28 ޑިސެމްބަރ 2021
ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، އެމެރިކާ އާއި ރަޝިޔާގެ މަތީ ފެންވަރުގެ ބޭފުޅުންގެ މެދުގައި ބާއްވާ މަޝްވަރާތައް، މިފެށޭ އާ އަހަރުގެ ބަންދަށް ފަހު ފަށާނެ ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، އެމެރިކާ އާއި ރަޝިޔާގެ މަތީ ފެންވަރުގެ ބޭފުޅުންގެ މެދުގައި ބާއްވާ މަޝްވަރާތައް، މިފެށޭ އާ އަހަރުގެ ބަންދަށް ފަހު ފަށާނެ ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވި ގޮތުގައި މި މަޝްވަރާތައް ބާއްވަނީ ރަޝިޔާގެ އެދުމުގެ މަތިންނެވެ. ރަޝިޔާ އިން ބޭނުންވަނީ، އެ ގައުމާ އިންވެގެން އޮންނަ ޔޫކްރޭންގެ ތެރެއަށް ނޭޓޯގެ ހަރަކާތްތައް ފުޅާނުކުރާނެކަން ހުޅަނގުން ކަށަވަރު ކޮށްދިނުމަށެވެ.
މިހާރު ހަމަޖެހިފައި އޮތް ގޮތުން، އެމެރިކާ އާއި ރަޝިޔާގެ މަޝްވަރާތައް ފަށާނީ، އާ އަހަރުގެ ޗުއްޓީ ނިމުމުންނެވެ. ރަޝިޔާގައި އާންމު ގޮތެއްގައި އާ އަހަރުގެ ޗުއްޓީ އޮންނަނީ، ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރަޝިޔާގެ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އެމެރިކާއާ އެކުގައި ރަޝިޔާ އިން މަޝްވަރާގެ މޭޒު ދޮށަށް ދަނީ، ވަކި އިންޒާރުތަކެއް ހިފައިގެންނެއް ނޫނެވެ. ހަމަ އެފަދައިން، ޔޫކްރޭންގެ ތެރެއަށް ނޭޓޯ ފުޅާކުރުން ހުއްޓުވުމަށް ރަޝިޔާ އިން އެދޭ އެދުމާ ބެހޭ ގޮތުން، ނިމުމެއް ނެތް ނުވަތަ ނަތީޖާއެއް ނުނެރެވޭ މަޝްވަރާތަކެއް ކުރަން ވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ ސަލާމަތީ ކަންތައް ކަށަވަރު ކުރުމުގެ ގޮތުން އެ ގައުމުން މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ، 1997 ވަނަ އަހަރުގެ ތެރޭގައި އިރުމަތީ ޔޫރަޕްގައި ނޭޓޯ ސިފައިން ތިބި ހިސާބަށް ނޭޓޯގެ ލަޝްކަރުތައް ފަހަތަށް ޖެއްސުމަށެވެ. އޭގެ އިތުރުން، ޔޫކްރޭނާއި ކުރީގެ ސޮވިއެޓް ޔޫނިއަންގެ ގައުމުތަކަށް ނޭޓޯގެ މެމްބަރުކަން ނުދޭނެކަން، ހުޅަނގުން ކަށަވަރުކޮށްދޭން ވެސް ރަޝިޔާ ބޭނުންވެ އެވެ.
ރަޝިޔާ އިން ހުށަހަޅާފައިވާ އެއްވެސް ކަމަކަށް މި ވަގުތު ވައުދު ވާން، އެމެރިކާ އާއި ވިލާތުގެ ގައުމުތައް ބޭނުމެއް ނޫނެވެ. ނަމަވެސް ރަޝިޔާގެ ހުށަހެޅުންތަކާ މެދު ވާހަކަ ދައްކައި މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ބުނެ އެވެ.
ރަޝިޔާ އިން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އެމެރިކާ އާއި ރަޝިޔާއާ ދެމެދު މުއާހަދާއެއް އެކުލަވައިލުމާއި، ސަލާމަތީ ކަންކަމާ ގުޅޭ އެއްބަސްވުމެއް، ރަޝިޔާ އާއި ނޭޓޯއާ ދެމެދު ގާއިމުކުރުން ވެސް ހިމެނެ އެވެ. ރަޝިޔާ އިން މިފަދަ ހުށަހެޅުންތަކެއް އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް މި ހުށަހެޅީ، ޔޫކްރޭނާއި ރަޝިޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް ރަޝިޔާ ސިފައިންނާއި ބަރު ހަތިޔާރުތައް ޖަމާކުރާ މައްސަލައިގައި، އެމެރިކާ އާއި ހުޅަނގުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި، ރަޝިޔާ ސިފައިން މިހާރު ތިބީ، ރައީސް ލަޑިމިއާ ޕުޓިންގެ އަމުރެއް ލިބުމާ އެކު، ޔޫކްރޭނަށް ހަމަލާ ދިނުމަށް ތައްޔާރުވެގެންނެވެ. ނަމަވެސް ރަޝިޔާ އިން ބުނާ ގޮތުގައި ޔޫކްރޭނާ ދެކޮޅަށް އެފަދަ އުދުވާނީ އަމަލެއް ހިންގުމުގެ ވިސްނުމެއް ރަޝިޔާގައި ނެތެވެ.
އެމެރިކާގެ ހާރިޖިއްޔާގެ އޮފިޝަލަކު ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ޔޫކްރޭންގެ މައްސަލައިގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައިލުމަށްޓަކައި، ރަޝިޔާއާ އެކުގައި އެއްބާރުލާން އެމެރިކާ އޮތީ ތައްޔާރަށެވެ.
ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް ގޮވާލައިފި
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
ދުނިޔޭގެ އަސްކަރީ ހޭދަ ރެކޯޑް މިންވަރަކަށް މައްޗަށް
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޓޭންކަށް ފަހު މިހާރު ބޭނުންވަނީ ޖެޓް ފައިޓަރުތައް
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
އެމެރިކާ އާއި ނޭޓޯއަކީ ވެސް ހަނގުރާމައިގެ ބައިވެރިން
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
ފިންލޭންޑާއި ސްވިޑްންއަށް އެމެރިކާގެ ސެނެޓުން ރުހުންދީފި