Roadha Mihaaru
ހަލަބަށް ދިން ހަމަލާގައި އެއް އާއިލާއަކުން 14 މަރު

ހަލަބަށް ދިން ހަމަލާގައި އެއް އާއިލާއަކުން 14 މަރު

18 އޮކްޓޯބަރ 2016

ދިމިޝްގު (އޮކްޓޯބަރު 18) - ސީރިއާގެ ހަލަބު ސިޓީ އަށް ރަޝިޔާ އިން ދިން ވައިގެ ހަމަލާތަކުގައި އެއް އާއިލާއަކުން 14 މީހުން މަރުވެފައިވާ ކަމަށް އިދިކޮޅު އެކްޓިވިސްޓުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އޮކްޓޯބަރު 18) - ސީރިއާގެ ހަލަބު ސިޓީ އަށް ރަޝިޔާ އިން ދިން ވައިގެ ހަމަލާތަކުގައި އެއް އާއިލާއަކުން 14 މީހުން މަރުވެފައިވާ ކަމަށް އިދިކޮޅު އެކްޓިވިސްޓުން ބުނެފި އެވެ.

ސީރިއަން ސިވިލް ޑިފެންސްގެ އިމަޖެންސީ ރެސްކިއު ޓީމުތަކުން ބުނީ ރަޝިޔާގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ވަރަށް ގިނަ ކުޑަ ކުދިން ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ދެ ހަފުތާވީ ތުއްތު ދެ ކުއްޖަކާއި އަށް އަހަރުން ދަށުގެ ހަ ކުދިން ހިމެނޭ ކަމަށެވެ. ރަޝިޔާ އިން ބަންކާ-ބަސްޓާ ބޮން އެޅި ކަމަށް ވެސް ބުނެފައިވެ އެވެ. މި ހަމަލާތަކުގައި ވަނީ ދެ އަންހެނުން ވެސް މަރުވެފަ އެވެ.

މި ހަމަލާތަކަށް ފަހު ރަޝިޔާ އިން ވަނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނުން ފެށިގެން އަށް ގަޑިއިރަށް ވައިގެ ހަމަލާތައް ހުއްޓާލަން ނިންމައިފަ އެވެ. އެއީ އާއްމުން އެ ސިޓީ ދޫކޮށް ދިއުމަށާއި އިންސާނީ އެހީ ފޯރުކޮށް ދިނުމަށެވެ.

ސީރިއާގެ ހަލަބަށް އިއްޔެ ދިން ވައިގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތެއްގެ ކައިރީގައި ކުޑަ ކުއްޖަކު ސަލާމަތް ކުރަންދެން މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

ސީރިއާގެ ހަލަބަށް އިއްޔެ ދިން ވައިގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތެއްގެ ކައިރީގައި ކުޑަ ކުއްޖަކު ސަލާމަތް ކުރަންދެން މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

ހަލަބަށް ވައިގެ ހަމަލާދީ އެއް އާއިލާއަކުން 14 މީހުން މަރާލި އިރު އިރާގުގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފުމަށް ހަމަލާ ދޭން ފަށައިފަ އެވެ. ތަޖްރިބާކާރުން ބުނަނީ މޫސަލް އަށް ދޭ ހަމަލާތަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ދަނޑިވަޅު ހަލަބަށް ދޭ ހަމަލާތައް ރަޝިޔާ އިން އިތުރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހަލަބުގެ އިރުމަތީގައި ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށުގައިވާ ހިސާބުތަކަށް ވޭތުވެދިޔަ ދުވަސްތަކުގައި ދޭ ވައިގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އަދި މި ހަމަލާތަކުގައި ވަރަށް ގިނަ މީހުން މަރުވެ އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ.