Roadha Mihaaru
ޕީޕީއެމް މީހެއްގެ ކެންޑިޑެސީ ބާތިލްކުރި މައްސަލަ ފަށަނީ

ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކުރުމުން އެމްޑީޕީއަށް ގޮނޑި ލިބުނު މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ

12 ފެބުރުއަރީ 2021

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރުމުން އެމްޑީޕީ އަށް އެ ދާއިރާގެ ގޮނޑި ކާމިޔާބުވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރުމުން އެމްޑީޕީ އަށް އެ ދާއިރާގެ ގޮނޑި ކާމިޔާބުވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ކައުންސިލް އިންތިޚާބުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ބާތިލްކުރީ ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާ ކަމަށް ބުނެ އެވެ. އޭނާގެ ކެންޑިޑެސީ ބާތިލް ކުރުމުން އެމްޑީޕީގެ ކެންޑިޑޭޓަށް އިންތިޚާބަކާ ނުލައި ވަނީ އެ ގޮނޑި ކާމިޔާބުވެފަ އެވެ.

އެ މައްސަލަ ހަސަން މޫސާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށަން ވަނީ ހަމަޖައްސައިފަ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.