19 ނޮވެމްބަރ 2017
މެންޗެސްޓާ (ނޮވެމްބަރު 19) - އަނިޔާއިން ރަނގަޅުވެ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެނބުރި އައިސް ދެއްކި މޮޅު ކުޅުމާ އެކު ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ފަހަތުން އަރައި 4-1 އިން މޮޅުވެއްޖެ އެވެ.
މެންޗެސްޓާ (ނޮވެމްބަރު 19) - އަނިޔާއިން ރަނގަޅުވެ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެނބުރި އައިސް ދެއްކި މޮޅު ކުޅުމާ އެކު ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ފަހަތުން އަރައި 4-1 އިން މޮޅުވެއްޖެ އެވެ.
މި ނަތީޖާއާ އެކު ޔުނައިޓެޑް ވަނީ އަލުން ދެ ވަނަ އަށް ޖެހިލައިފަ އެވެ. ރޭ ވެސްޓް ބްރޮމް އަތުން ހޯދި މޮޅާ އެކު ޗެލްސީ ވަނީ ވަގުތީ ގޮތުން ދެ ވަނަ އަށް ޖެހިލި އެވެ. ލީގު އެއް ވަނައިގައި ސިޓީ އޮތީ 12 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 12 މެޗުން 26 ޕޮއިންޓެވެ.
ރޭގެ މެޗު ފަށައިގެން 14 ވަނަ މިނިޓްގައި ޔުނައިޓެޑް ސިއްސުވާލުމަށް ފަހު ނިއުކާސަލް އިން ލީޑުނެގީ ޑްވައިޓް ގޭލް ކާމިޔާބުކުރި ގޯލުންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ އެންތަނީ މާޝިއާލް އާއި ކްރިސް ސްމޯލިންގެ ލަނޑުތަކުން މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފަ އެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑުގެ އަނެއް ދެ ގޯލު ޖެހީ ޕޮގްބާ އާއި ރޮމެލޫ ލުކާކޫ އެވެ. މިއީ އަނިޔާގެ ސަބަބުން ނުވަ ހަފްތާ އަށް ކުޅުމާ ދުރު ހުރުމަށް ފަހު ޕޮގްބާ ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ލުކާކޫ ޖެހި ގޯލަކީ މިދިޔަ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހަށް ފަހު ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މި މެޗުގެ ފަހު ވަގުތު ޔުނައިޓެޑްގެ ޒަލަޓަން އިބްރަހިމޮވިޗް ވެސް ވަނީ ކުޅެން އަރުވައިފަ އެވެ. މިއީ މި އަހަރު އޭޕްރީލް މަހު ކަކުލަށް ލިބުނު އަނިޔާ އަކުން ރަނގަޅުވުމަށް ފަހު އެނބުރި އައިސް އިބްރަހިމޮވިޗް ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުން ހޯދި މޮޅާ އެކު ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ 38 މެޗު ހަމަކޮށްފަ އެވެ. މިއީ އެ ކްލަބްގެ ރެކޯޑެކެވެ. އަދި އެންމެ ފަހުން ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގައި ކުޅުނު 10 މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ނިއުކާސަލުން މި މެޗު ފެށީ ވަރަށް ރަނގަޅަށް ކަމަށާއި އެހެން ނަމަވެސް އެ ޓީމުގެ ގޯލާ އެކު ޔުނައިޓެޑުން އިތުރަށް މަސައްކަތްކުރަން ފެށި ކަމަށެވެ. އަދި މެޗުގެ ނަތީޖާ އަކީ 4-1 ކަމުގައި ވިޔަސް ފަހުން ޔުނައިޓެޑުން ދެއްކި ކުޅުމަށް ބަލާއިރު އިތުރު ގޯލުތަކެއް ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ.
ޕޮގްބާގެ ލަނޑުން ޔުނައިޓެޑް އަލުން އެއް ވަަނަ އަށް
ޕޮގްބާ އާއި ފެނާންޑޭސް އަށް އަނިޔާވެއްޖެ
ޔުނައިޓެޑް ޖެހިޖެހިގެން ތިން ވަނަ މެޗުން ބަލިވެއްޖެ
ފުރަތަމަ މެޗަށް މިހިރީ ކެތްމަދުވެފައި: ޕޮގްބާ
ވެން ނިސްޓެލްރޫއީ އަށް ފެނާންޑޭސްގެ ތައުރީފު
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ޔުނައިޓެޑް ބަލިވުމުން ޓެން ހާގަށް ގޯސްވީ ރަތް ކާޑު