28 ޖޫން 2018
ދައުލަތުގެ ރަސްމީ ރިޒާވަށް މަހުން މަހަށް ބަލާއިރު 59 ޕަސެންޓްގެ ކުރިއެރުމެއް ލިބި، 788.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެ އެވެ.
ދައުލަތުގެ ރަސްމީ ރިޒާވަށް މަހުން މަހަށް ބަލާއިރު 59 ޕަސެންޓްގެ ކުރިއެރުމެއް ލިބި، 788.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ)ން މިއަދު އާއްމުކުރި ތަފާސްހިސާބު ދައްކާ ގޮތުން އޭޕްރިލް މަސް ނިމުނުއިރު ރަސްމީ ރިޒާވް 788.8 މިލިއަން ޑޮލަރަށް އިތުރުވިއިރު، އެއީ މަހުން މަހަށް ބަލާއިރު 59 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އެއީ އަހަރުން އަހަރަށް ބަލާއިރު ނުވަ ޕަސެންޓްގެ އިތުރުވުމެކެވެ.
އެމްއެމްއޭ އިން ރިޒާވާ ބެހޭ މައުލޫމާތު އެންމެ ފަހުން އާއްމުކޮށްފައި ވަނީ ފެބްރުއަރީ މަހު އެވެ. އޭރު އާއްމުކުރި ޖެނުއަރީ މަހުގެ ހިސާބު ދައްކާ ގޮތުން ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 625.9 މިލިއަން ޑޮލަރެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 31 ޕަސެންޓް އިތުރު އަދަދެއް ނަމަވެސް މަހުން މަހަށް ބަލާއިރު މިއީ ހަތް ޕަސެންޓްގެ އިތުރުވުމެކެވެ.
ފެބްރުއަރީ މަހު އާއްމުކުރި ތަފާސްހިސާބު ދައްކާ ގޮތުން، ބޭނުންކުރަން ހުންނަ ރިޒާވް ޖެނުއަރީ މަހު ހުރީ 205.6 މިލިއަން ޑޮލަރުގަ އެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު ދެ ޕަސެންޓްގެ ކުރިއެރުމެއް ނަމަވެސް މަހުން މަހަށް ބަލާއިރު ފާހަގަކުރެވޭ ބަދަލެއް ނާންނަ ކަމަށް އެމްއެމްއޭގެ ރިވިއުގައި ބުނެފައިވެ އެވެ. ނަމަވެސް މިއަދު އާއްމުކުރި ތަފާސްހިސާބުގައި، ބޭނުންކުރަން ހުންނަ ރިޒާވްގެ މައުލޫމާތު އާއްމުކޮށްފައެއްނުވެ އެވެ.
ބޭނުންކުރެވޭ ރިޒާވުން ދައްކައިދެނީ ޑޮލަރުން ކުރަން ޖެހޭ މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ފައިސާގެ އަދަދެވެ.
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
ޔޫޒަބަލް ރިޒާވްގައި 114 މިލިއަން ޑޮލަރު
ރިޒާވް ބޮޑު ތަނުން ދަށަށް ހިނގައްޖެ!
ރިޒާވު ދަށްވީ ކަރެންސީ ސްވޮޕަށް ފައިސާ ދެއްކުމުން
ދަރުމަވަންތައިގެ ޕޭމަންޓާއެކު ރިޒާވް ދަަށަށް!
އަހަރު ނިމުނުއިރު ރިޒާވް އެއްވަރެއްގައި ހިފެހެއްޓިފައި
ރަސްމީ ރިޒާވުން 10 މިލިއަން ޑޮލަރު މަދުވި
ރިޒާވް 10 ޕަސެންޓް ދަށަށް ހިނގައްޖެ
ޔޫޒަބްލް ރިޒާވް ފަސް ޕަސެންޓް ދަށަށް ހިނގައްޖެ