Roadha Mihaaru
އޭޓީއެމުން ފައިސާ ލިބޭނީ މެޝިނުން ކާޑު ނެގުމުން

ބީއެމްއެލް އޭޓީއެމުން ފައިސާ ލިބޭނީ މެޝިނުން ކާޑު ނެގުމުން

25 ޖޫން 2020

ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނަގަން ކާޑު ޖެހުމަށް ފަހު، ހަނދާން ނެތިގެން ކާޑު ބާއްވާފައި ދެވޭ މައްސަލަ އަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މެޝިނުން ކާޑު ނެގުމުން ނޫނީ ފައިސާ ނާންނަ ގޮތަށް ހަދައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބީއެމްއެލްގެ އޭޓީއެމްތަކުން ފައިސާ ނަގަން ކާޑު ޖެހުމަށް ފަހު، ހަނދާން ނެތިގެން ކާޑު ބާއްވާފައި ދެވޭ މައްސަލަ އަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މެޝިނުން ކާޑު ނެގުމުން ނޫނީ ފައިސާ ނާންނަ ގޮތަށް ހަދައިފި އެވެ.

މިހާތަނަށް މެޝިނުތައް ޕްރޮގްރާމްކޮށްފައި ހުރީ، މުޅި ޓްރާންސެކްޝަން ފުރިހަމަވެ ފައިސާ އައުމުން ނޫނީ ކާޑު ނުނެގޭ ގޮތަށެވެ. މިގޮތަށް ހުރުމުން، ފައިސާ ނެގުމަށް ފަހު މެޝިނުގައި ކާޑު ބާއްވާފައި ދެވޭ މައްސަލަ ދިމާވާ ކަމަށް ކަސްޓަމަރުންގެ ފީޑްބެކް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އަލަށް ގެނައި ބަދަލު ބީއެމްއެލްއިން އިއުލާން ކުރުން

ކާޑު ބާއްވާފައި ދެވިއްޖެ ނަމަ، އެ ކާޑު ދެން ފެންނަ މީހަކަށް ކާޑުގެ ޕިން ނަންބަރު ނޭނގުނު ކަމުގައި ވިޔަސް ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން އޮންލައިން ޓްރާންސެކްޝަންތައް ހެދުން ފަދަ ކަންކަން ކުރަން ފުރުސަތު އޮވެ އެވެ. އެހެންވެ، ގެއްލޭ ކާޑެއް އަލުން ފެނުނު ކަމުގައި ވިޔަސް ރައްކާތެރިކަމަށްޓަކައި ޖެހެނީ ކާޑު އަލުން ހަދާށެވެ.