19 މެއި 2020
އިންސާނާގެ ފިޠުރަތަކީ ކައުނުގެ ތަބީއަތާ ހުރިހާ ގޮތަކުން ވެސް ގުޅޭ ކަމެކެވެ. ފިޠުރަތޭ ބުނާ ބަހުގެ މުރާދަކީ ކައުނުގައިވާ ހަގީގަތްތައް ގަބޫލު ކުރުމާއި ހެޔޮކަމާއި ނުބައިކަން އިހުސާސްވުމަށް އިންސާނާގެ ޠަބީޢަތުން ޖާގަ ލިބިފައި ވުމެވެ. މި ފިޠުރަތުގެ މަތީގައި ދެމިހުންނަ އިންސާނާ އަށް ކައުނުގެ ތަބީއަތާ ފުށުއެރުމެއް ނެތި އަމާންކަމާ އެކު އުޅެވޭނެ އެވެ. ސަބަބަކީ މި ފިޠުރަތު ނިޔާ ކުރަނީ ކައުނުގައިވާ ހަގީގަތްތަކާ ގުޅޭ ބޭނުންތަކެއް ފުއްދުމުގެ މައްޗަށް ކަމަށް ވާތީ އެވެ. މި ބޭނުންތަކުގެ ތެރޭގައި މާއްދީ ބޭނުންތަކެއްވެ އެވެ. މި ބޭނުންތައް ފުއްދުމުގެ ފުރުސަތު މާއްދީ ޢާލަމުން ލިބިގެންދާނެ އެވެ. މީގެ އިތުރުން މި ފިޠުރަތުގައި ރޫޙާނީ ބޭނުންތަކެއް ވެސް ވެ އެވެ. މި ބޭނުންތައް ފުއްދޭނީ ރޫޙާނީ ޣިޒާ އަކުންނެވެ. މީގެ އެންމެ މުހިންމު އުންސުރަކީ ކައުނުގެ ވެރި، އެއްކައުވަންތަ ﷲ އަށް އީމާންވުމެވެ. އެއަށްފަހު އެއާ ގުޅުންހުރި އެހެން ކަންކަމެވެ. މިކަންކަން ފުއްދަން އިންސާނާގެ ފިޠުރަތު ގޮވާލަ އެވެ. މި ނިދާ އަށް ހައްގު ގޮތުގައި އިޖާބަ ދެވުމަކީ އިންސާނާގެ ނަފްސަށް ހަމަޖެހުން ލިބޭނެ ކަމެކެވެ.
އިންސާނާގެ ފިޠުރަތަކީ ކައުނުގެ ތަބީއަތާ ހުރިހާ ގޮތަކުން ވެސް ގުޅޭ ކަމެކެވެ. ފިޠުރަތޭ ބުނާ ބަހުގެ މުރާދަކީ ކައުނުގައިވާ ހަގީގަތްތައް ގަބޫލު ކުރުމާއި ހެޔޮކަމާއި ނުބައިކަން އިހުސާސްވުމަށް އިންސާނާގެ ޠަބީޢަތުން ޖާގަ ލިބިފައި ވުމެވެ. މި ފިޠުރަތުގެ މަތީގައި ދެމިހުންނަ އިންސާނާ އަށް ކައުނުގެ ތަބީއަތާ ފުށުއެރުމެއް ނެތި އަމާންކަމާ އެކު އުޅެވޭނެ އެވެ. ސަބަބަކީ މި ފިޠުރަތު ނިޔާ ކުރަނީ ކައުނުގައިވާ ހަގީގަތްތަކާ ގުޅޭ ބޭނުންތަކެއް ފުއްދުމުގެ މައްޗަށް ކަމަށް ވާތީ އެވެ. މި ބޭނުންތަކުގެ ތެރޭގައި މާއްދީ ބޭނުންތަކެއްވެ އެވެ. މި ބޭނުންތައް ފުއްދުމުގެ ފުރުސަތު މާއްދީ ޢާލަމުން ލިބިގެންދާނެ އެވެ. މީގެ އިތުރުން މި ފިޠުރަތުގައި ރޫޙާނީ ބޭނުންތަކެއް ވެސް ވެ އެވެ. މި ބޭނުންތައް ފުއްދޭނީ ރޫޙާނީ ޣިޒާ އަކުންނެވެ. މީގެ އެންމެ މުހިންމު އުންސުރަކީ ކައުނުގެ ވެރި، އެއްކައުވަންތަ ﷲ އަށް އީމާންވުމެވެ. އެއަށްފަހު އެއާ ގުޅުންހުރި އެހެން ކަންކަމެވެ. މިކަންކަން ފުއްދަން އިންސާނާގެ ފިޠުރަތު ގޮވާލަ އެވެ. މި ނިދާ އަށް ހައްގު ގޮތުގައި އިޖާބަ ދެވުމަކީ އިންސާނާގެ ނަފްސަށް ހަމަޖެހުން ލިބޭނެ ކަމެކެވެ.
