25 ޖޫން 2020
މިލާން (ޖޫން 25) – އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސްއާ، ތަށްޓަށް އެންމެ ބޮޑަށް ވާދަކުރާ ލާޒިއޯ ރޭ އެޓަލާންޓާ އަތުން 3-2 އިން ބަލިވެ، ނުވަ މަސް ދުވަހަށް ފަހު ފުރަތަމަ ފަހަރަށް ލީގުގައި ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. މިއީ ޔުވެންޓަސް އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މިލާން (ޖޫން 25) – އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސްއާ، ތަށްޓަށް އެންމެ ބޮޑަށް ވާދަކުރާ ލާޒިއޯ ރޭ އެޓަލާންޓާ އަތުން 3-2 އިން ބަލިވެ، ނުވަ މަސް ދުވަހަށް ފަހު ފުރަތަމަ ފަހަރަށް ލީގުގައި ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. މިއީ ޔުވެންޓަސް އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ޔުވެންޓަސް މި ހަފުތާގައި ކުޅުނު މެޗުން ބޮލޯނިއާ އަތުން 2-0 އިން މޮޅުވެ އެއް ވަނައިގައި ނެގި ހަތަރު ޕޮއިންޓުގެ ލީޑު އެއް ޕޮއިންޓަށް ކުޑަކުރަން ލާޒިއޯ އަށް ލިބުނު ފުރުސަތު ރޭ ބަލިވުމުން ގެއްލުނީ އެވެ.
ޔުުވެންޓަސް 27 މެޗުން 66 ޕޮއިންޓް ހޯދައިގެން އެއް ވަނައިގައި އޮތްއިރު ލާޒިއޯ ދެ ވަނައިގައި އޮތީ 27 މެޗުން 62 ޕޮއިންޓާ އެކު އެވެ. އެ ދެ ޓީމާ ދެން ވާދަކުރާ އިންޓަ މިލާން ރޭ ސައުސޮލޯއާ 3-3 އިން އެއްވަރުވިއިރު، އެ ޓީމު އޮތީ 27 މެޗުން 58 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ރޭ ލާޒިއޯ އަތުން މޮޅުވި އެޓަލާންޓާ އޮތީ 27 މެޗުން 54 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ތާވަލުގެ ފަސް ވަނައިގައި 27 މެޗުން 48 ޕޮއިންޓާ އެކު އޮތީ ރޭ ސަމްޕްޑޯރިއާ އަތުން 2-1 އިން މޮޅުވީ އޭއެސް ރޯމާ އެވެ.
އެޓާލާންޓާގެ ދަނޑުގައި ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި އެ ޓީމުގެ މާޓިން ޑި ރޫން އަތުން ބައިކޮޅަށް ވަން ގޯލުން ލާޒިއޯ އަށް ކުރި ލިބުނެވެ. އަދި 11 ވަނަ މިނެޓުގައި ސާޖެއީ މިލިންކޮވިޗް-ސަވިޗް ލީޑު ފުޅާކޮށްދިނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު އެޓަލާންޓާ އަށް ތަފާތު ކުޑަކޮށްދިނީ ރޮބިން ގޮސެންސް އެވެ. އަދި ދެ ވަނަ ހާފުގައި ރުސްލަން މަލިނޮވްސްކީ ހޯސޭ ޕަލޮމިނޯ ގޯލްތަކުން ފަހަތުން އަރައި މޮޅުވީ އެވެ.
އިޓާލިއަން ލީގު 1974 އާއި 2000 ވަނަ އަހަރު ކާމިޔާބުކުރި ލާޒިއޯ ތިން ވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމަށް މަސައްކަތްކުރަމުންދާއިރު މި ސީޒަނުގެ ލީގުގައި ބަލިވީ އެންމެ ތިން މެޗުންނެވެ. އެންމެ ފަހުން ބަލިވީ މިދިޔަ ސެޕްޓެމްބަރު މަހު އިންޓަ އަތުން 1-0 އިންނެވެ.
ރޭ އަމިއްލަ ދަނޑުގައި ސަސުއޮލޯ އަތުން އިންޓަ ބަލިނުވެ ސަލާމަތްވީ ކިރިޔާ އެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ސަސުއޮލޯގެ ފްރަންސެސްކޯ ކަޕޫޓޯ ލީޑު ނަގާފައި ވަނިކޮށް އިންޓަ އިން ރޮމެލޫ ލުކާކޫ އާއި ކްރިސްޓިއާނޯ ބިރާގީގެ ގޯލްތަކުން ފަހަރުން އަރައި ކުރި ހޯދި އެވެ. އޭގެ ފަހުން 81 ވަނަ މިނެޓުގައި ޑޮމިނިކޯ ބެރާޑީ ސަސުއޮލޯ އަށް ދެ ވަނަ ފަހަރަށް ކުރި ހޯދައިދިނެވެ. އިންޓަ އަށް ޕޮއިންޓެއް ހޯދައިދިނީ 86 ވަނަ މިނެޓުގައި ބޯޔާ ވަލޭރޯ އެވެ.
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ނަޕޯލީ އަށް ހުއްޓުމެއް ނެތް، އިންޓަ ސޮއްސާލައިފި
ޔުވެންޓަސް ދެ ވަނަ އަށް އަރައިފި
އިންޓަ ބަލިކޮށް ޔުވެންޓަސް އަށް ހިތްހަމަޖެހުމެއް
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
އިންޓަ އަށް އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް
ލުކާކޫގެ ގޯލުތަކާ އެކު އިންޓަ އެއް ވަނަ އަށް