14 އެޕްރީލް 2018
މޮސްކޯ (އެޕްރީލް 14) - އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސި ވިލާތުން މިއަދު ހެނދުނު ސީރިއާ އަށް ދިން ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މިސައިލް ފޮނުވާލި ކަމަށާއި މީގެ ތެރޭން ގިނަ މިސައިލް ވައްޓާލާފައިވާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.
މޮސްކޯ (އެޕްރީލް 14) - އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސި ވިލާތުން މިއަދު ހެނދުނު ސީރިއާ އަށް ދިން ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މިސައިލް ފޮނުވާލި ކަމަށާއި މީގެ ތެރޭން ގިނަ މިސައިލް ވައްޓާލާފައިވާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ސީރިއާގެ އަސްކަރީ އަދި މަދަނީ ތަންތަނަށް ވެސް ހަމަލާދީފައިވާ ކަމަށެވެ. އެމެރިކާ އިސްވެ ދިން ހަމަލާތަކުގައި ފޮނުވާލި މިސައިލްތައް ވައްޓާލުމަށް ބޭނުންކޮށްފައި ވަނީ ސީރިއާގެ ވައިގެ ދިފާއީ ނިޒާމް ކަމަށް ވެސް ރަޝިޔާ އިން ބުނެފައިވެ އެވެ. ސީރިއާގައި ވަނީ ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމެއް ގާއިމްކޮށްފަ އެވެ. ނަމަވެސް މިއަދުގެ ހަމަލާތައް ހުއްޓުވުމަށް ރަޝިޔާގެ ނިޒާމް ބޭނުންކޮށްފައެއް ނުވެ އެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ސީރިއާ އަށް ހަމަލާ ދީފައި ވަނީ ރެޑް ސީގައިވާ އެމެރިކާގެ މަނަވަރުތަކުންނާއި މެޑިޓެރޭނިއަން އަދި ސީރިއާގެ އަލް ތަންފް ސިޓީގައި ގާއިމްކޮށްފައިވާ އެމެރިކާގެ ވައިގެ މަރުކަޒަކުން ކަމަށެވެ. އިނގިރޭސި ވިލާތުން ސީރިއާ އަށް ހަމަލާ ދިނީ ހަތަރު ޓޯނޭޑޯ ޖެޓް ބޭނުންކޮށްގެންނެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ސީރިއާގެ އަމާޒުތަކަށް ހަމަލާ ދޭން ބޭނުން ކުރީ ޓޮމަހޯކް ކްރޫޒް މިސައިލް ކަމަށެވެ.
ރަޝިޔާ އިން ބުނީ ސީރިއާގައި ގާއިމްކޮށްފައިވާ ރަޝިޔާގެ އަސްކަރީ އެއްވެސް މަރުކަޒަކަށް މިސައިލް ހަމަލާ އަރާފައި ނުވާ ކަމަށެވެ.
ޕެންޓަގަންގެ އޮފިޝަލުން ބުނީ ހަމަލާ ދިނީ ސީރިއާގެ މައިގަނޑު ތިން އަމާޒަކަށް ކަމަށެވެ. އެއީ ވެރިރަށް ދިމިޝްގުގައިވާ ސައެންޓިފިކް ރިސާޗް ސެންޓަރަކަށާއި ހިމްސްގެ ހުޅަނގުގައިވާ ކެމިކަލް ހަތިޔާރު ރައްކާކުރާ ތަނަކަށާ އަދި ހިމްސްއާ ކައިރީގައިވާ ކެމިކަލް ހަތިޔާރުގެ އިކުއިޕްމަންޓް ރައްކާކުރާ ތަނަކަށް ކަމަށެވެ.
ސީރިއާ އަށް ދިން ހަމަލާތަކާ ގުޅިގެން ރަޝިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ބާވަތުގެ ހަމަލާތަކަށް ރައްދު ނުލިބި ނުދާނެ ކަމަށެވެ. ރަޝިޔާ އިން ކުރިން ވަނީ ސީރިއާ އަށް ހަމަލާ ދޭން ފަށައިފި ނަމަ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޕެންޓަގަނުން ބުނީ ސީރިއާ އަށް ހަމަލާ ދޭ ތަންތަނުގެ ނޯޓިސް ރަޝިޔާ އަށް ކުރިން ދީފައި ނުވާ ކަމަށެވެ.
ހަލަބުގެ ހަނގުރާމަވެރިން އެ ސިޓީ ދޫކުރަން އިންޒާރުދީފި
ހަލަބުގެ ހަމަލާތައް އަށް ގަޑިއިރަށް ހުއްޓާލަން އެއްބަސް
ހަލަބަށް ދިން ހަމަލާގައި އެއް އާއިލާއަކުން 14 މަރު
ހަލަބަށް އަނެއްކާވެސް ވަރުގަދަ އަށް ވައިގެ ހަމަލާ ދެނީ
ސީރިއާގެ ސިއްރު ޖަލުތަކުގެ ޗާޓު ދޭން އެދެފި
ވެރިކަން ބަދަލުކުރަން އެންގެވީ ބައްޝާރު: ރަޝިޔާ
ތުރުކީ، ސީރިޔާ ސުލްހަކުރުމުގެ ބައްދަލުވުމެއް ރަޝިޔާގައި
ސީރިޔާއިން ފޭބުމަށް ތުރުކީން ޝަރުތުތަކެއް
ރަޝިޔާ، ތުރުކީ އަދި އީރާންގެ ވެރިން ބައްދަލުކުރައްވަނީ
ތުރުކީގެ ވައިގެ ސަރަހައްދު ރަޝިޔާ އަށް ބަންދު