01 ސެޕްޓެމްބަރ 2016
މިދިޔަ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ރާއްޖޭގެ ރަސްމީ ރިޒާވުން 10.8 މިލިއަން ޑޮލަރު މަދުވެ، ޖުމްލަ ރިޒާވްގެ އަދަދު 611.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ އެވެ.
މިދިޔަ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ރާއްޖޭގެ ރަސްމީ ރިޒާވުން 10.8 މިލިއަން ޑޮލަރު މަދުވެ، ޖުމްލަ ރިޒާވްގެ އަދަދު 611.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 622.6 މިލިއަން ޑޮލަރެވެ. އަދި ޖުލައި މަސް ނިމުނުއިރު އެ އަދަދު ވަނީ 611.8 މިލިއަން ޑޮލަރަށް ދަށަށް ގޮސްފަ އެވެ.
މަރުކަޒީ ބޭންކުން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަސް ނިމުނުއިރު ވަގުތުން ބޭނުންކުރަން ހުންނަ ޔޫޒަބްލް ރިޒާވްގެ މިންވަރު ވެސް ވަނީ ޖޫން މަހާ އަޅާބަލާއިރު ތިން ޕަސެންޓް ދަށްވެފަ އެވެ. އަދި އަހަރުން އަހަރަށް ބަލާއިރު ފަސް ޕަސެންޓް ދަށްވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެމްއެމްއޭ އިން މަހަކު އެއްފަހަރު ނެރޭ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ މިދިޔަ ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ޔޫޒަބްލް ރިޒާވްގެ ގޮތުގައި ހުރީ 207.9 މިލިއަން ޑޮލަރު ކަމަށެވެ. އަދި ޔޫޒަބްލް ރިޒާވް ދަށްވެފައި ވަނީ ބޭރު ފައިސާ ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ބޭންކުތަކަށާއި ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނިތަކަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުމުން ކަމަށް ވެސް އެ ރިވިއުގައި ބުނެފައިވެ އެވެ.
އިގްތިސާދީ ރިވިއުގައިވާ ގޮތުން ޖުލައި މަސް ނިމުނުއިރު ހުރި ރަސްމީ ރިޒާވްގެ މިންވަރުން ފުދެނީ 3.6 މަސް ދުވަހުގެ އިމްޕޯޓަށެވެ.
ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ: ޑޮލަރުގެ ޑިމާންޑް މިދުވަސްވަރު ވަނީ ވަރަށް ބޮޑުވެފައި.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަސް ނިމުނުއިރު ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި 21.2 ބިލިއަން ރުފިޔާގެ ޓީ ބިލާއި ޓީ ބޮންޑް ވިއްކާފައިވެ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ. މަރުކަޒީ ބޭންކުން ބުނީ ސަރުކާރުން ވިއްކާފައިވާ ސެކިއުރިޓީސްގެ ނުދައްކާ ހުރި މިންވަރު އިތުރުވެފައި ވަނީ ޓީބިލްގެ ނުދައްކާ ހުރި މިންވަރު 13 ޕަސެންޓް އަދި ޓީ ބޮންޑްގެ ނުދައްކާ ހުރި މިންވަރު 12 ޕަސެންޓް އިތުރުވުމާ ގުޅިގެން ކަމަށެވެ.
ޓީ ބިލަކީ ކުރު މުއްދަތެއްގެ ތެރޭގައި ވަކި އިންޓަރެސްޓް ރޭޓެއްގައި އަނބުރާ ދައްކާ ގޮތަށް ބޭންކުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ޕެންޝަން ފަންޑަށް ސަރުކާރުން ވިއްކާފައިވާ ދަރަނިތަކެކެވެ. އަދި ޓީ ބޮންޑަކީ ދިގު މުއްދަތެއްގައި ދައްކާ ހަލާސްކުރާ ގޮތަށް ބޭންކުތަކަށާއި ޕެންޝަން ފަންޑަށް ވިއްކާފައިވާ ދަރަނިތަކެކެވެ.
އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ ޓީ ބިލްގެ އަދަދު އެ މުއްދަތުގައި އިތުރުވެފައި ވަނީ ބޭންކުތަކުން ޓީ ބިލް ގަނެފައިވާ މިންވަރު 27 ޕަސެންޓް އިތުރުވުމާ ގުޅިގެން ކަމަށެވެ. އަދި ޓީ ބޮންޑުގެ ނުދައްކާ ހުރި މިންވަރު އިތުރުވެފައި ވަނީ ޕެންޝަން ފަންޑުން ގަނެފައިވާ ޓީ ބިލްތަކެއް 2015 ވަނަ އަހަރުގެ ތެރޭގައި ޓީ ބޮންޑަކަށް ބަދަލުކުރުމާއި އަދި ބޭންކަކުން ޓީ ބޮންޑެއް ދޫކޮށްފައިވާތީ ކަމަށް ވެސް އެ ރިވިއުގައި ބުނެފައިވެ އެވެ.
400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ނަގައިފި
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
ޔޫޒަބަލް ރިޒާވްގައި 114 މިލިއަން ޑޮލަރު
ރިޒާވް ބޮޑު ތަނުން ދަށަށް ހިނގައްޖެ!
ރިޒާވު ދަށްވީ ކަރެންސީ ސްވޮޕަށް ފައިސާ ދެއްކުމުން
ރަސްމީ ރިޒާވް 788.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ދަރުމަވަންތައިގެ ޕޭމަންޓާއެކު ރިޒާވް ދަަށަށް!
އަހަރު ނިމުނުއިރު ރިޒާވް އެއްވަރެއްގައި ހިފެހެއްޓިފައި
ރިޒާވް 10 ޕަސެންޓް ދަށަށް ހިނގައްޖެ
ޔޫޒަބްލް ރިޒާވް ފަސް ޕަސެންޓް ދަށަށް ހިނގައްޖެ