04 ޖުލައި 2016
ބޭރު ފައިސާގެ މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ޔޫއެސް ޑޮލަރުގެ ރިޒާވް މިދިޔަ މެއި މަހާ އަޅާބަލާއިރު 10 ޕަސެންޓް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ބޭރު ފައިސާގެ މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ޔޫއެސް ޑޮލަރުގެ ރިޒާވް މިދިޔަ މެއި މަހާ އަޅާބަލާއިރު 10 ޕަސެންޓް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން މަހަކު އެއްފަހަރު ނެރޭ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ މިދިޔަ މެއި މަސް ނިމުނުއިރު ހުރީ 208.4 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު ނުވަ ޕަސެންޓް ދަށް އަދަދެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހާ އަޅާބަލާއިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވްގެ ގޮތުގައި ހުރީ 624 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 11 ޕަސެންޓް ދަށް އަދަދެކެވެ. އަދި އެއީ ފާއިތުވި އެޕްރިލް މަހާ އަޅާބަލާއިރު 12 ޕަސެންޓް ދަށް އަދަދެއް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ބޭރު ފައިސާގެ ރިޒާވް މިހާ ބޮޑަށް ދަށަށް ދިޔަ ސަބަބެއް އެމްއެމްއޭ އިން ހާމަކޮށްފައިނުވި ނަމަވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ބޭރު ފައިސާ ލިބޭ ޓޫރިޒަމް ދާއިރާގެ އާމްދަނީ މިދިޔަ މަހު ވަނީ އިތުރުވެފަ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 361.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 56.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
ޔޫޒަބަލް ރިޒާވްގައި 114 މިލިއަން ޑޮލަރު
ރިޒާވް ބޮޑު ތަނުން ދަށަށް ހިނގައްޖެ!
ރިޒާވު ދަށްވީ ކަރެންސީ ސްވޮޕަށް ފައިސާ ދެއްކުމުން
ރަސްމީ ރިޒާވް 788.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ދަރުމަވަންތައިގެ ޕޭމަންޓާއެކު ރިޒާވް ދަަށަށް!
އަހަރު ނިމުނުއިރު ރިޒާވް އެއްވަރެއްގައި ހިފެހެއްޓިފައި
ރަސްމީ ރިޒާވުން 10 މިލިއަން ޑޮލަރު މަދުވި
ޔޫޒަބްލް ރިޒާވް ފަސް ޕަސެންޓް ދަށަށް ހިނގައްޖެ