އިންސާނާގެ ފިޠުރަތުގައިވާ މި ރޫހާނީ ބޭނުން ފުއްދުމަށް ކޮންމެ އިންސާނަކުވެސް މަގެއް ޚިޔާރު ކުރެއެވެ. މިގޮތުން ކޮންމެވެސް ޢަޤީދާއެއް ގަބޫލު ކުރެ އެވެ. ކޮންމެ ޢަޤީދާއެއް އިޚްތިޔާރު ކުރިއަސް ފިޠުރަތުގެ ބޭނުން ފުއްދުމަށް ކޮންމެވެސް މިންވަރެއްގެ އެހީއެއް ލިބޭނެ އެވެ. އެހެންނަމަވެސް ހައްގު ޢަޤީދާ އަށް ވާސިލުވެވެންދެން ފުރިހަމަ ހަމަޖެހުމެއް ނަފްސަކަށް ނުލިބޭނެ އެވެ. ކަނދުރާގެ މައިނާރަށް ވުރެ ވެސް އިންސާނާ އާ ކުއްތަންވެ ވޮޑިގަތުން ގާތް ﷲ، ދެނެނުގަނެ ހަގީގީ ބާއްޖަވެރި އަކަށް ނުވެވޭނެ އެވެ. ﷲ ގެ ވަހީބަސްފުޅުގެ މާނައިގައި ވެ އެވެ. “އަދި ﷲ ހަނދުމަ ނައްތާލި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ އެކަލާނގެ އެއުރެންގެ އަމިއްލަ ނަފްސުތައް ހަނދުމަނެތި ކޮށްލެއްވި އެވެ.” (އަލްޙަޝްރު 19).
ﷲ ގެ ވަހީބަސްފުޅުގެ މާނައިގައި ވެ އެވެ. “އަދި ﷲ ހަނދުމަ ނައްތާލި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ އެކަލާނގެ އެއުރެންގެ އަމިއްލަ ނަފްސުތައް ހަނދުމަނެތި ކޮށްލެއްވި އެވެ.” (އަލްޙަޝްރު 19).
ބޮޑާކަމާއި ކިބުރުވެރިކަމާއި ޝަހުވަތްތަކާއި ލައްޒަތު ތަކުގައި ޣަރަގު ވެއްޖެ ކޮންމެ މީހަކީ އެމީހެއްގެ އަމިއްލަ ނަފްސު އެމީހަކަށް ގެއްލިފައިވާނެ މީހެކެވެ. އަދި މިފަދަ މީހަކީ ފިޠުރަތުގެ ނިދާއަށް ހަމައެކަނި އެއްފަޅިން އިޖާބަދޭ މީހެއް ކަމުގައި ނޫނީ ނުވާނެ އެވެ.
މިގޮތުން ފިޠުރަތުގެ މާއްދީ ބަޔަށް ސަމާލުކަން ދިނަސް އޭގެ ރޫހާނީ ބަޔަށް ކާނާއެއް ނުދޭނަމަ ފިޠުރަތުން އެއްބައި އުނިވެދެ އެވެ. އިބްނުލްޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައި ވެ އެވެ. "މާތް ﷲ އަށް ރުޖޫއަވެގެން މެނުވީ އެއްތަން ނުކުރެވޭނެ ބައިބައިވުމެއް އިންސާނާގެ ހިތުގައި ވެ އެވެ. އަދި ﷲ ގެ ހަޒުރަތުން ފޫހިފިލުވުން ހާސިލުކޮށްގެން މެނުވީ ފިލުވައިނުލެވޭނެ އެކަނިވެރިކަމެއް އެހިތުގައި ވެ އެވެ. އަދި ﷲ މައުރިފާކުރުމާއި ތެދުވެރިކަމާ އެކު މި މައުރިފާއާ އެއްގޮތަށް އަމަލުކުރުމުން ލިބޭ އުފަލުން މެނުވީ ދުރު ނުކުރެވޭނެ ހިތާމައެއް އެހިތުގައި ވެ އެވެ. އަދި ﷲ އަށް ރުޖޫއަވެގެން މެނުވީ ހަމަޖެހުމެއް ނުލިބޭނެ ހާސްކަމެއް އެހިތުގައި ވެ އެވެ. އަދި ﷲ ގެ އަމުރުފުޅުތަކާއި ނަހީތަކާއި މިންވަރުފުޅަށް ރުހި އެކަލާނގެއާ ބައްދަލު ވަންދެން އެކަންކަމުގައި ކެތްތެރިވެގެން މެނުވީ ނިވާނުލެވޭނެ ހިތާމައިގެ އަލިފާންގަނޑެއް އެހިތުގައި ވެ އެވެ. އަދި ﷲ ދެކެ ލޯބިވެ އަބަދުވެސް ﷲ ޒިކުރުކޮށް ހައްގުގޮތުގައި އިޚުލާސްތެރިވެގެން މެނުވީ ނައްތާނުލެވޭނެ ފަގީރުކަމެއްވެސް އެހިތުގައި ވެ އެވެ. ދުނިޔޭގައިވާ މާއްދީ ހުރިހާ އެއްޗެއް ގުރުބާން ކުރިއަސް މި ފަގީރުކަން ނައްތައެއް ނުލެވޭނެ އެވެ.”
