03 ޑިސެމްބަރ 2018
މާލޭގެ މައްޗަންގޮޅި ސަރަހައްދުގައި ބާއްވާ ކެމްޕެއިން ހަރަކާތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދައުވަތު ދެއްވައިފިި އެވެ.
މާލޭގެ މައްޗަންގޮޅި ސަރަހައްދުގައި ބާއްވާ ކެމްޕެއިން ހަރަކާތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދައުވަތު ދެއްވައިފިި އެވެ.
ބެލެވޭ ގޮތުގައި، މިއީ އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ނަޝީދު ކުރިމަތިލައްވާކަން އިއުލާން ކުރައްވައި އެމަނިކުފާނުގެ ކެމްޕެއިން ފެއްޓެވުމުގެ ހަފްލާ އެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަމާ ރޭ 9:00 ގައި މައްޗަންގޮޅި ކާމިނީމަގުގައި އޮންނަ، މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ހަރަކާތަކަށް އެންމެންނަށް ދައުވަތު ދެއްވާ ކަމަށެވެ. އެ ޓުވީޓުގައި، އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް ނެތެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި ނަޝީދު ވާދަކުރައްވަނީ މި ފަހަރު މާލެއަށް އިތުރުކުރި ދެ ދާއިރާގެ ތެރެއިން މައްޗަންގޮޅި މެދު ދާއިރާ އަށެވެ. މާލެއަށް ދެން އިތުރުކުރީ ހެންވޭރު ހުޅަނގު ދާއިރާ އެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި މިހާރު ހުސްވެފައިވާއިރު މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރަކީ ޖުމްހޫރީ ޕާޓީގެ އަބްދުﷲ ސިނާނެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި ހުސްވީ، މިހާތަނަށް އެ ދާއިރާގެ މެމްބަރަކަށް ހުންނެވި އެމްޑީޕީގެ މެމްބަރު މާރިޔާ އަހުމަދު ދީދީ މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމުންނެވެ.
4 December 2018 dhuvahuge rey 9:00 ga Machangolhi, Kaaminee Magu ga onna majlis inthikhaab ge campaign harakaathakah vadaigaiy dhevvumah edhi enme beyfulhunnah dhauvath aruvan
— Mohamed Nasheed (@MohamedNasheed) December 3, 2018
ނަޝީދުގެ ޓްވީޓް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ނަޝީދު ކުރިމަތިލައްވާނެ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، މިހާތަނަށް އެމަނިކުފާނު އެކަން ދޮގެއް ނުކުރައްވަ އެވެ. ވިދާޅުވެފައި ވަނީ ސިޔާސީ ދާއިރާގައި އުޅުއްވާނެ ކަމަށެވެ.
ނަޝީދު ވަނީ 1999 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މާލޭގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އެ ފަހަރު މާލޭގެ ދެ ގޮނޑިއަށް އިންތިޚާބުވީ އިލްޔާސް އިބްރާހީމާއި ނަޝީދެވެ. ނަމަވެސް، ރައްޔިތުންގެ މަޖިިލިހުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ފާޑުވިދާޅުވުމާއި ޑިމޮކްރަސީއަށް ވަކާލާތުކުރައްވަމުން ގެންދަވާތީ، ވައްކަމުގެ އަމަލެއް ސާބިތުކޮށް 2001 ގައި ގޮނޑި ގެއްލުވާލި އެވެ.
ނަޝީދުގެ މައްޗަށް ވައްކަން ސާބިތުކުރީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅު ކަމަށްވާ ވެލާނާގެ ތަޅާލި އިރު އެތަނުން އުކާލަން ބަހައްޓާފައި ހުރި ކުނި އެއްޗަކުން ކަރުދާސްތަކެއް ނެންގެވުމުންނެވެ. މިހާރުގެ ސަރުކާރުގެ ބޮޑު އޮފީސް އިމާރާތް ހަދާފައި އެހުރީ ވެލާނާގޭގެ ބިމުގަ އެވެ.
އޭރު ވެސް އެތައް ބަޔަކު ގަބޫލުކުރި ގޮތުގައި ނަޝީދު ނޫން އެހެން މީހަކު އެތަނުން އެއްޗެއް އެދުވަހު ގެންދިޔަ ނަމަވެސް ވައްކަމުގެ ދައުވާއެއް ނުކުރީހެވެ. އެމަނިކުފާނާ ދެކޮޅަށް ވައްކަން ސާބިތުކުރީ، ރައްޔިތުންގެ މަޖިލިހުގައި ސަރުކާރު ޖަވާބުދާރީކުރުވަން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް އެތައް ބަޔަކު އޭރު ވެސް ގަބޫލުކުރި އެވެ.
ހޮވަންވީ ނުވިކޭނެ، ނުފޫޒަށް ނުގުޑާނެ މެމްބަރުން:ރައީސް
ނަޝީދު ވާދަ ކުރައްވާނީ މައްޗަންގޯޅި މެދު ދާއިރާ އަށް
މާލެއަކީ ދަންތުރައެއް، އަތޮޅުތައް ތަރައްގީކުރޭ: ބޮންޑޭ
ރަަށްރަށް އަޅައިކިޔުމުގެ ބަހުސުން ވާނީ ގެއްލުން: ނަޝީދު
މަޖިލިހުގެ ރައީސް: އެމްޑީޕީއަށް ވަރުގަދަ އިމްތިހާނެއް!
މަގާމްތަކަށް ހިޔާލުފާޅުކުރުމަކީ މައްސަލައެއް ނޫން:ހަސަން
ކާމިޔާބު ކެމްޕޭނަކަށް ފަހު ނަޝީދު ޗުއްޓީ އަށް
އެމްޑީޕީގެ ކާމިޔާބީ ފާހަގަ ކުރަން ހާއްސަ ހަފްލާއެއް
އެމްޑީޕީން 50 ގޮނޑި ހޯދުމުން 24 ގަޑިއިރު ފަތަނީ
ސުޕަ މެޖޯރިޓީއާ އެކު މަޖިލިހުގައި ދެން ވާނީ ކިހިނެއް؟