20 ޖޫން 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އޮފީސް ހުންނަ އިމާރާތުގައި އިއްޔެރޭ ފެންބޮޑުވެ، އޮފީހަށް ގެއްލުންތައް ލިބުނަސް ލިއެކިއުންތައް ސަލާމަތް ކުރެވުނު ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އޮފީސް ހުންނަ އިމާރާތުގައި އިއްޔެރޭ ފެންބޮޑުވެ، އޮފީހަށް ގެއްލުންތައް ލިބުނަސް ލިއެކިއުންތައް ސަލާމަތް ކުރެވުނު ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޔާމީން އިބްރާހީމް ވިދާޅުވީ އޮފީސް އިމާރާތިުގައި ފެންބޮޑުވީ ފާހާނާ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް ސީދާ ސަބަބެއް އަދި ސާފުނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޮފީހުގައި ފެންބޮޑުވުމުން އެޗްއާރްސީއެމްގެ މުވައްޒަފުން އިއްޔެ ހެނދުނު ނުކުމެ، ހުރިހާ ލިޔެކިއުންތަކެއް ސަލާމަތްކޮށްގެން ރައްކާތެރި ތަނަކަށް ގެންދިޔަ އެވެ. ބަލަމުން އަންނަ އެއްވެސް މައްސަލައަކަށް ހުރަސް އެޅޭ ފަދަ ކަމެއް ކުރިމަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ޔާމީން ވިދާޅުވި ގޮތުގައި، އޮފީސް ބުނުންނުކުރެވޭ ގޮތް ވުމުން ވަރަށް ބޮޑު ދަތިކަމެއް ވަނީ ކުރިމަތިވެފަ އެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުން ހުކުރު ދުވަހު ހެނދުނު ނުކުމެ، ވަަރަށް ބުރަކޮށް ކުރި މަސައްކަތުން ހުރިހާ ލިޔެކިއުމެއް ވެސް ސަލާމަތް ކުރެވުނު. ސާވާ ވެސް ވަނީ ވަނީ ސަލާމަތް ކުރެވިފައި،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޗްއާރްސީއެމްގެ އޮފީހުގައި ފެންބޮޑުވުމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން އެ ކޮމިޝަނަށް ވަރަށް ބޮޑަށް ލިބުނު ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ. ފެން ބޮޑުވުމުގެ ސަބަބުން ލިބުނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަން ރަނގަޅަށް ބަލަން އަދި ތިން ދުވަސްވަރު ހޭދަވާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެެ.
"އިމާރާތަށް ކަރަންޓު ލިބުނީމާ އަޅުގަނޑުމެންނަށް ގެއްލުންތަކުގެ ތަފްސީލް ހޯދޭނީ. ބައެއް އިކްއިޕްމެންޓް ވެސް ހަލާކުވެފައި ވާނެ ކަމަށް ބެލެވެނީ،" ޔާމީން ވިދާޅުވި އެވެ.
އޮފީސް ބަންދުކުރަން ޖެހުނަސް ރައްޔިތުންނަށް ދޭން ޖެހޭ އެއްވެސް ހިދުމަތެއް ނުހުއްޓޭނެ ކަމަށް އެޗްްއާރްސީއެމުން ރޭ ވެސް ބުންޏެވެ. އެކޮމިޝަނުން ރޭ ކުރި ޓްވީޓެއްގައި ބުނީ ރައްޔިތުންގެ ހިދުމަތުގައި ދެމިތިބޭނެ ކަމަށެވެ. ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ގާނޫނީ ޒިންމާ އަދާކުރެވޭނެ ބަޖެޓެއް ނެތް:އެޗުއާރުސީއެމް
އެޗްއާރުސީއެމް މެމްބަރުން ވަކިކުރާ މައްސަލަ ކޮމެޓީއަށް
އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރަނީ
އެޗްއާރުސީއެމަށް ޒާހިދު އައްޔަން ކުރަން ފާސްކޮށްފި
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
އެޗްއާރްސީއެމްއަށް ހަބީބް އައްޔަން ކުރަން ފާސްކޮށްފި
ހަބީބް، އެޗްއާރުސީއެމަށް އައްޔަންކުރަން ކޮމިޓީގެ ރުހުން
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ބިރުން: އިދިކޮޅު