18 އޮކްޓޯބަރ 2016
ސިވިލް ކޯޓުގެ އަމުރާ އެއްގޮތަށް، ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް އެ ޕާޓީ ހިންގޭނެ ގޮތްތަކެއް ހޯދަން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ވާހަކަ ދައްކަން ނިންމާފައިވާ ކަމަށް ރައީސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ސިވިލް ކޯޓުގެ އަމުރާ އެއްގޮތަށް، ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް އެ ޕާޓީ ހިންގޭނެ ގޮތްތަކެއް ހޯދަން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ވާހަކަ ދައްކަން ނިންމާފައިވާ ކަމަށް ރައީސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގައި މައުމޫން އަދާކުރައްވާ ޒިންމާތަކުން އެމަނިކުފާނު އެކަހަރިކުރަން ރައީސް ޔާމީން ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް ކޮށްފައި ވަނީ މައުމޫންގެ ހުރިހާ ޒިންމާތަކެއް، ރައީސް އަބްދުﷲ ޔާމީނާ ހަވާޅުކުރުމަށެވެ. އެ އަމުރާ އެއްގޮތަށް ރައީސް ޔާމީން ރިޔާސަތު ބަލަހައްޓަވައި ކައުންސިލް ބައްދަލުވުމެއް ވެސް ވަނީ ބާއްވައިފަ އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހަލީލް ވިދާޅުވީ ކޯޓު އަމުރުގައިވާ ގޮތަށް ބޭއްވި ކައުންސިލް ބައްދަލުވުމުން، އެ ޕާޓީގެ ހިންގުމުގެ ހުރިހާ ކަމެއް ވަނީ ރައީސް ޔާމީނާ ހަވާލުކުރައްވާފައި ކަމަށެވެ. ކައުންސިލްގެ އެ ނިންމުމާ އެއްގޮތަށް ޕާޓީ ހިންގުމުގެ ވަސީލަތްތަކާއި އެހެން ކަންކަން ފަހިކޮށްދެއްވަން މައުމޫން އަރިހުން އެދެން ނިންމާފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.
"އަދި އަޅުގަނޑުމެންނަކަށް ބައްދަލުވުމަކާ ހިސާބަށް ދެވޭ ވަރެއް ނުވޭ. އެހެން ނަމަވެސް އަޅުގަނޑުމެން މިދަނީ ކެނޑިނޭޅި ދަންނަވަމުން އަޅުގަނޑުމެން ބައްދަލުކުރަން މަސައްކަތް ކުރަމުންދާ ކަން،" ހަލީލް ވިދާޅުވި އެވެ.
އެކަމަކު ރައީސް މައުމޫންގެ ޖަވާބެއް އަދި ނުލިބޭ ކަމަށް ހަލީލް ވިދާޅުވި އެވެ. ބައްދަލުވުމަކަށް އެދިވަޑައިގަންނަވާއިރު، މީގެ ކުރިން ޕާޓީގެ ކައުންސިލް ބައްދަލުވުން ބާއްވައިދޭން ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް މައުމޫން އެކަން ކުރައްވާފައި ނުވާ ކަން ހަލީލް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯޓު އަމުރާ އެއްގޮތަށް ޕާޓީގެ ކަންކަން ކުރިއަށް ގެންދެވޭތޯ ރައީސް ޔާމީން ގެންދަވަނީ މަސައްކަތްޕުޅުކުރައްވަމުންނެވެ. ކައުންސިލް ބައްދަލުވުން އެއީ ފުރަތަމަ ފިޔަވަޅު ކަން ފާހަގަކުރައްވައި ވިދާޅުވީ، ކޯޓު އަމުރާ އެއްގޮތަށް ބޭއްވި ކައުންސިލް ބައްދަލުވަކީ ސައްހަ ނޫން ބައްދަލުވުމެއްތޯ ނޫންތޯ ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމަކީ އަސާސީ ގަވާއިދާ ހިލާފު ބައްދަލުވުމެއް ކަން ކަނޑައަޅައިދޭން މައުމޫން ފެކްޝަނުން ވަނީ އިލެކްޝަންސް ކޮމިޝަނުގައި އެދިފަ އެވެ.
ހަލީލް ވިދާޅުވީ ރައިސް ޔާމީނާއި ޕީޕީއެމްގެ އިސް ބޭފުޅުން ދެކެވަޑައިގަންނަވަނީ މައުމޫނަކީ އެ ޕާޓީގެ ރައީސް، އަދި ގައުމުގެ ވެސް ގަދަރުވެރި އިއްޒަތްތެރި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އެމަނިކުފާނަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ޕާޓީގެ އެކަކު ވެސް ދެކެވަޑައިނުގަންނަވާ ކަމަށް ހަލީލް ވިދާޅުވި އެވެ.
"ހަމައެއާއެކު ރައީސް މައުމޫންގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުންނަކީ ވެސް ޕާޓީއާ ވަކިވެފައި ތިބި ބޭފުޅުން ކަމަކަށް ގަބޫލެއް ނުކުރަން،" ހަލީލް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީން ވަނީ ޕާޓީ ދެ ފަޅިކޮށްލައްވައިފަ އެވެ. މި ދެ ފެކްޝަނުން ވެސް ޕާޓީގެ އިސް މަގާމްތަކަށް މީހުން އައްޔަންކޮށް، ކައުންސިލް އިންތިހާބަށް ވެސް ކެންޑިޑޭޓުން ނެރެން އަންނަނީ ތައްޔާރުވަމުންނެވެ.
އެއް "ޕީ" ރައީސް ޔާމީނަށް އަނެއް "ޕީ" މައުމޫނަށް!
ޕީޕީއެމް މައްސަލަ ނެގީ ޝަކުވާ ބަލާތީ: ސުޕްރީމް ކޯޓް
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރި މައްސަލާގައި ކޯޓަށް
ޕީޕީއެމްގެ މުދާ ހޯދަން ފޮނުވި ސިޓީއާ ހަވާލެއް ނުވި
ޕީޕީއެމްގެ މައްސަލަ މައުމޫން އިލެކްޝަންސަށް ހުށަހަޅައިފި
"ޕީޕީއެމް ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި އަހާނަން"
ހައި ކޯޓުން ވެސް ޕީޕީއެމް ދިނީ ރައީސް ޔާމީނަށް
"މައުމޫން ނެތި ޔާމީނަށް ތިން ޕަސެންޓް ވެސް ނުލިބޭނެ"
އިންތިހާބު ކަންކަން އެބަދޭ، އެހެން ބަޔަކަށް ނުބެހެެވޭނެ