14 ޖޫން 2020
ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުންކޮށް، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް، އާއްްމުންގެ މެދުގައި ބަލި ފެތުރެމުންދާތީ މާލެ އަދިވެސް އޮތީ ރެޑް އެލާޓްގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފި އެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުންކޮށް، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް، އާއްްމުންގެ މެދުގައި ބަލި ފެތުރެމުންދާތީ މާލެ އަދިވެސް އޮތީ ރެޑް އެލާޓްގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ލޮކްޑައުން އަށް ލުއިތައް ދިނަސް ސަލާމަތާއި ރައްކާތެރިކަމަށް ދޭ ސަމާލުކަން އަދިވެސް އެގޮތުގައި ދަމަހައްޓަން ޖެހޭނެ ކަމަށެވެ. އެގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަކީ ފުލުހުން ނުކުމެ ތަންފީޒުކުރާ ކަންތައްތަކެއް ކަަމަށް ނުދެކި ފަރުދީ ޒިންމާ އަދާކުރުން މުހިންމު ކަމަށް ވެސްް އޭނާ ވިދާޅުވި އެވެ.
"ހަމަ ކޮންމެ ބޭފުޅެއްގެ ވެސް އަމިއްލަ ޒިންމާއެއް ގޮތަށް، އެއީ އަޅުގަނޑުމެންގެ އަމިއްލަ ރައްކާތެރިކަމަށާއި އާއިލާގެ ރައްކާތެރިކަމަށާ އަދި އަޅުގަނޑުމެންގެ ހަމަ ގައުމުގެ އެންމެންގެ ވެސް ރައްކާތެރިކަަމަށް އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުން ހުރިހާ ބޭފުޅުން ވެސް މިކަންކަމަށް ސަމާލުކަން ދެއްވައި އެކަންކަމަށް ހަަމަ އަމަލުކުރައްވާނެ އަޅުގަނޑުމެން އުއްމީދުކުރަން. މިއީ މިނިސްޓްރީ އޮފް ހެލްތުން ނޫނީ އެޗްޕީއޭ އިން ނޫނީ އެންއީއޯސީއަކުން އެކަނި ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން،" ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި އެންމެން ގުޅިގެން މަސައްކަތް ކޮށްފި ނަމަ ބަލި ކޮންޓްރޯލް ކުރެވޭކަން މިހާރުވެސް ވަނީ ތަޖުރިބާ ކުރެވިފަ އެވެ. އެކަމަކު ރާއްޖޭގައި އެޅި ފިޔަވަޅުތަކަށް ލުއި ދިނުމުން ބައެއް ފަރާތްތަކުން ބައްޔާ މެދު ފަރުވާތެރިވާ މިންވަރު ކޮންމެވެސް ވަރަަކަށް ލުއި ކޮށްލިކަން ފާހަގަ ކުރެވޭ ކަމަަށް ވެސް ވިދާޅުވި އެވެ. އެގޮތުން މަގުމަތީގައި ގިނަ އަދަދެއްގެ މީހުންނާ އެކު މަޑުކޮށްގެން ވާހަކަދައްްކަން ތިބުމާއި ގިނަ ފިހަރާތަކަކަށް ދިއުން ފަދަ ކަންތައްތަައް ވަނީ ފާހަގަވެފަ އެވެ. ބައްޔަށް ޕޮޒިޓިވްވެ ކޮންޓެެކްޓް ޓްރޭސިން ހަދާ އިރު، އެގޮތަށް ކަންތައް ކޮށްފައިވާ ފަރާތްތަކުގެ ކޮންޓެކްޓުން ގިނަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ކޮންމެ ބޭފުޅެއްގެ ވެސް އަމިއްލަ ޒިންމާއެއް ގޮތަށް، އެއީ އަޅުގަނޑުމެންގެ އަމިއްލަ ރައްކާތެރިކަމަށާއި އާއިލާގެ ރައްކާތެރިކަމަށާއި އަދި އަޅުގަނޑުމެންގެ ހަމަ ގައުމުގެ އެންމެންގެ ވެސް ރައްކާތެރިކަަމަށް އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުން ހުރިހާ ބޭފުޅުން ވެސް މިކަންކަމަށް ސަމާލުކަން ދެއްވައި އެކަންކަމަށް ހަަމަ އަމަލުކުރައްވާނެ އަޅުގަނޑުމެން އުއްމީދުކުރަން. މިއީ މިނިސްޓްރީ އޮފް ހެލްތުން ނޫނީ އެޗްޕީއޭ އިން ނޫނީ އެންއީއޯސީއަކުން އެކަނި ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން،" ނަޒްލާ ވިދާޅުވި އެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޒްލާ ވިދާޅުވީ ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ދާދި އެއްވަރެއްގައި ހިފެހެއްޓިފައި އޮތް ނަމަވެސް، އަދިވެސް އާއްމުންގެ ތެރޭގައި ބަލި ފެތުރެމުންދާތީ މާލޭގެ ސްޓޭޓަސް ބަދަލުނުވާ ކަމަށެވެ.
