18 އޮކްޓޯބަރ 2016
ޕީޕީއެމްގެ ބާރުތައް ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމާ އެއްގޮތަށް އަމަލުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ޕީޕީއެމްގެ ބާރުތައް ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމާ އެއްގޮތަށް އަމަލުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ޕީޕީއެމްގެ މައްސަލާގައި އެ ކޮމިޝަނުން ވަކި ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.
ޕީޕީއެމްގެ މައްސަލާގައި އަމަލުކުރާނީ އާދީއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ކަމަށް ސީދާ ވިދާޅުނުވެ އަކްރަމް ވިދާޅުވީ އެ ކޮމިޝަނުން އަމަލުކުރާނީ ގާނޫނުތަކާއި ގަވައިދުތައް އަދި ކޯޓުތަކުން ނެރޭ އަމުރާ އެއްގޮތަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ދެ ފަރާތުން ވެސް ހިއްސާކޮށްފައި އެބައޮތް. އެއް ބަޔަކު އޮތީ އަލީމް ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަންކުރި ކަމަށް. އަނެއް ފަރާތުން އޮތީ ހަލީލް އައްޔަންކުރި ކަމަށް. އެހެންވީމަ އެ ސިޓީތަކަށް ޖަވާބެއް ދޭކަށް ނުޖެހޭ،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކޮމިޝަނަށް ފޮނުވި ސިޓީތަކާ އެއްގޮތަށް އަމަލުކުރަން އަމަލުކުރަން ނިންމީކީ ނޫން ކަމަށާއި އެ ކޮމިޝަނުން އަމަލުކުރާނީ އެ ވަގުތަކު ކޯޓުން ނެރޭ އަމުރާ އެއްގޮތަށް ކަމަށެވެ.
"މިހާރު އެ މައްސަލަ އޮތީ އިސްތިއުނާފުގައި. އެހެންވީމަ މާދަމާ އެހެން ގޮތަށް އަމުރުކޮށްފި ނަމަ އެ ގޮތަކަށް އަޅުގަނޑުމެން އަމަލުކުރާނީ،" އަކްރަމް ވިދާޅުވި އެވެ.
އާދީއްތަ ދުވަހު ކޯޓުން ނެރުނު އަމުރުގެ ދަށުން ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިގްބާލް އާދަމް އައްޔަންކޮށްފަ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ އާދީއްތަ ދުވަހު މެންދުރު ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުލް އަލީމް އައްޔަންކުރައްވައިފަ އެވެ. އަދި އެ ޕާޓީގެ ނައިބު ރައީސް ކަމުން އަބްދުއްރަހީމް އަބްދުﷲ ވަކިކޮށް، ކައުންސިލް މެމްބަރު ކަމުން ޒާހިދު ރަމީޒް ވެސް ވަކިކޮށްފަ އެވެ.
އާދީއްތަ ދުވަހު ކުރި ހުކުމާ ގުޅޭ ގޮތުން ޕީޕީއެމް ރައީސް މައުމޫން ވިދާޅުވެފައި ވަނީ އެ އަމުރު ބަލައި ނުގަންނަ ކަމަށާއި އެހެންވެ އެ ހުކުމް އިސްތިއުނާފުކުރައްވާނެ ކަމަށެވެ. އަދި ޕާޓީ އޮފީސް އެތަނުގައި ހިނގަމުންދާނެ ކަމަށާއި އަދި އެ ޕާޓީގެ ރައީސަކީ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
ޕީޕީއެމްގެ މައްސަލަ މައުމޫން އިލެކްޝަންސަށް ހުށަހަޅައިފި
އިންތިހާބު ކަންކަން އެބަދޭ، އެހެން ބަޔަކަށް ނުބެހެެވޭނެ
ޕާޓީ ހިންގޭނެ ގޮތެއް ހޯދަން މައުމޫނާ ވާހަކަ ދައްކަނީ
އެއް "ޕީ" ރައީސް ޔާމީނަށް އަނެއް "ޕީ" މައުމޫނަށް!
ދެ ފެކްޝަނާ އެކު "އަސްލު ޕީޕީއެމް" އޮޅިއްޖެ!
"ޕީޕީއެމާ މެދު ގޮތެއް ނިންމޭނީ ލިއުންތައް ލިބުމުން"
ދައުލަތުގެ މުސާރަ ނިންމައި ޕީޕީއެމަށް ފައިސާ ދޫކުރަނީ
ފައިސާ ދޫކުރުމުން ޕީޕީއެމްގެ ދަރަނި ދައްކާނެ:އަދުރޭ
ޕީއެންސީ ފޯމުތައް ސައްހަ ނުވެގެން އާ ފޯމު ހުށަހަޅައިފި