09 ފެބުރުއަރީ 2023
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައިގެ ކުރިއެރުން ނުދީ އެތައް އަހަރެއްވެ، މުވައްޒަފުންގެ ކަންބޮޑުވުން އިތުރުވެއްޖެ އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައިގެ ކުރިއެރުން ނުދީ އެތައް އަހަރެއްވެ، މުވައްޒަފުންގެ ކަންބޮޑުވުން އިތުރުވެއްޖެ އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުސާރައިގެ ކުރިއެރުން ކޮންމެ ދެ އަހަރުން އެއް އަހަރު ދޭންޖެހެ އެވެ. އެކަމަކު އެންމެ ފަހުން މުސާރައިގެ ކުރިއެރުން ދިނީ 2017 ވަނަ އަހަރު އެވެ.
މުސާރައިގެ ކުރިއެރުމެއްގެ ގޮތުގައި ދެނީ 70 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންގެ މުސާރައަށް 200ރ. ގެ ކުރިއެރުމެކެވެ. އެކަމަކު 2017 ގެ ފަހުން ކުރިއެރުން ނުދޭތީ މުވައްޒަފުންތަކެއްގެ ފަރާތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ސިޓީ ވެސް ފޮނުވި އެވެ.
ނަމަވެސް އެ ފައިސާ ނުދޭތީ މުވައްޒަފުންތަކެއްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިހާރު އޮތީ މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ނުދީ ހުރި މުސާރައިގެ ކުރިއެރުން މިދިޔަ މަހު ދިނަސް، 2021 ވަނަ އަހަރު ދޭންޖެހޭ މުސާރައިގެ ކުރިއެރުން އަދިވެސް ނުދެ އެވެ.
މިކަމާ ގުޅިގެން ޑީޖޭއޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މުސާރައިގެ ކުރިއެރުން ނުދިނީ 2019 ވަނަ އަހަރު އެކަމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ނުދިނުމުންނެވެ. އެކަމަކު 2019 ވަނަ އަހަރުގެ ފައިސާ މިދިޔަ މަހު ދިނީ އެކަމަށް ބަޖެޓް ދިނުމުންނެވެ.
ޖުޑިޝަރީގެ ސްޓާފުންނަށް މުސާރައިގެކުރިއެރުން ދެން ނުދޭނެ
"އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ އުސޫލެއްގެ ތެރެއިން"
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ކޯޓުތަކުގެ އިމާރާތުގެ ކުރެހުން ނިމުނަސް ފައިސާއެއް ނެތް
ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި
މުސާރައިގެ ކުރިއެރުން ނުދޭ މައްސަލަ ހައި ކޯޓަށް
މުސާރައިގެ ކުރިއެރުން ހައްގުވިޔަސް،ދޭން އަމުރެއް ނުކުރި
ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް ވަޒީފާދޭންޖެހޭނެ
މައްސަލަ އޮއްވައި ހައިކޯޓަށް އެޑްމިނިސްޓްރޭޓަރަކު ހޯދަނީ
"ސޯޝަލް މީޑިއާ އެކައުންޓްތައް ހޯދަނީ އިދާރީ ބޭނުމަށް"