އިންސާނާގެ ފިތުރަތަށް ބޭނުންވާ ރޫހާނީ ކާނާ އަކީ މިއީ އެވެ. ފިޠުރަތުގެ މިނިދާ އަށް ތަބާވެވޭނީ ﷲ އަށް އީމާންވާ މީހުންނަށެވެ. ސަބަބަކީ އެނޫން މީހުންގެ ފިޠުރަތު، ޝުބުހަތްތަކާއި ޝަހުވަތްތަކުގެ ސަބަބުން ހިރަފުސްބުރައި ދަމިލަ ޖަހާތީ އެވެ. ހީއަށް ތަބާވުމާއި ހަވާނަފްސަށް ލެނބުމުގެ ސަބަބުން ނުވަތަ ޖާހިލުގޮތުގައި ކާބަފައިން ކޮޕީ ކުރުމުގެ ސަބަބުން ނުވަތަ ލޯކަނު ގޮތެއްގައި ވެރިންނާއި ބޮޑުންނަށް ކިޔަމަންވުމުގެ ސަބަބުން ކިލަނބުވާތީ އެވެ. ނުވަތަ ތިމާއަކީ ﷲ އާ ނުލައި އުޅެވޭނެ މީހެއް ކަމަށް ދެކި ބޮޑާވުމާއި ކިބުރުވެރި ވުމުގެ ބަލި ޖެހުމުން ފިޠުރަތު ހަލާކުވާތީ އެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ހަގީގަތަކީ މިހުރިހާ ކަމަކީވެސް އިންސާނާގެ ފިޠުރަތުގެ އަޞްލު ނޫން ކަމެވެ. އެއަށް ބަދަލެއް ނާންނާނެ އިލާހީ ފިޠުރަތު އަބަދުވެސް އިންސާނާއާ އެކުގައި ވާނެ ކަމެވެ. މިކަމުގެ އެންމެ އަލިގަދަ ހެއްކަކީ ދިރިއުޅުމުގެ ހަޔާތުގައި ހިތާމަވެރި ހާދިސާއެއް ނުވަތަ މުސީބާތެއް ދިމާވެއްޖެ ނަމަ އަސްލު ފިޠުރަތު ފާޅުވާން ފެށުމެވެ. ދިރިއުޅުމުގެ ތަޖުރިބާތަކުން މިކަން ދަނީ ފެންނަމުންނެވެ. އަދި ކީރިތި ގުރުއާނުގައި މިހަގީގަތް ތަކުރާރުކޮށް ބަޔާން ކުރައްވާފައި ވެއެވެ. (ޔޫނުސް 22، އައްރަޙްމާން 65، ލުޤްމާން 32).
އައްޒުމަރު ސޫރަތުގެ 29 ވަނަ އާޔަތުގައި މުޝްރިކަކާއި މުއުމިނެއްގެ މިސާލު ﷲ ޖައްސަވާފައި ވަނީ އެތައް ސާހިބަކަށް މިލްކުވެގެންވާ އަޅަކާއި އެންމެ ސާހިބަކަށް މިލްކުވެގެންވާ އަޅެއްގެ މިސާލުންނެވެ. މިގޮތުން އެތައް ސާހިބެއް ވާނަމަ އެހުރިހާ ފަރާތްތައް ރުއްސުމުގައި އެ އަޅު ހުންނަން ޖެހޭނީ ހާސްކަން މަތީގަ އެވެ. އެކަމަކު އެންމެ ސާހިބެއް ނަމަ މި ހާސްކަން ނުލިބޭނެ އެވެ.
