01 ޑިސެމްބަރ 2022
ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް، އެމެރިކާ އާއި ނޭޓޯ ވެސް ރަޝިޔާއާ ދެކޮޅަށް ވަދެ، ހަނގުރާމައިގެ ބައިވެރިންނަށް ވެއްޖެ ކަމަށް ރަޝިޔާ އިން މިއަދު ބުނެފި އެވެ.
ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް، އެމެރިކާ އާއި ނޭޓޯ ވެސް ރަޝިޔާއާ ދެކޮޅަށް ވަދެ، ހަނގުރާމައިގެ ބައިވެރިންނަށް ވެއްޖެ ކަމަށް ރަޝިޔާ އިން މިއަދު ބުނެފި އެވެ.
ރަޝިޔާގެ ގައުމީ ޓީވީ އަށް ދެއްވި އިންޓަވިއުއެގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވީ، އެމެރިކާ ވަނީ ޔޫކްރޭންގެ ތެރެއިން ރަޝިޔާއާ ދެކޮޅަށް ހަގީގީ ނުރައްކަލެއް އުފައްދާފައި ކަމަށެވެ. އޭނާ ވިދާޅުވީ ޔޫކްރޭންގެ މައްސަލަގަނޑު ހިނގަމުންދާ އިރު ވެސް، ރަޝިޔާ އިން އެމެރިކާއާ އެކުގައި މުއާމަލާތު ކުރުން ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށެވެ.
އެހެން ނަމަވެސް އެންމެ ފަހަރަކު ވެސް، އެމެރިކާގެ ޚާރިޖީ ވަޒީރުގެ ފަރާތުން ބިނާކުރަނިވި ޚިޔާލެއް ލިބިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ލަވްރޯވް ވިދާޅުވީ ރަޝިޔާއާ އިދިކޮޅު އަދި ޗައިނާއާ އިދިކޮޅު ބައިގަނޑުގެ ތެރެއަށް އިންޑިއާ ވެސް ދަމައިގަންނަން ނޭޓޯ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމެރިކާ އާއި ނޭޓޯގެ އަމާޒަކީ، ލަވްރޯވް ވިދާޅުވި ގޮތުގައި، އިރުމަތީގައި އޮތް ޗައިނާ އާއި ރަޝިޔާގެ ނުފޫޒު މުޅިން ނައްތައިލުމެވެ. އަދި ރަޝިޔާ އަށް ނުރައްކާވާ ފަދަ ގޮތަކަށް ޗައިނާއާ ކައިރި ސަރަހައްދުގައި މައްސަލަތައް އުފައްދަން ނޭޓޯ އިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެކުނު ޗައިނާ ކަނޑަކީ ވެސް މީގެ ކުރިން ނޭޓޯގެ ނުފޫޒެއް އާރެއްބާރެއް ނެތް ސަރަހައްދެއް. ނަމަވެސް ޔޫކްރޭނުގައި ހައިޖާނު އުފެއްދި ފަދައިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު ވެސް މިހާރު އެއަންނަނީ ނޭޓޯގެ ނުފޫޒާ ހެދި ގަޑުބަޑުވަމުން،" ރަޝިޔާގެ ޚާރިޖީ ވަޒީރު ލަވްރޯވް ވިދާޅުވި އެވެ.
"ތައިވާނާއި ތައިވާން ކަނޑުއޮޅީގެ ވާހަކަ ބާއްވާ. މިފަދަ ހައިޖާނުތަކާ މެދު ޗައިނާ އިން އަމަލުކުރަނީ ކިހާ ސީރިއަސް ގޮތެއްގައި ކަން އަހަރެމެންނަށް އެނގޭ. ނޭޓޯ އިން އެދަނީ އެ ސަރަހައްދުތަކުގައި އަލިފާނާ ކުޅެމުން. އެކަމުގެ ނުރައްކާތައް ފޯރަނީ ރަޝިޔާ އަށް. އެ ހައިޖާނުތައް އުފައްދަނީ ޗައިނާއާ ކައިރީގައި ކަމަށްވާ ފަދައިން، އެއީ އަހަރެމެންގެ ގޮނޑުދޮށާއި އަހަރެމެންގެ ކަނޑުތަކާ ކައިރީގައި ހިންގާ ހައިޖާނުތަކެއް."
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އިން ޗައިނާއާ އެކުގައި އަސްކަރީ ގުޅުން ބަދަހިކޮށް، އަސްކަރީ ފަރިތަކުރުންތައް ބާއްވަނީ، ނޭޓޯ އިން ހިންގާ އެފަދަ އަމަލުތަކުގެ ސަބަބުންނެވެ.
"އެމެރިކާގެ ޒައާމަތުގެ ދަށުން ވިލާތުގެ ގައުމުތަކުގެ ނިވާފަތްގަނޑުގައި ނޭޓޯގެ މެންބަރު ގައުމުތަކުން މަސައްކަތް ކުރަމުން އެދަނީ، އެ ސަރަހައްދު ގޮވާ ފަދަ ހާލަތެއް އުފަންކުރުވަން. މިއީ އެންމެންނަށް ވެސް އެނގޭ ކަމެއް."
ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް ގޮވާލައިފި
ނޭޓޯ އިން ދަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން
ރަޝިޔާ އާއި ޔޫކްރޭންގެ ޚާރިޖީ ވަޒީރުން ބައްދަލުކޮށްފި
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
ނޭޓޯ ހަނގުރާމައަށް ވަންނަނީތޯ ސުވާލު އުފެދޭ: ރަޝިޔާ
ޕުޓިންގެ ނިއުކްލިއާ ވާހަކަތައް ނޭޓޯއިން ކުށްވެރިކޮށްފި
ޔޫކްރޭން ހަނގުރާމަ: ރަޝިޔާއާ ހުޅަނގުގެ ވާދަވެރިކަމެއް
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން