01 ޖުލައި 2020
މާލޭގެ ގިނަ ސަރަހައްދުތަކުން ވީލްޗެއާއެއް ނުވަތަ ސަންދޯކެއް ވެސް ނުގެންދެވޭ ކަމަށާއި މާލެއަކީ ދަންތުރައެއް ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ގިނަ ސަރަހައްދުތަކުން ވީލްޗެއާއެއް ނުވަތަ ސަންދޯކެއް ވެސް ނުގެންދެވޭ ކަމަށާއި މާލެއަކީ ދަންތުރައެއް ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ތަފާސްހިސާބުގެ ބިލުގެ ބަހުސްގައި ބޮންޑޭ ވިދާޅުވީ، މާލެ އަށް މީހުން ޖަމާކުރަމުން ދާއިރު، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވަސީލަތްތައް އެބަހުރި ކަމަށާއި އިގްތިސާދީ ހަރަކާތްތައް ހިންގެން ވެސް އެބައޮތް ކަމަށެެވެ. ތަފާސްހިސާބުގެ ބިލާއި އެކަން ގުޅުއްވައިލައްވަމުން އޭނާ ވިދާޅުވީ، އެހެން ސަރަހައްދުތަކުގެ އެއްގަމު އުޅަނދުތައް މާލެ އަށް ގިނަވެފައިވާ ކަމަށާއި އެއީ ތަފާސްހިސާބުތައް ރަނގަޅަށް ނުބެލެހްްޓޭތީ ވާ ގޮތެއް ކަމަށެވެ.
"ރާއްޖޭގައި ރިސޯސް އެބަ އޮތް. ފަޅުރަށްތައް އެބައޮތް. މަސައްކަތް ކުރެވޭނެ ވަސީލަތްތައް އެބައޮތް. ހަމަ މާލެ އަަށް [މީހުން] ޖަމާކުރަނީ. އަޅުގަނޑުމެން ބޭނުމެއް ނޫނޭ އިއްޒަތްތެރި ރައީސް މާލެ އަށް ތޮއްޖައްސާކަށް. މާލޭ ރައްޔިތުން ބޭނުންވަނީ ސައިކަލުތައް ގެންދާށޭ ،ކާރުތައް ގެންދާށޭ އެކި ތަންތަނަށް. މާލޭގައި ނޭނގޭ ކޮން ރަށެއްގެ ކޮން ސަރަހައްދެއްގެ ސައިކަލެއް ކަމެއް،" ބޮންޑޭ ވިދާޅުވި އެވެ.
"ތަފާސްހިސާބަށް ބަލާއިރު މިއީ ދަންތުރައެއް އިއްޒަތްތެރި ރައީސް. މާލެއަކީ ޓްރެޕެއް. މާލެއަކީ ދަންތުރައެއް. މަގުން ހިނގައިދާއިރު ބޮލަށް ފެންތިކި ތަޅާނެ. ފާހާނާގެ ފެންތިކި ބޮލަށް ތަޅާނެ. އެއާކޯނުތައް ހުންނާނީ ބޭރަށް. އެއިން އެއާކޯނެއް، އެއިން ދަނގަޑެއް ވެއްޓިއްޖެއްޔާ [ދުވަސް] ދިޔައީ،" --- ބޮންޑޭ
މާލޭގެ ހާލަތު ސިފަކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި، މަގުތަކުގައި ދުއްވާ އެއްޗެހި ގިނަކަމުން ގިނަ ގޯޅިތަކަށް ވީލްޗެއާއެއް ނުވެއްދެ އެވެ. އެ ގޯޅިތަކުން ސަންދޯކެއް ވެސް ނުނެރޭވެނެ އެވެ. ގެތަކުން މަގުމައްޗަށް ފެން ފައިބާ ގޮތަށް އެއާކޯންތައް ހަރުކޮށްފައިވާ ކަމަށާއި ފާހާނާތަކުގެ ފެން ވެސް މަގުތަކަށް ފައިބަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އުމުރުން ދުވަސްވެފައިވާ މައިންބަފައިން ގޮނޑީގައި ގެއިން ނުނެރެވި ކެރޭން ބޭނުންކޮށްގެން ބާލަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަަމަށް ބޮންޑޭ ވިދާޅުވި އެވެ.
"ތަފާސްހިސާބަށް ބަލާއިރު މިއީ ދަންތުރައެއް އިއްޒަތްތެރި ރައީސް. މާލެއަކީ ޓްރެޕެއް. މާލެއަކީ ދަންތުރައެއް. މަގުން ހިނގައިދާއިރު ބޮލަށް ފެންތިކި ތަޅާނެ. ފާހާނާގެ ފެންތިކި ބޮލަށް ތަޅާނެ. އެއާކޯނުތައް ހުންނާނީ ބޭރަށް. އެއިން އެއާކޯނެއް، އެއިން ދަނގަޑެއް ވެއްޓިއްޖެއްޔާ [ދުވަސް] ދިޔައީ،" އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ ރާއްޖެ ޑީސެންޓްރަލައިޒް ކުރުމަށްޓަކައި އެހެން ސަރަހައްދުތައް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. ސަރަހަައްދީ އެއާޕޯޓުތައް ތަރައްގީ ކުރުމާއި ރާއްޖޭގެ އެހި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ގާއިމް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ރާއްޖެތެރެ، މާލެ" ބަހުސްގެ ފޯރި މަޖިލިހުގައި!
ހޮވަންވީ ނުވިކޭނެ، ނުފޫޒަށް ނުގުޑާނެ މެމްބަރުން:ރައީސް
ތާއީދު ކުރަނީ އެމްޑީޕީއަށް: އާދަމް މަނިކު
ނަޝީދު ވާދަ ކުރައްވާނީ މައްޗަންގޯޅި މެދު ދާއިރާ އަށް
ނަޝީދުގެ ކެމްޕެއިން މާދަމާ ރޭ ފައްޓަވަނީ؟
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
ރިޔާސަތުން އީސަގެ ނިންމުމާ ހެދި ކޮމިޓީ ހޫނުވެއްޖެ
އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށްލާކަށް ނޭދެން: އަސްލަމް
އަފީފާއި ބޮންޑޭ އެމްޑީޕީގައި ތިއްބަވާކަށް ބޭނުމެއް ނުވޭ
ބޮންޑޭއަށް އެމްޑީޕީގެ އިނާޔަތްތައް ކަނޑާލަން އަންގައިފި