12 އޮކްޓޯބަރ 2016
ދިމިޝްގު (އޮކްޓޯބަރު 12) - ސީރިއާގެ ހަލަބު ސިޓީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ސަރަހައްދުތަކަށް ރަޝިޔާގެ ހަނގުރާމަތީ ބޯޓުތަކުން އަނެއްކާވެސް ބޮން އަޅަން ފަށައިފި އެވެ.
ދިމިޝްގު (އޮކްޓޯބަރު 12) - ސީރިއާގެ ހަލަބު ސިޓީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ސަރަހައްދުތަކަށް ރަޝިޔާގެ ހަނގުރާމަތީ ބޯޓުތަކުން އަނެއްކާވެސް ބޮން އަޅަން ފަށައިފި އެވެ.
އެންމެ ފަހުން ދިން ހަމަލާތަކުގައި 25 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެ އެވެ. އިނގިރޭސިވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓާރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އިއްޔެގެ ވައިގެ ހަމަލާތަކުގައި އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ރަޝިޔާ އިން ބަންކާ ބަސްޓާ ބޮން އަޅާފައިވާ ކަމަށް ވެސް އޮބްޒަވޭޓަރީން ބުންޏެވެ.
ހަލަބުގައި ސީރިއާ ސިފައިން ކުރި ހޯދަމުން ދަނީ ރަޝިޔާގެ ވައިގެ ހަމަލާތަކުގެ އެހީގައި. --ފޮޓޯ:އޭއެފްޕީ
ހަލަބުގައި ސިއްހީ އެހީ ދިނުމުގައި ހަރަކާތްތެރިވާ މެޑިސިންސް ސެންސް ފްރަންޓިއާސް އިން ބުނީ އެ ސިޓީގައި ބޭނުން ކުރެވޭ ހާލަތުގައި މިހާރު އޮތީ 11 އެމްބިއުލެންސް ކަމަށެވެ. ބޮމުގެ ހަމަލާތަކުގައި ފަސް އެމްބިއުލެންސް ހަލާކުވެފައިވާ އިރު އަނެއް އަށް އެމްބިއުލެންސްގެ ސްޕެއާ ޕާޓްސް ނުލިބޭ ކަމަށް ވަނީ ބުނެފަ އެވެ.
އަނެއްކޮޅުން ސީރިއާގެ ރަސްމީ މީޑިއާ އިން ބުނީ ހަލަބުގެ ހުޅަނގުގައި ސަރުކާރުގެ ބާރުގެ ދަށުގައިވާ ތަންތަނަށް އިދިކޮޅު ހަނގުރާމަވެރިން ހަމަލާދީ ހަތަރު މީހުން މަރާލާފައިވާ ކަމަށެވެ.
ހަލަބު ސިޓީ އަށް ދޭ ވައިގެ ހަމަލާތަކުގައި އެ ސިޓީ އެކުގައި ސުންނާފަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި. --ފޮޓޯ:ރޮއިޓާސް
ހަލަބަށް ދޭ ވައިގެ ހަމަލާތައް ހުއްޓާލުމަށް ޑިޕްލޮމެޓިކް ގޮތުން ކުރަމުންދާ މަސައްކަތުން އަދި މިހާތަނަށް ނަތީޖާއެއް ފެނިފައެއް ނުވެ އެވެ. ހަލަބަށް ދޭ ހަމަލާތައް ހުއްޓާލުމަށް ސަލާމަތީ މަޖިލީހަށް މިދިޔަ ހަފުތާގައި ހުށަހެޅި ގަރާރު ރަޝިޔާ އިން ވަނީ ވީޓޯކޮށްފަ އެވެ.
100 އަށް ވުރެ ގިނަ މިސައިލް ސީރިއާ އަށް ފޮނުވާލި
ސީރިއާ ހަނގުރާމައިގައި 312،000 މީހުން މަރުވެއްޖެ
ހަލަބުގެ ދެބައިކުޅަ އެއްބައި ސަރުކާރުގެ ބާރުގެ ދަށަށް
ސީރިއާ ސިފައިންނަށް ހަމަލާ ދެވުނީ އޮޅުމަކުން: އެމެރިކާ
ހަލަބުގެ ތިންބައިކުޅަ އެއްބައި ސަރުކާރު ސިފައިން ދަށަށް
އައިއެސްއާ ގުޅުން ބޮޑު ބަޔަކަށް އިޒްރޭލުން ބޮންއަޅައިފި
ބޮމުގެ ހަމަލާތަކުގައި ހަލަބުގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް
ހަލަބުގެ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި
ހަލަބުގެ ހަނގުރާމަވެރިން އެ ސިޓީ ދޫކުރަން އިންޒާރުދީފި
ތިން ދުވަހަށް ފަހު ހަލަބުގެ ހަމަލާތައް ފަށައިފި