21 ނޮވެމްބަރ 2016
ދިމިޝްގު (ނޮވެމްބަރު 21) - ހަލަބު ސިޓީ އަށް މިހާރު ދޭ ވައިގެ ހަމަލާތައް ހުއްޓާލުމަށް އދ. އިން ތައްޔާރު ކުރި ހުށަހެޅުމަށް ސީރިއާ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
ދިމިޝްގު (ނޮވެމްބަރު 21) - ހަލަބު ސިޓީ އަށް މިހާރު ދޭ ވައިގެ ހަމަލާތައް ހުއްޓާލުމަށް އދ. އިން ތައްޔާރު ކުރި ހުށަހެޅުމަށް ސީރިއާ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
އދ.ގެ ޕްލޭނުގައިވާ ގޮތުން ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ހަލަބު ސިޓީން ހަނގުރާމަވެރިން ދޫކޮށް ދިއުމުން އެ ސަރަހައްދުގެ ކޮންޓްރޯލް އޮންނަން ޖެހޭނީ އިދިކޮޅު ފަރާތްތަކުގެ ދަށުގަ އެވެ.
ސީރިއާގެ ޚާރިޖީ ވަޒީރު ވަލީދު އަލް މުއައްލިމް ވަނީ ސީރިއާ އަށް ކަނޑައަޅާފައިވާ އދ.ގެ މަންދޫބު ސްޓެފަން ޑި މިސްތުރާއާ ދިމިޝްގުގައި އިއްޔެ ބައްދަލު ކުރައްވައިފަ އެވެ. އަދި އދ. ގެ ހުށަހެޅުމަކީ ސީރިއާގެ މިނިވަން ކަމަށް އަރައިގަތުމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ދުނިޔޭގެ އެއްވެސް ސަރުކާރަކުން އދ. އިން ހުށަހެޅި ކަހަލަ ހުށަހެޅުމެއް ގަބޫލް ނުކުރާނެ ކަމަށް މުއައްލިމް ވިދާޅުވި އެވެ.
ސީރިއާގެ ހަލަބުގެ އިރުމަތީގެ ސްކޫލަކަށް ދިން ހަމަލާގައި ކްލާސް ރޫމަކަށް ގެއްލުން ލިބިފައި. --ފޮޓޯ: ސަނާ
އަނެއްކޮޅުން ހަލަބުގެ އިރުމަތީގައި ސްކޫލަކަށް ވައިގެ ހަމަލާ ދިނުމުގެ ސަބަބުން އިއްޔެ ވަނީ އަށް ކުއްޖަކު މަރުވެފަ އެވެ. އަދި އެ ސަރަހައްދުގައި ބެރޮލް ބޮމެއް ގޮއްވާލުމުގެ ސަބަބުން އެއް އާއިލާއަކުން ވަނީ ހަ މީހުން މަރުވެފަ އެވެ.
މިސްތުރާ ސީރިއާ އަށް ވަޑައިގެންނެވި އިރު ހަލަބުގެ އިރުމަތީގެ ހާލަތު އޮތީ ވަރަށް ދަށުގަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައި ވަނީ އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ފަރުވާ ދެވެން ވެސް ނެތް ކަމަށެވެ.
ސީރިއާގެ ޚާރިޖީ ވަޒީރު މުއައްލިމްއާ ބައްދަލު ކުރުމަށް އދ.ގެ މަންދޫބު މިސްތުރާ ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
ސީރިއާގެ ހާލަތު ބަލަމުން ގެންދާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައޓްސް އިން ބުނީ ތިން ހަފުތާ އަށް ވައިގެ ހަމަލާތައް ހުއްޓާލުމަށް ފަހު މިދިޔަ އަންގާރަ ދުވަހު ހަމަލާތައް އަލަށް ފެށި ފަހުން މިހާތަނަށް އާއްމުންގެ 103 މީހުން މަރުވެފައިވާ ކަމަށެވެ. ސީރިއާގައި ރެސްކިއު ޚިދުމަތްދޭ ސީރިއާ ސިވިލް ޑިފެންސް ނުވަތަ ވައިޓް ހެލްމެޓްސް އިން ބުނެފައި ވަނީ ހޮނިހިރު ދުވަހު އެކަނި ވެސް ހަލަބުގެ އިރުމައްޗަށް 180 ވައިގެ ހަމަލާދީފައިވާ ކަމަށެވެ.
ހަލަބު ހީވަނީ ކަތިލާ ގެއެއްހެން: މަންޒަރު ދުށް މީހުން
ހަލަބުގެ ކާމިޔާބީއަކީ ބޮޑު ފިޔަވަޅެއް: އަސަދު
ހަލަބުގެ ދެބައިކުޅަ އެއްބައި ސަރުކާރުގެ ބާރުގެ ދަށަށް
ހަލަބުގެ ތިންބައިކުޅަ އެއްބައި ސަރުކާރު ސިފައިން ދަށަށް
ހަލަބުގެ އެންމެ ބޮޑު އަވަށް ސީރިއާ ސިފައިން ހިފައިފި
ބޮމުގެ ހަމަލާތަކުގައި ހަލަބުގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް
ތިން ދުވަހަށް ފަހު ހަލަބުގެ ހަމަލާތައް ފަށައިފި
ސުލްހައިގެ ޕްލޭނާ އެކު ސީރިއާ އަށް ބޮމުގެ ވާރޭއެއް
ސީރިއާގެ ސުލްހައިގެ ޕްލޭނަށް އެމެރިކާ، ރަޝިޔާ އެއްބަސް
އީރާންގެ މައްސަލައިގައި އަރަބިންގެ ދައުރެއް ބޭނުން