03 ޖުލައި 2020
ހާލަތު ނިޔާކުރާ ގޮތަކަށް އުޅެން ދަސްކުރާށެވެ. މުޅި ދުނިޔެ މި ވަގުތު ހަނގުރާ ކުރަމުން އަންނަ ކޮވިޑް-19 ގެ ބަލިމަޑުކަމުން ވެސް ގިނަ ބަޔަކަށް ދަސްވި ފިލާވަޅަކީ މިއީ އެވެ. ދިރިއުޅުމަށް ކުރިން ކުރަމުން އައި މަސައްކަތް ހުއްޓި، ކުރިން އުފުލަން ނުޖެހުނު އެތައް ތަކުލީފެއް ވަނީ އުފުލަން ޖެހިފަ އެވެ.
ހާލަތު ނިޔާކުރާ ގޮތަކަށް އުޅެން ދަސްކުރާށެވެ. މުޅި ދުނިޔެ މި ވަގުތު ހަނގުރާ ކުރަމުން އަންނަ ކޮވިޑް-19 ގެ ބަލިމަޑުކަމުން ވެސް ގިނަ ބަޔަކަށް ދަސްވި ފިލާވަޅަކީ މިއީ އެވެ. ދިރިއުޅުމަށް ކުރިން ކުރަމުން އައި މަސައްކަތް ހުއްޓި، ކުރިން އުފުލަން ނުޖެހުނު އެތައް ތަކުލީފެއް ވަނީ އުފުލަން ޖެހިފަ އެވެ.
ކުރަމުން އައި މަސައްކަތް ހުއްޓާލަން ޖެހުމުން، އާމްދަނީ ލިބޭނެ ކޮންމެ މަސައްކަތެއް ވެސް ވަނީ ކުރަން ޖެހިފަ އެވެ. މިކަމުގައި ތައިލެންޑްގެ މި ޕައިލެޓުގެ ވާހަކަ ހާއްސަ އެވެ.
އާމްދަނީ ބޮޑު އޭވިއޭޝަން ދާއިރާގައި ކޯ-ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރާތާ ހަތަރު އަހަރުވީ ނަކާރިން އިންޓާ، 42، އަންނަނީ ކޮވިޑް-19 އާ ހެދި ފްލައިޓް ދަތުރުތައް ހުއްޓާލުމުން ސައިކަލުގައި ޑެލިވަރީގެ ހިދުމަތް ދެމުންނެވެ.
އޭނާ ގުޅުނީ އޮންލައިން ވިޔަފާރިއެއް ކަމަށްވާ "ލައިން މޭން" އެވެ. ނަކާރިންގެ މިހާރު މަސައްކަތަކީ ކަސްޓަމަރުން އޮންލައިންކޮށް އޯޑަރުކުރާ ކާބޯތަކެތި ގެއާ ހަމައަށް ގެންގޮސް ދިނުމެވެ.
"އާމްދަނީގެ ހަތްދިހަ ޕަސެންޓް ކޮވިޑާ އެކު ގެއްލުނީ. ދެން ދިރިއުޅުމުގެ ހަރަދުތައް ބަލައްޓާނެ ގޮތަކާ ދޭތެރޭ ވިސްނަމުން ދަނިކޮށް ހިތަށް އެރީ ޑެލިވަރީގެ ހިދުމަތަށޭ ދެން ނުކުންނާނީ." ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ނަކާރިން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކޮންމެ ފަދަ މަސައްކަތެއް ކުރަން ޖެހުނަސް ވަޒީފާއަކަށް ނުކުންނަން ބޭނުންވީ އެހެން ބަޔަކަށް ބަރޯސާނުވެ ފުދިގެން އުޅޭށެވެ. އަދި އާއިލީ ޒިންމާ އަކީ ވެސް ބޮލުގައި އެޅިފައި އޮތް މުހިއްމު ކަމަކަށްވާތީ، ކަމެއް ނެތިފައި ގޭގައި އިނުމަށް ވުރެ މަސައްކަތެއް ކުރުން ވަރަށް މާ ބޮޑަށް ވެސް ރަނގަޅު ކަމަށް ބުންޏެވެ.
