާފު ފޯމެއްގައި ހުރި ފެނާންޑޭސް އަށެވެ. އޭނާ އަށް މަދުވެގެން ދެ މެޗެއް ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. ފެނާންޑޭސް ވަނީ މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައި ޔުނައިޓެޑްގައި ތަފާތު ދައްކައިފަ އެވެ. އެންމެ ފަހުން ބްރައިޓަން އަތުން 3-0 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ދެ ގޯލު ޖެހި އެވެ.
މި ސީޒަނުގެ ބޮޑުބައި އަނިޔާގައި ހުރި ޕޮގްބާ ވަނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެކުގައި މެޗުތައް ކުޅޭ އަދަދު އިތުރުވާ ވަރަކަށް ފެނާންޑޭސް އާއި ޕޮގްބާގެ ޕާޓްނާޝިޕް ރަނގަޅުވަމުން އަންނަ ކަމަށް އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
ފެނާންޑޭސް އާއި ޕޮގްބާ އަށް މެޗުތަކެއް ގެއްލިއްޖެނަމަ އެއީ ޔުނައިޓެޑަށް ކުރިމަތިވާނެ މައްސަލަ އެކެވެ. އެއީ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ޕޮއިންޓެއް ގެއްލިއްޖެނަމަ ރޭހުން ބޭރުވެ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެތީ އެވެ.
ކޮންމެ ޓީމަކަށް ވެސް ބާކީ ހަ މެޗު އޮތްއިރު، ލެސްޓާ ތިން ވަނައިގައި އޮތީ 55 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޗެލްސީ އަށް 54 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޔުނައިޓެޑާއި ހަ ވަނައިގައި އޮތް ވުލްވްސް އަށް ވަނީ 52 ޕޮއިންޓް ލިބިފަ އެވެ.
ގަދަ ހަތަރެއްގެ ރޭހުގައި މިރޭ މުހިއްމު މެޗުތަކެއް އެބަހުއްޓެވެ. ޔުނައިޓެޑުން ބޯންމައުތާ ދެކޮޅަށް ކުޅޭއިރު، ވުލުވްސް ބައްދަލުކުރާނީ އާސެނަލްއާ އަދި ލެސްޓާ ކުޅޭނީ ކްރިސްޓަލް ޕެލަސްއާ އެވެ. އަދި ޗެލްސީން އަމިއްލަ ދަނޑުގައި ނުކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ.
ޕޮގްބާގެ ލަނޑުން ޔުނައިޓެޑް އަލުން އެއް ވަަނަ އަށް
ޕޮގްބާ ތަފާތު ދެއްކިއިރު ޔުނައިޓެޑަށް މޮޅެއް
ޔުނައިޓެޑް ޖެހިޖެހިގެން ތިން ވަނަ މެޗުން ބަލިވެއްޖެ
ފުރަތަމަ މެޗަށް މިހިރީ ކެތްމަދުވެފައި: ޕޮގްބާ
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
ވެން ނިސްޓެލްރޫއީ އަށް ފެނާންޑޭސްގެ ތައުރީފު
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް