10 ސެޕްޓެމްބަރ 2016
ޖެނީވާ (ސެޕްޓެމްބަރު 10) - ސީރިއާ އަށް ސުލްހަ ގެނައުމުގެ ޕްލޭނަށް އެމެރިކާ އާ ރަޝިޔާ އިން އެއްބަސްވެއްޖެ އެވެ.
ޖެނީވާ (ސެޕްޓެމްބަރު 10) - ސީރިއާ އަށް ސުލްހަ ގެނައުމުގެ ޕްލޭނަށް އެމެރިކާ އާ ރަޝިޔާ އިން އެއްބަސްވެއްޖެ އެވެ.
މި ޕްލޭނުގެ ދަށުން އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ސީރިއާ ސަރުކާރު ސިފައިން ދޭ ހަމަލާތައް އެއް ހަފުތާ އަށް ހުއްޓާލަން ޖެހެ އެވެ. އޭގެ ފަހުން އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ނުސްރާ ފްރަންޓް ފަދަ ޖަމާއަތްތަކަށް ހަމަލާދީ ބަލި ކުރުމަށް އެމެރިކާ އާއި ރަޝިޔާ ގުޅިގެން އަސްކަރީ އޮޕަރޭޝަނެއް ފަށަން ޖެހެ އެވެ.
ސުލްހައިގެ ޕްލޭނަށް އަމަލު ކުރަން ހަމަޖައްސާފައި ވަނީ މުޅި ދުނިޔޭގައި އެންމެހާ މުސްލިމުން އަޟުހާ އީދު ފާހަގަ ކުރަން ފަށާ ދުވަސް ކަމަށްވާ ހޯމަ ދުވަހުން ފެށިގެންނެވެ. ހަމަލާތައް ހުއްޓުވުމުގައި އެމެރިކާ އާއި ރަޝިޔާ އިން ވެސް އެ ދެ ގައުމަށް ވާގިވެރިވާ ފަރާތްތަކަށް ބާރު އަޅަން ޖެހެ އެވެ. މި ގޮތުން ހަމަލާތައް ހުއްޓާލުމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ރަޝިޔާ އިން ބާރު އަޅާ އިރު ހަމަލާތައް ހުއްޓާލުމަށް ސަރުކާރާ އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރުވަން ޖެހޭނީ އެމެރިކާ އެވެ.
ސީރިއާގެ ސުލްހައިގެ ޕްލޭނާ ބެހޭ ގޮތުން އެއްބަސްވުމަކަށް އައިސްފައި މި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ޖެނީވާގައި ބޭއްވި ދިގު މަޝްވަރާތަކަށް ފަހު އެވެ.
"އެމެރިކާ އާއި ރަޝިޔާ އިން މިއަދު މި އިއުލާން ކުރާ ޕްލޭނުގެ ދަށުން ސީރިއާ ސުލްހަ ގެނެސް އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށް މަގު ފަހިވެގެން ދާނެ،" މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކެރީ ވިދާޅުވި އެވެ.
ސީރިއާގެ ސުލްހައިގެ ޕްލޭނުގެ އެންމެ އުނދަގޫ މަރުހަލާއަކަށް އޮތީ ރައީސް ބައްޝާރު މަގާމުން ދުރުކުރުމެވެ. ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމެރިކާ އިން މަސައްކަތް ކުރަމުންދާއިރު ރަޝިޔާ އަކީ ސީރިއާ ސަރުކާރަށް ވާގިވެރިވާ ގައުމެކެވެ. ނަމަވެސް ކެރީ އާއި ލަވްރޯފް ވެސް މި ފަހަރު ވިދާޅުވެފައި ވަނީ ސީރިއާގެ ފަސް އަހަރުވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މި ފަހަރު ލިބިފައި މި ވަނީ ރަނުގެ ފުރުސަތެއް ކަމަށެވެ.
ޕެންޓަގަނުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަޝިޔާއާ އެކު އެއްވެސް އަސްކަރީ އޮޕަރޭޝަނެއް ކުރިއަށްދާނީ ސުލްހައިގެ ޕްލޭނުގައިވާ ކަންކަމަށް ފުރިހަމަ އަށް އިހުތިރާމް ކުރުމުން ކަމަށެވެ.
ސީރިއާގައި 2011 ވަނަ އަހަރު ފެށި ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 290،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
ސީރިއާ މައްސަލާގައި ރަޝިޔާ އިން ދަނީ ދޮގު ހަދަމުން
ސީރިއާގެ އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނީ ރަޝިޔާ
ސުލްހައިގެ ވާހަކަތަކުގެ އިސް މަންދޫބު ވަކިވެއްޖެ
ރަޝިޔާ، ޗައިނާ، އެމެރިކާގެ ޚާރިޖީ ވަޒީރުން އިންޑިއާ
"ނިއުކްލިއާ ބޭނުންކޮށްފިއްޔާ ވަރުގަދަ ރައްދެއް ދޭނަން"
ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް ގޮވާލައިފި
ތުރުކީގެ ވައިގެ ސަރަހައްދު ރަޝިޔާ އަށް ބަންދު
ބައިޑެންގެ އިންޒާރުން ވެސް މޯދީ ނުގުޑި
އެމެރިކާ-ރަޝިޔާގެ މަޝްވަރާތައް ޖެނުއަރީގައި ފަށަނީ
ލީބިޔާގެ ރިއާސީ އިންތިހާބު ވާނުވާ ނޭނގޭ ހާލަތަކަށް؟