ކައުންސިލަރުންގެ އުމުރު ދަންމައިލުމަށް ގާނުނުއަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ލަފާ ދިނުމުން އެ ލަފަޔާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.
29 މެއި 2020
ކައުންސިލަރުންގެ އުމުރު ދަންމައިލުމަށް ގާނުނުއަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ލަފާ ދިނުމުން އެ ލަފަޔާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ލަފަޔަކަށް މަޖިލީހުން އެދުނީ ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރުގެ މުއްދަތު ކަނޑައަޅާފައިވާ މާއްްދާ އެކަނި ބަދަލުކޮށްފި ނަމަ ގާނޫނު އަސާސީގެ 231 ވަނަ މާއްދާއާ އަރައިރުންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާތީ އެވެ. އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެވެ.
ސުޕްރީމް ކޯޓުން ދިން ލަފާގައި ބުނެފައިވަނީ ކައުންސިލަރުންގެ ދައުރު ދަންމަން ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ. މިގޮތުން ގެންނަ އިސްލާހުގައި، މިހާރު ތިބި ކައުންސިލަތުންގެ މަގާމު، އިންތިހާބު ފަސްވިޔަސް ދެމި އޮންނާނެކަން ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ލަފާގައިވެ އެވެ.
އެކަމަކު އެ ލަފާގައިވާ ގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލު އޮތްގޮތަށް ފާސް ކުރިޔަސް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެނެއް ނުދާނެ އެވެ. ސަބަބެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ބުނީ، ކައުންސިލްތަކުގެ ދައުރު ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގައި ކަމަށް ވެފައި، ސަރުކާރުން ހުށަހެޅި ބިލުގައި އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އެހެން މާއްދާއަކަށް ކަމަށް ވުމެވެ. އެހެންވެ، އެކަމަށް ހައްލެއް ގެނެވޭނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނެސްގެން ކަމަށް އެ ލަފާގައިވެ އެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކައުންސިލަރުންގެ އުމުރު ދަންމައިލުމާ މެދު މަޖިލީހުގައި ޚިޔާލުތަފާތުވުން ބޮޑަސް، ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަނީ އެކަން އެގޮތަށް ކުރަން ތްރީލައިން ވިޕެއް ނެރެފަ އެވެ. ގާނޫނު އަސާސީއަށް އެ ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހެޅުއްވި ބިލް ބަލައިގަންނަން ނެގި ވޯޓުގައި އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕާ ހިލާފުވެވަޑައިގަތެވެ.
ސުޕްރީމްކޯޓުގެ ލަފައާ އެއްގޮތަށް އިސްލާހު ހުށަހަޅައިފި
އެމްޑީޕީގެ ކެންޑިޑޭޓަކު ވޯޓަކާ ނުލައި ހޮވިއްޖެ
ޕީޕީއެމް މީހެއްގެ ކެންޑިޑެސީ ސުޕްރީމްކޯޓުން ބާތިލްކޮށްފި
ގޮނޑި ޚާއްސަކުރި މައްސަލާގައި ސުޕްރީމް ކޯޓަށް ނުދާނެ
ޕީޕީއެމް މީހެއްގެ ކެންޑިޑެސީ ބަލައިގަންނަން އަމުރުކޮށްފި
ޕީޕީއެމް މީހެއްގެ ކެންޑިޑެސީ ބާތިލްކުރި މައްސަލަ ފަށަނީ
އިމަޖެންސީ އޮތަސް، އިންތިޚާބު ބޭއްވޭ ބިލް ތަސްދީގު
ވަގުތީ ކައުންސިލްގެ ބާރު ހަނިކުރާ ބިލް ތަސްދީގުކޮށްފި
ކައުންސިލަރުންގެ ބާރުތަކެއް ހަނިކޮށް، ގާނޫނީ ހައްލެއް
ގާނޫނުއަސާސީ އިސްލާހުކުރުން މިރޭ ދަންވަރު 1:30 ގައި