"އަހަރެންގެ ދެ އަތާއި ފައި ހުރީ ސަލާމަތުން. އަތުގައި އަމިއްލަ ސައިކަލެއް އެބަހުރި. އެހެންވެ މިހާރު ޑެލިވަރީގެ ހިދުމަތުގައި ޕާޓް-ޓައިމް ވަޒީފާއެއްގެ ގޮތުގައި މިހާރު މި އުޅެނީ." ނަކާރިން ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި އެއްވެސް މަސައްކަތަކީ ދެރަ ނުވަތަ ހަޑި މަސައްކަތެއް ނޫނެވެ. މުހިއްމު ކަމަކީ އަމިއްލަ މަސައްކަތުން ހޯދާ ފައިސާ އިން ކައިގެން ބޮއިގެން އުޅުމެވެ.
ތައި ލަޔަން އެއާގައި ވަޒީފާ އަދާކުރަމުން ދިޔަ ކަނާރިން ބުނިގޮތުގައި ޑެލިވަރީގެ މަސައްކަތަކީ ހިތްހަމަޖެހޭ އަދި ނަފުސަށް ވެސް އުފާވެރިކަން ގެނުވައިދޭ ކަމެކެވެ. ސަބަބަކީ މިއީ ވެސް ދަތުރަކަށްވުމެވެ. ޕައިލެޓަކަށް ވާން ވެސް އޭނާ ބޭނުންވީ ދަތުރުފަތުރުކުރަން އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ.
"އަބަދު ވެސް ބޭނުންވީ ޕައިލެޓަކަށްވާން. އެކި ތަންތަނަށް ދަތުރުކުރަން. އެ ހުވަފެން ހަގީގަތަކަށްވުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފަލަށްވާނެ." ނަކާރިން ބުންޏެވެ.
ނަކާރިން ބުނީ އަލުން އަނެއްކާ ޕައިލެޓް ޔުނިފޯމްގެ ލެވޭނެކަމުގެ ސިގްނަލް ލިބިފައިވާ ކަމަށެވެ.
"ހިތަކަށް ނާރާ ދުވަހަކު ވެސް ކޮވިޑް ކަހަލަ ހާލަތަކާ ހެދި، ކުރަމުން އައި މަސައްކަތް ހުއްޓާލަން ޖެހިދާނެއެކޭ. އެކަމަކު މިހާރު ދަސްވެއްޖެ ކޮންމެ ފަދަ ހާލަތެއްގައި ސަވައިވްވެވިދާނެކަން. ކެރުމާއި ހިތްވަރު އެއްޗަކީ."
ޑެލިވަރީގެ ހިދުމަތަށް ނުކުމެގެން ނަކާރިން އަށް ދުވާލަށް ލިބެނީ 30 ޑޮލަރެވެ. އެއީ މިހާރުގެ ހާލަތަށް ބަލާ އިރު އެކަށީގެންވާ އަދަދެއް ކަމަށް ބުންޏެވެ. ނަކާރިން އަކީ ކުރިން މުސާރަ އަށް މަހަކު 6،000-8،000 ޑޮލަރާ ދެމެދުގެ އަދަދެއް ލިބެމުން ދިޔަ މީހެކެވެ.
ދިވެހި ފުރަތަމަ ޕައިލެޓްގެ 40 އަހަރުގެ ފަހު ދަތުރު
ޖުޑިޝަރީގެ ސްޓާފުންނަށް މުސާރައިގެކުރިއެރުން ދެން ނުދޭނެ
ޖުޑިޝަރީ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުލިބި
އެމްއެމްއޭގެ މުވައްޒަފުންނަށް އާ އެލަވަންސެއް
ޕީއެސްއެމްގެ މުވައްޒަފުންތަކެއް ޓްރައިބިއުނަލަށް ދަނީ
7،000ރ. އިން ދުވެލި ބާރުވެދާނެތަ؟
ދުނިޔެ ވަށައި އެކަނި ބުރެއް ޖަހައިގެން ރެކޯޑެއް
19 އަހަރުގެ ޕައިލެޓެއް އެކަނި ދުނިޔެ ވަށައި ބުރަކަށް
ނީސާން އިން މޮބައިލް "އޮފީސް ޕޮޑެއް"
ރަޝިއާގައި ރޭލު ދުއްވަން އަލުން އަންހެނުން