29 ނޮވެމްބަރ 2016
ދިމިޝްގު (ނޮވެމްބަރު 29) - ވަރުގަދަ ވައިގެ ހަމަލާތަކާ އެކު، ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އޭރިއާގެ ތިންބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ސަރަހައްދެއް ސަރުކާރު ސިފައިން ހިފައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.
ދިމިޝްގު (ނޮވެމްބަރު 29) - ވަރުގަދަ ވައިގެ ހަމަލާތަކާ އެކު، ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އޭރިއާގެ ތިންބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ސަރަހައްދެއް ސަރުކާރު ސިފައިން ހިފައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.
އިދިކޮޅު ހަނގުރާމަވެރިންގެ އަމާޒުތަކަށް އެންމެ ވަރުގަދަ ހަމަލާތަކެއްދީފައި ވަނީ އާދިއްތަ ދުވަހު އެވެ. އިދިކޮޅު ސިފައިން ވެސް ބުނެފައި ވަނީ ސަރުކާރު ސިފައިންގެ ވައިގެ ހަމަލާތައް ވަރުގަދަވުމުން ދިފާއު ވަރުގަދަ ކުރެވޭ ވަރަށް ފަހަތަށް ޖެހެމުންދާ ކަމަށެވެ.
ހަލަބުގެ އިރުމަތީގެ ހިސާބުތަކަށް ސަރުކާރު ސިފައިން ހަމަލާދޭތާ ދެ ހަފުތާ ވެއްޖެ އެވެ. ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނެފައި ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުން 12 އަވަށް އަތުލާފައިވާ ކަމަށެވެ. އަދި އިދިކޮޅު ހަނގުރާމަވެރިން ކުރިން ކޮންޓްރޯލް ކުރަމުންދިޔަ ސަރަހައްދުގެ 40 ޕަސެންޓް މިހާރު އޮތީ ސީރިއާ ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.
ހަލަބު ސިޓީގެ ހަނގުރާމަ ވަރުގަދަވުމުން އެ ސިޓީން ގިނަ ބަޔަކު ދަނީ ނުކުންނަމުން. --ފޮޓޯ:އޭއެފްޕީ
ތަޖްރިބާކާރުން ބުނަނީ 2012 ވަނަ އަހަރު އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިޔަ ހަލަބުގެ އިރުމަތީގެ ހިސާބުތައް އެ މީހުންގެ އަތުން ދޫވަމުން ދިޔުމަކީ ހަނގުރާމަވެރިންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަނެއްކޮޅުން އެއީ ސީރިއާގެ ހަ އަހަރުވީ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ލިބޭނެ ބޮޑު ކާމިޔާބީއެކެވެ.
ވައިގެ ހަމަލާތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ހާލުގައި ޖެހެމުންނެވެ. އެ ސިޓީގެ އިރުމަތީގައި ހަރަކާތްތެރިވާ ސިވިލް ޑިފެންސް ޖަމާއަތެއް ކަމަށްވާ ވައިޓް ހެލްމެޓްސް އިން ބުނީ ބޮމުގެ ހަމަލާތަކުގައި ގެދޮރު ހަލާކުވުމުން ގިނަ މީހުން މިހާރު ނިދަމުންދަނީ މަގުމަތީގައި ކަމަށެވެ. އަދި އެ މީހުންގެ އަތުގައި ކާން ބޯނެ އެއްޗެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
ސީރިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ ހަލަބު ސިޓީ ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔަ ނަމަވެސް ރައީސް ބައްޝާރުލް އަސަދާ ދެކޮޅު ހަނގުރާމަ ނުނިމޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އިދކޮޅު އިސް ފަރާތެއް ކަމަށްވާ ޖޯޖް ސަބްރާ ވިދާޅުވީ ހަލަބު ސިޓީ ސަރުކާރު ބާރުގެ ދަށަށް ދިއުމަކީ ސުލްހަ ހޯދަން އިތުރަށް ހުރަސް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ.
އެއް ޒަމާނެއްގައި ސީރިއާގެ ވިޔަފާރީގައި މުހިންމު މަރުކަޒެއްގެ ގޮތުގައި ބެލެވުނު ހަލަބު ވަނީ 2012 ވަނަ އަހަރުން ފެށިގެން ދެ ބައިވެފަ އެވެ. އެ ސިޓީގެ އިރުމަތީގެ ހިސާބުތައް ސަރުކާރާ އިދިކޮޅު މީހުންގެ ބާރުގެ ދަށުގައި އޮތް އިރު ހުޅަނގުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ ސަރުކާރު ސިފައިންނެވެ.
ހަލަބުގެ ދެބައިކުޅަ އެއްބައި ސަރުކާރުގެ ބާރުގެ ދަށަށް
ބޮމުގެ ހަމަލާތަކުގައި ހަލަބުގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް
ސީރިއާ ހަނގުރާމައިގައި 312،000 މީހުން މަރުވެއްޖެ
ހަލަބު ހީވަނީ ކަތިލާ ގެއެއްހެން: މަންޒަރު ދުށް މީހުން
ހަލަބުގެ ކާމިޔާބީއަކީ ބޮޑު ފިޔަވަޅެއް: އަސަދު
ސީރިއާ ސިފައިންނަށް ހަމަލާ ދެވުނީ އޮޅުމަކުން: އެމެރިކާ
އައިއެސްއާ ގުޅުން ބޮޑު ބަޔަކަށް އިޒްރޭލުން ބޮންއަޅައިފި
ހަތް އަހަރުގެ ކުއްޖާގެ ގެއަށް ބޮން އެޅުމުން ވަންނާނެ ތަނެއް ނެތް
ހަލަބުގެ އެންމެ ބޮޑު އަވަށް ސީރިއާ ސިފައިން ހިފައިފި
ހަލަބުގެ ހަމަލާތައް ހުއްޓާލުމަށް ސީރިއާ އިން ދެކޮޅު