Roadha Mihaaru
ތާއީދު ކުރަނީ އެމްޑީޕީއަށް: އާދަމް މަނިކު

ތާއީދު ކުރަނީ އެމްޑީޕީއަށް: އާދަމް މަނިކު

01 މާޗް 2019

އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތި ލެެެެެއްވިޔަސް ތާއީދު ކުރައްވަނީ އެމްޑީޕީއަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތި ލެެެެެއްވިޔަސް ތާއީދު ކުރައްވަނީ އެމްޑީޕީއަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.

މައްޗަން ގޮޅި އުތުރު ދާއިރާއަށް ކުރިމަތި ލައްވައި ކެމްޕޭން ލޯންޗް ކުރަން މއ. ކާމިނީގޭގައި ހުރި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ އޭނާގެ ވިސްނުން އެމްޑީޕީއާ ދުރަށް ނުދާނެ ކަމަށެވެ.

"އަޅުގަނޑު އެ ވިސްނުން ދޫނުކޮށްލާ ސަބަބަކީ މި ގައުމަށް މި ފަހުން އައި ކޮންމެ ކުރިއެރުމަކީ، ކޮންމެ ބަދަލަކީ އެމްޑީޕީން މަސައްކަތް ކޮށްގެން ގެނެސްފައި އޮތް ބަދަލުތަކަކަށް ވާތީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާތީ އެ ޕާޓީއަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ޕާޓީއަށް ހިދުމަތް ކުރައްވާނެ ކަަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެެެެެެއްވި ސަބަބާ ބެހޭ ގޮތުން މާގިނަ ވާހަކައެއް ނުދައްކަވައި އޭނާ ވިދާޅުވީ އެ މަޖިލީހަކީ ކަރާމާތްތެރި ތަނެއް ކަމަށާއި އެމަޖިލީހުގައި މަސައްކަތް ކުރުމުގެ ގާބިލުކަން އަމިއްލަ ނަފުސުގައި އެބަހުރިތޯ ސުވާލު އުފެދޭ ކަމަށެވެ.

"އަޅުގަނޑަށް ދެންނެވޭނީ އަޅުގަނޑަށް ކުރެވުނު ވަރަކުން އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނަމޭ. ދެން ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ޝައްކެއް އޮތިއްޔާ ބައްލަވައިލައްވަން ޖެހޭނީ އަޅުގަނޑުގެ ރެކޯޑަށް،" އޭނާ ވިދާޅުވިއެވެ.

ސަޕޯޓަރުންނާއި އެކު އާދަމް މަނިކު ބޭއްވެވި ރަސްމިއްޔާތުގައި އޭނާގެ ކުރިން ވާހަކަ ދެއްކެވީ ލޭބާ ޕާޓީގައި އިސްކޮށް އުޅުއްވާ، މަޝްހޫރު ގާނޫނީ ވަކީލް އަދި އެމްޑީޕީގެ ކުރީގެ މެމްބަރު އަބްދުﷲ ހަސީނެވެ.

މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރައްވާ ކެމްޕޭން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ހަސީން ވާހަކަ ދައްކަވަނީ. މިހާރު ފޮޓޯ: ނިޝާން އަލީ

މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރައްވާ ކެމްޕޭން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ހަސީން ވާހަކަ ދައްކަވަނީ. މިހާރު ފޮޓޯ: ނިޝާން އަލީ

ހަސީން ވިދާޅުވީ މަޖިލީހުން އިވެނީ ގޮނޑި ވިއްކާލާ ވާހަކަ ކަމަށާއި އާދަމް މަނިކު އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށާއި އޭނާއަކީ ފުދިވަޑައިގެން އުޅުއްވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭ އާދަމް މަނިކަކީ ހަމަ ގައިމު ވެސް އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ފުރަތަމަ މޭޔަރަކީ އާދަމް މަނިކެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފެއްދެވި ގައުމީ އިއްތިހާދު ޕާޓީގައި އުޅުއްވުމަށް ފަހުގަ އެވެ.