"އަދިވެސް ކޮންމެވެސް ވަރަކަށް ކޮމިއުނިޓީ ޓްރާންސްމިޝަން ހިނގާ ކަމަށް އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ. އެއީ އެކްޓިވް ސަވައިލެންސުން ނަގާ ސާމަޕަލްސް ހަމަ ކޮންމެވެސް ވަަރަކަށް ޕޮޒިޓިވް ވަމުން ދާތީ. އެހެންވީމާ އަދި މާލޭގެ ސްޓޭޓަސް ޗޭންޖެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ މިރޭގެ މީޑިއާ ބްރީފިންގައި ވާހަކަ ދައްކަވަނީ.
ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ މާދަމާ ނޫން އަނެއް ދުވަހުން ފެށިގެން ދޭ ލުޔަކީ ޒަރޫޒީ ބޭނުންތަކުގައި ނުކުމެ އުޅުން ފަސޭހަ ކުުރުމަށް ދޭ ލުއިތަކެއް ކަމަަށާއި އެއީ މުޅިން ހުޅުވައިލުުން ނޫން ކަމަށެވެ. އެހެންވީމާ އެ ލުއިތަކުގެ ބޭނުންކޮށްގެން ބޭރަށް ދާނީ ކުރިން ވެސްް ދިޔަ ފަދަ ޒަރޫރީ ބޭނުންތަކުގައި އެކަނި ކަމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"މިފުރުސަތުގެ ބޭނުން ހިއްޕަވާށޭ ހަމަ ކުރީގައި ވެސް ބޭފުޅުން ބޭރަށް ވަޑަައިގެންނެވީ ހަމަ ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރާށޭ. އެހެންވީމާ އެކަންތައްތަކަށް ސަމާލުކަން ދީގެން ބޭރުގައި އުޅޭ ވަގުތުތައް ގިނަ ނުކޮށް ވާނެ އުސޫލަކަށް،" ޝައިނާ ވިދާޅުވި އެވެ.
އެއްވެ އުޅުމާއި އާއިލާ މީހުން އެއްތަންވުން ކަހަލަ ފިޒިކަލް ޑިސްޓެންސިން ނޯންނަ ފަދަ ބައްދަލުވުންތައް ނުބާއްވަން އަދިވެސް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ލޮކްޑައުން އަށް ހޯމަ ދުވަހު ދޭ ލުޔާ އެކުގައި ވެސް ކޮވިޑުން ރައްކާތެރިވުމަށް އާއްމުކޮށް ކުރަން އިރުޝާދުދޭ ކަންތައްތައް ކަމަށްވާ ފިޒިކަލް ޑިސްޓެންސިން އާއި އަތް ދޮވުމާއި މާސްކް އެޅުން ފަދަ ކަންތައްތަކަށް ސަމާލުވާން ދެ ބޭފުޅުން ވެސް އިލްތިމާސް ކުރެއްވި އެވެ.
އޮތީ ލެވެލް ނުވައެއްގައި، 10 އަކުން ލޮކްޑައުންއަށް!
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: މައުމޫން
ހަމަ ސުވާލެއް: މި ފެންނަނީ މާ ބޮޑު ދޫވުމެއް ނޫންތަ؟
ގިނަ ބަޔަކު ބޭރުގައި! ޑރ. އަލީ ލަތީފުގެ އިންޒާރެއް
ބައެއް މީހުންގެ އަމަލުތަކާ މެދު ޝިފާގެ ކަންބޮޑުވުން
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި
"ގޭގައި ތިބި މީހުންނަށް ބަލި ގެންދާ މީހަކަށް ނުވާތި"
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