ޖެނީވާ (މެއި 16) - އެފްރިކާގައި 231 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހި 150،000 މީހުން މަރުވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މޮޑެލިން ސްޓަޑީއަކުން ދައްކައިފި އެވެ.
16 މެއި 2020
ޖެނީވާ (މެއި 16) - އެފްރިކާގައި 231 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހި 150،000 މީހުން މަރުވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މޮޑެލިން ސްޓަޑީއަކުން ދައްކައިފި އެވެ.
ޑަބްލިއުއެޗްއޯގެ ދިރާސާ ހެދި ފަރާތްތަކުން ބުނެފައި ވަނީ އެފްރިކާގެ ގިނަ ގައުމުތަކުން ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އެ ބައްރުގެ ގައުމުތަކުގެ ސިއްހީ ނިޒާމުތަކަށް ނުތަކާ ވަރަށް ބަލި މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެފްރިކާގައި މިހާރު ވެސް ބިރުވެރިކަން އިންތިހާ އަށް އޮތް އެޗްއައިވީ އާއި ޓީބީ، މެލޭރިއާ އަދި ރަނގަޅު ކާނާ ނުލިބުމުގެ ބަލިތަކަށް ސަމާލުކަން ނުދެވި އެ ބަލިތަކުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބުނެފައިވެ އެވެ.
އެފްރިކާ އިން މަދު ބަޔަކު ކޮވިޑް-19 ގައި މިހާރު މަރުވި ނަމަވެސް އެ ކޮންޓިނެންޓުގެ އެންމެ ބޮޑެތި ގައުމުތައް ވަނީ އެންމެ ރިސްކް އޮތް ގައުމުތަކުގެ ލިސްޓުގެ ކުރީގަ އެވެ.
އެފްރިކާ އިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 79،0712 މީހުންނެވެ. އެ ކޮންޓިނެންޓުން 2،630 މީހުން މަރުވި އިރު ބަލިން ރަނގަޅުވެފައި ވަނީ 29،212 މީހުންނެވެ. އެފްރިކާ އިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ސައުތު އެފްރިކާ އިން ވަނީ 13،524 މީހުން ޕޮޒިޓިވްވެ 247 މީހުން މަރުވެފަ އެވެ. މިސްރުން ވަނީ 11،228 މީހުން ޕިޮޒިޓިވްވެ 592 މީހުން މަރުވެފަ އެވެ.
އެފްރިކާ އިން ކޮވިޑް ޖެހޭ މީހުން ވަރަށް ބޮޑަށް ދަށަށް
އަމިއްލައަށް ފުރާނަ ގެއްލުވާލުމާ މެދު ކަންބޮޑުވުން
ޑަބްލިޔުއެޗްއޯގެ އިމާރާތަކާއި ގުދަނަށް އިޒްރޭލުގެ ހަމަލާ
ދަރިމައިވާ ރޭޓު ދުވަހަކު ދަށަށް ނުދާ ވަރަށް ދަށަށް
ދުންފަތާ ދެކޮޅަށް ރައީސް ދެއްކެވީ ދުނިޔެއަށް ނަމޫނާއެއް
ރައީސަށް ޑަބްލިއުއެޗްއޯގެ އެވޯޑް އަރުވައިފި
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް އެވޯޑެއް
ޖެނެރޭޝަން ބޭންއަށް ދާން ޑަބްލިއުއެޗްއޯއާ މަޝްވަރާކޮށްފި
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް