01 ޖޫން 2016
ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ފައިސާ ނުވަތަ ޔޫޒަބްލް ރިޒާވް މިދިޔަ މާޗް މަހާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ފައިސާ ނުވަތަ ޔޫޒަބްލް ރިޒާވް މިދިޔަ މާޗް މަހާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން އިއްޔެ ނެރުނު އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ ޔޫޒަބްލް ރިޒާވްގެ ގޮތުގައި މިދިޔަ އޭޕްރިލް މަސް ނިމުނުއިރު ހުރީ 230.8 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެއީ މިދިޔަ މާޗް މަހާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާއިރު މިއީ 13 ޕަސެންޓުގެ އިތުރުވުމެކެވެ.
ޔޫޒަބްލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ އަދަދެވެ. ޔޫޒަބްލް ރިޒާވުން ދައްކައިދެނީ ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުރި ފައިސާގެ އަދަދެވެ.
އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ މިދިޔަ އޭޕްރިލް މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 707.2 މިލިއަން ޑޮލަރު ކަމަށެވެ. އެ އަދަދު މިދިޔަ މާޗް މަހާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރުވިއިރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ރިވިއުގައި ބުނެފައިވެ އެވެ.
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
ޔޫޒަބަލް ރިޒާވްގައި 114 މިލިއަން ޑޮލަރު
ރިޒާވް ބޮޑު ތަނުން ދަށަށް ހިނގައްޖެ!
ރިޒާވު ދަށްވީ ކަރެންސީ ސްވޮޕަށް ފައިސާ ދެއްކުމުން
ރަސްމީ ރިޒާވް 788.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ދަރުމަވަންތައިގެ ޕޭމަންޓާއެކު ރިޒާވް ދަަށަށް!
އަހަރު ނިމުނުއިރު ރިޒާވް އެއްވަރެއްގައި ހިފެހެއްޓިފައި
ރަސްމީ ރިޒާވުން 10 މިލިއަން ޑޮލަރު މަދުވި
ރިޒާވް 10 ޕަސެންޓް ދަށަށް ހިނގައްޖެ