16 ޖޫން 2020
ކޮވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ވިޔަފާރިތަކަށް އެހީވުމަށް ރިލީފްގެ ގޮތުގައި 325 މިލިއަން ރުފިޔާ ސަރުކާރުން ވިޔަފާރިތަކަށް ދޫކޮށްފި އެވެ.
ކޮވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ވިޔަފާރިތަކަށް އެހީވުމަށް ރިލީފްގެ ގޮތުގައި 325 މިލިއަން ރުފިޔާ ސަރުކާރުން ވިޔަފާރިތަކަށް ދޫކޮށްފި އެވެ.
ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގައި ސަރުކާރުން ކުރާ ހަރަދުތަކުގެ ތަފްސީލުގައި، ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ މާލީ އެހީގެ ތަފްސީލު ވަނީ ހާމަކޮށްފަ އެވެ.
އޭގައިވާ ގޮތުން ބީއެމްއެލް މެދުވެރިކޮށް 223 މީހަކަށް 251 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އެސްޑީއެފްސީ މެދުވެރިކޮށް 666 މީހަކަށް 74 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
މި ޕެކޭޖުގެ ދަށުން ބީއެމްއެލުން ލޯނު ދޫކުރަނީ ރިސޯޓުތަކާއި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ލިބޭ ވިޔަފާރިތަކަށެވެ. ރަހުނަކާ ނުލައި، އަހަރަކު ހަ ޕަސެންޓް އިންޓަރެސްޓް ދައްކާ ގޮތަށް ނަގާ މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ. އަދި ފައިސާ އެއްކޮށް ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. ލޯނު ދެއްކުމުގެ ކުރިން ލިބޭ ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.
މީގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދިނުމުގައި އަދަދުތައް ކަނޑައަޅަނީ އެ ވިޔަފާރިއަކަށް ލިބޭ އެވްރެޖް އާމްދަނީ އަށް ބަލައިގެންނެވެ. އެގޮތުން އާމްދަނީ ލިބޭ ވަރު ބަލައި، އޭގެ 20 ޕަސެންޓްގެ ތިން ގުނަ، ކޮންމެ ވިޔަފާރިއަކަށް ވެސް ދިނުމަށް ވަނީ ނިންމައިފަ އެވެ. މިއީ ތިން މަހަށް ކަނޑައަޅާ އަދަދެވެ. އެސްއެމްއީން ލޯނު ދިނުމުގައި ބަލަނީ ތިން މަހުގެ ހަރަދުތައް މެނޭޖް ކުރެވޭނެ ވަރެއް ދިނުމަށެވެ. މި ހާއްސަ ޕެކޭޖުގެ ދަށުން އެސްއެމްއީތަކަށް 400 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.
ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެއް އިއުލާނުކޮށްފަ އެވެ. ރިލީފް ޕެކޭޖުގެ އިތުރުން ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. އެގޮތުން ސިއްހީ ހިދުމަތްތަކާއި ކަރަންޓީނު ފެސިލިޓީތަކަށް މިހާތަނަށް ގާތްގަނޑަކަށް 940 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ވިޔަފާރިތަކަށް 750 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި
އެހީ ލިބުނު މީހުންގެ ލިސްޓު ހޯދަން ހުށަހަޅައިފި
ރިލީފް ފަންޑުން 34 ވިޔަފާރިއަކަށް 45 މިލިއަން ދީފި
ސްޓިމިއުލަސް ޕެކޭޖުތައް އަންނަ ހަފްތާގައި ދޫކުރާނެ
ރޫޕޭ ކަސްޓަމަރުންނަށް ދެން ފަސޭހަވާނެ: ބީއެމްއެލް
50 މިލިއަންގެ ލޯނު ނެގީ އެސްބީއައިއަށް ދެއްކުމަށް
ޑޮލަރު ލިމިޓް ކުޑަކުރުމުގެ ނިންމުމެއް ނެތް: ފިނޭންސް
ކާޑު ލިމިޓު ބޮޑު ކުރަން ދަތިތައް އެބަހުރި: ފިނޭންސް
ޑޮލަރު ލިމިޓް ބޮޑުކުރަން އަދިވެސް މަޝްވަރާކުރިއަށް
ރިކަވަރީ ލޯނުތައް އަނބުރާ ދައްކާ މުއްދަތު އިތުރުކޮށްފި