މިގޮތުން މި ފިޠުރަތުގެ ދަށުން އިންސާނާ އަބަދުވެސް ކަލަކަށް ތަބާވަމުން ދެ އެވެ. ތާރީޚު އިލްމުވެރިޔަކު ބުނެފައިވެ އެވެ. “ގަނޑުވަރުތަކާއި ކިއްލާތަކާއި ފެކްޓްރީތައް ނުހުންނަ ބައިވަރު ރަށްތައް ހުރެ އެވެ. އެކަމަކު އަޅުކަން ކުރާ ތަނެއް ނުހުންނަ ހަމަ އެއްވެސް ރަށެއް ތާރީޚުން ފެންނަން ނެތެވެ.” މިއީ އިންސާނާގެ ފިޠުރަތު ކަމަށްވާއިރު ކަލަކަށް އީމާން ނުވުމަކީ ހަމަޔަގީނުން ވެސް ފިޠުރަތުގެ އެއްބައި އުނިވުމެވެ. އެހެންކަމަށްވާނަމަ ފިތުރީ ގޮތުން މިފަދަ އިންސާނާ ހުންނާނީ ނުތަނަވަސް ކަމެއްގަ އެވެ. މި ނުތަނަވަސްކަމުން ސަލާމަތްވުމަށްޓަކައި އިންސާނުން ކަލަކަށް ތަބާވެ އެވެ. ނަމަވެސް ގިނަ މީހުންގެ މައްސަލައަކަށް ވަނީ މިކަމުގައި ހައްގަށް ވާސިލު ނުވެވުމެވެ. އެއްކައުވަންތަ ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ކުރުމެވެ. ނުވަތަ ﷲ އާ އެކު އެހެން ފަރާތްތައް ޝަރީކު ކުރުމެވެ. މި ސަބަބަށްޓަކައި އެންމެހާ ނަބީންނާއި ރަސޫލުންގެ ގޮވާލެއްވުމަކަށްވީ “ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އެކަލާނގެފިޔަވައި ތިޔަބައިމީހުންނަކަށް އެހެން އިލާހެއް ނުވެ އެވެ.” މިނިދާ އެވެ.
ކަލަކު ވާކަން ގަބޫލު ނުކުރާ މުލްހިދުންނަކީ ވެސް ނުވަތަ ޝައްކުގެ މަތީ ތިބޭ މީހުންނަކީ ވެސް ހަގީގަތުގައި މި ފިޠުރަތުން ބޭރުގައި އުޅޭ ބައެއް ނޫނެވެ. އެމީހުން ހިތުން ކަލާނގެއަކަށް އަޅުވެތިވުމުން އެ މީހުން ތިބެނީ މިންޖުވެގެންނެވެ. އެކަމަކު ހަގީގަތުގައި އެމީހުންނަކީ ވެސް ކަލާނގެއެކޭ ނުކިޔަސް މާއްދިއްޔަތުގެ އެތައް ކަލަކަށް އަޅުވެތިވާ ބައެކެވެ.
އައްޒުމަރު ސޫރަތުގެ 29 ވަނަ އާޔަތުގައި މުޝްރިކަކާއި މުއުމިނެއްގެ މިސާލު ﷲ ޖައްސަވާފައި ވަނީ އެތައް ސާހިބަކަށް މިލްކުވެގެންވާ އަޅަކާއި އެންމެ ސާހިބަކަށް މިލްކުވެގެންވާ އަޅެއްގެ މިސާލުންނެވެ. މިގޮތުން އެތައް ސާހިބެއް ވާނަމަ އެހުރިހާ ފަރާތްތައް ރުއްސުމުގައި އެ އަޅު ހުންނަން ޖެހޭނީ ހާސްކަން މަތީގަ އެވެ. އެކަމަކު އެންމެ ސާހިބެއް ނަމަ މި ހާސްކަން ނުލިބޭނެ އެވެ.
