15 ޑިސެމްބަރ 2016
ދިމިޝްގު (ޑިސެމްބަރު 15) - ސީރިއާގެ ދާޚިލީ ހަނގުރާމަ މާޗް 2011 ގައި ފެށި މަހުން މިހާތަނަށް 312،000 މީހުން މަރުވެފައިވާ ކަމަށް މޮނިޓާރިން ޖަމާއަތަކުން ބުނެފި އެވެ.
ދިމިޝްގު (ޑިސެމްބަރު 15) - ސީރިއާގެ ދާޚިލީ ހަނގުރާމަ މާޗް 2011 ގައި ފެށި މަހުން މިހާތަނަށް 312،000 މީހުން މަރުވެފައިވާ ކަމަށް މޮނިޓާރިން ޖަމާއަތަކުން ބުނެފި އެވެ.
އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ސީރިއާ ހަނގުރާމައިގައި މަރުވި އާއްމުގެ އަދަދު 90،000 އަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި 16،000 އަށް ވުރެ ގިނަ ކުޑަ ކުދިން މަރުވެފައިވާ ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ.
ސީރިއާ ސަރުކާރާ ދެކޮޅަށް ފެށި ދާޚިލީ ހަނގުރާމައިގައި ވަނީ އިދިކޮޅު 53،000 ހަނގުރާމަވެރިންނާއި ސަރުކާރަށް ވަފާތެރި 110،000 ސިފައިން މަރުވެފަ އެވެ. މީގެ ތެރޭގައި ރައީސް ބައްޝާރުލް އަސަދުގެ 60،000 ސިފައިން ހިމެނެ އެވެ. ހަނގުރާމައިގައި ޖިހާދީ ޖަމާއަތްތަކުން މަރުވި މީހުންގެ އަދަދު ވެސް 55،000 އަށް އަރާ ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.
312،000: ހަނގުރާމަ ފެށި ފަހުން ފަސް އަހަރު ތެރޭ މަރުވި މީހުން
90،000: ހަނގުރާމައިގައި މަރުވި އާއްމުގެ އަދަދު
16،000: ހަނގުރާމައިގައި މަރުވި ކުޑަ ކުދިންގެ އަދަދު
53،000: އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭން މަރުވި މީހުންގެ އަދަދު
110،000: ސަރުކާރަށް ވަފާތެރި ސިފައިންގެ ތެރޭން މަރުވި މީހުން
60،000: ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ސިފައިންގެ ތެރޭން މަރުވި އަދަދު
55،000: ޖިހާދީ ޖަމާއަތްތަކުން މަރުވި މީހުންގެ އަދަދު
ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާ އިން ވަކިވެފައިވާ ކުރީގެ ނުސްރާ ފްރަންޓް (ޖަބްހަތުއް ނުސްރާ) ނުވަތަ މިހާރުގެ ފަތުހުއް ޝާމު ހިމެނެ އެވެ. މި ޖަމާއަތާ ގުޅިގެން ސީރިއާގައި ދިވެހިން ވެސް ދަނީ ހަނގުރާމަ ކުރަމުންނެވެ.
ސީރިއާ ސަރުކާރާ ދެކޮޅަށް ފެށި ހަމަނުޖެހުންތައް ދާޚިލީ ހަނގުރާމައަކަށް ބަދަލުވީ އިދިކޮޅު ފަރާތްތަކަށް ސަރުކާރުން އަނިޔާވެރިވާން ފެށުމުންނެވެ. އެންމެ ފަހުން ހަނގުރާމައިގެ ތެރޭން ބޭރުގެ ހަނގުރާމަވެރިން ވަދެ އެ ގައުމުގެ ބައެއް ސަރަހައްދުތައް ސަރުކާރުގެ ބާރުގެ ދަށުން ހިފި އެވެ. އޭގެ ތެރޭގައި ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތައް ވެސް ހިމެނެ އެވެ. ރަޝިޔާ ސިފައިންގެ ވައިގެ ހަމަލާތަކާ އެކު ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ސީރިއާ ސިފައިން މިހާރު ވަނީ ކުރި ހޯދައިފަ އެވެ.
ހަލަބުގެ ދެބައިކުޅަ އެއްބައި ސަރުކާރުގެ ބާރުގެ ދަށަށް
ސީރިއާ ސިފައިންނަށް ހަމަލާ ދެވުނީ އޮޅުމަކުން: އެމެރިކާ
ހަލަބުގެ ތިންބައިކުޅަ އެއްބައި ސަރުކާރު ސިފައިން ދަށަށް
އައިއެސްއާ ގުޅުން ބޮޑު ބަޔަކަށް އިޒްރޭލުން ބޮންއަޅައިފި
ބޮމުގެ ހަމަލާތަކުގައި ހަލަބުގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް
ހަލަބުގެ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި
ސީރިއާގެ ސްކޫލަކަށް ހަމަލާދީ އެތައް ކުދިންނެއް މަރު
ހަލަބަށް އަނެއްކާވެސް ވަރުގަދަ އަށް ވައިގެ ހަމަލާ ދެނީ
އެމެރިކާގެ ހަމަލާތަކުގައި ސީރިއާއިން އެތައް ބަޔަކު މަރު
އައިއެސްގެ މައުލޫމާތު ފަތުރާ ވަޒީރު މަރާލައިފި