ބާޠިލު ކަލާނގެ ތަކަށް ތަބާވާ މީހުންނަކީ ފިޠުރަތުގެ ނިދާ އަށް ފުރިހަމަ ގޮތުގައި އިޖާބަދެވޭ ބައެއް ނޫނެވެ. ވީމާ މިފަދަ ބަޔަކަށް ހަގީގީ ހަމަޖެހުމެއް ނުލިބޭނެ އެވެ. ސަބަބަކީ އެއްކައުވަންތަ ކަލާނގެއަށް އީމާންވާ މީހާއާ ޚިލާފަށް މިފަދަ މީހުން އެތައް ކަލާނގެއެއް ރުއްސަން ޖެހިދެ އެވެ. އައްޒުމަރު ސޫރަތުގެ 29 ވަނަ އާޔަތުގައި މުޝްރިކަކާއި މުއުމިނެއްގެ މިސާލު ﷲ ޖައްސަވާފައި ވަނީ އެތައް ސާހިބަކަށް މިލްކުވެގެންވާ އަޅަކާއި އެންމެ ސާހިބަކަށް މިލްކުވެގެންވާ އަޅެއްގެ މިސާލުންނެވެ. މިގޮތުން އެތައް ސާހިބެއް ވާނަމަ އެހުރިހާ ފަރާތްތައް ރުއްސުމުގައި އެ އަޅު ހުންނަން ޖެހޭނީ ހާސްކަން މަތީގަ އެވެ. އެކަމަކު އެންމެ ސާހިބެއް ނަމަ މި ހާސްކަން ނުލިބޭނެ އެވެ.
ވީމާ އެއްކައުވަންތަ އަގީދާގެ ވެރި މުއުމިނަކީ އެހެން އަގީދާތަކުގެ މީހުންނާ ހަމަޔަގީނުން ވެސް ތަފާތުވާނެ މީހެކެވެ. ސަބަބަކީ ބާތިލު އެންމެހާ ކަލާނގެތަކަށް އިންކާރު ކުރާތީ އެވެ. އަދި އޭގެ ބަދަލުގައި ރައްބެއްގެ ގޮތުންނާއި އިލާހެއްގެ ގޮތުން ހަމައެކަނި މާތް ﷲ ބަލައިގަންނާތީ އެވެ. މިފަދަ މީހާ ވަކީލު ކުރާނީ ހަމައެކަނި އެކަލާނގެ އަށެވެ. ވާގި އެދޭނީ ހަމައެކަނި އެކަލާނގެ ޙަޟްރަތުންނެވެ. ހުކުމް ކުރާނީ ހަމައެކަނި އެކަލާނގެ ހުކުމްފުޅުންނެވެ. މިގޮތުން ތަފާތު ފަރާތްތައް ރުއްސަން ނުވަތަ ތަފާތު ފަރާތްތަކުން ވާގި އެދެން ނުވަތަ ތަފާތު ފަރާތްތަކުގެ ހުކުމަށް ތާބާވާން އުޅޭކަށް ނުޖެހޭނެ އެވެ. ނަތީޖާ އަކީ ހަމަޖެހުމާއި އަމާންކަމާއި ހިދާޔަތާއި ހަމަހިމޭންކަން މިފަދަ މީހާ އަށް ލިބުމެވެ. ފިޠުރަތުގެ ނިދާ އަށް އޭގެ މާއްދީ ބަޔާއި ރޫހާނީ ބައި ފުރިހަމަކޮށް އިޖާބަދެވުމެވެ. އަދި ނަފްސަށާއި ހިތަށް ހަމަޖެހުން ލިބުމެވެ.
ރޯދައިގެ އެންމެ އަގުހުރި ޣަނީމާ: ތަޤުވާ އާއި ތަޒުކިޔާ
ސީދާމަގު އެނގި، ޝައްކުތައް ފިލުމުން ހަމަޖެހުން ލިބޭ
ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ދެވަނަ ބައި)
ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ފުރަތަމަ ބައި)
ޚިޟްރުގެފާނު، ފާރެއް ތެދުކުރެއްވި ހާދިސާގެ ފިލާވަޅުތައް
ސުލޫކު ދެމެހެއްޓޭނީ ނަފްސު ހާނުވައިގެން
ޚިޟްރުގެފާނު، ކުއްޖަކު ގަތުލުކުރެއްވި ހާދިސާގެ ފިލާވަޅު
ސުލޫކު ބަދަލުކުރަން ބޮޑު ދައުރެއް އަދާކުރަނީ ހިތް
ޚިޟްރުގެފާނު ނަވެއް ފޫދުއްވާލި ހާދިސާއިން ލިބޭ ފިލާވަޅު
މުސީބާތުގެ ހާލަތުގައިވެސް ރޯދަމަހުގެ ހެޔޮކަން ލިބިގަތުން