Roadha Mihaaru
ހަތަރު ދަންފަޅިއަށް ކިޔަވައިދޭން ޖެހިދާނެ: މިނިސްޓަރު

ބައެއް ސްކޫލުތަކުގައި ހަތަރުު ދަންފަޅިއަށް ކިޔަވައިދޭން ޖެހިދާނެ: މިނިސްޓަރު

12 މެއި 2020

ނިއު ނޯމަލްގައި ސްކޫލުތައް ކުރިއަށް ގެންދިއުމުގެ ޕްލޭން ހަދަމުން އަންނަ ކަމަށާއި ބައެއް ސްކޫލުތަކުގައި ހަތަރު ދަންފަޅި އަށް ވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނިއު ނޯމަލްގައި ސްކޫލުތައް ކުރިއަށް ގެންދިއުމުގެ ޕްލޭން ހަދަމުން އަންނަ ކަމަށާއި ބައެއް ސްކޫލުތަކުގައި ހަތަރު ދަންފަޅި އަށް ވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީގައި، ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލްގައި ކިޔަވައިދޭން ފެށުމުން ސްކޫލުގައި ދަރިވަރުން ހޭދަކުރާ ވަގުތު ކުޑަވާނެ ކަމަށެވެ. ގިނަ ވަގުތު ހޭދަކުރާނީ ޑިސްޓެންސް މޯޑުގައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާލޭގެ ހުރިހާ ސްކޫލެއް ކަހަލަ ގޮތަކަށް ދެ ދަންފަޅި އަށް ހިންގާއިރު، އެ ސްކޫލުތަކުގައި 2،000 އަށް ވުރެ ގިނަ ދަރިވަރުން އެބަ ތިއްބެވެ. ސްކޫލަށް ގެންގޮސް ވެސް ދުރުދުރުގައި މޭޒުތައް ބަހައްޓައިގެން ކިޔަވައި ދެވިދާނެ ކަމަށް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އާއްމު އުސޫލުގެ ދަށުން، ކްލާސް ރޫމެއްގައި ގިނަ ވެގެން ތިބެވޭނީ 32 ދަރިވަރުންނަށެވެ.

މާލޭގައި، މި އަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު ފިޔަވައި އެހެން ހުރިހާ ސްކޫލެއް ހިންގަނީ ދެ ދަންފަޅިއަށެވެ. އޭގެ އިތުރުން ހުޅުމާލޭގައި މިދިޔަ އަހަރު ކިޔަވައިދޭން ފެށި ހުރަވީ ސްކޫލުގައި ވެސް ކިޔަވައިދެމުން އަންނަނީ އެއް ދަންފަޅިއަށެވެ. ރަށްރަށުގެ ގިނަ ސްކޫލުތަކެއްގެ ކިޔެވުން ވެސް ވަނީ އެއް ދަންފަޅިއަށް ބަދަލުކޮށްފަ އެވެ.

"ނިއު ނޯމަލްގައި ކަން ކުރާނެ ގޮތެއް އަޅުގަނޑުމެން މިހާރު މި ދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑުމެންނަށް އެބަ ފެނޭ ބައެއް ސްކޫލުތަކުގައި ހަތަރު ދަންފަޅި އަށް ވެސް ގެންދަން ޖެހޭ ތަން. ސްކޫލުގެ ވަގުތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ. ކުދިން ފޭސްޓު ފޭސްކޮށް މުދައްރިސާ ބައްދަލުކުރާނީ މަދު ވަގުތުކޮޅަކަށް. އަނެއްބައިގައި އަޅުގަނޑުމެން ލެސަން ނަގައިދޭނީ ޑިސްޓެންސް މޯޑުން،" މިނިސްޓަރު ވިދާޅުވި އެވެ.

ތޮއްޖެހުން ކުޑަކުރުމަށްޓަކައި ބެލެނިވެރިން ދަރިވަރުން ބަލާ ދިއުމާއި ސްކޫލަށް ގޮވައިގެން ދިއުމުގެ ވަގުތުތައް ވެސް ބަހާލައިގެން ހަމަޖެއްސުމުގެ ވިސްނުން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިއު ނޯމަލްގައި ކަން ކުރާނެ ގޮތެއް އަޅުގަނޑުމެން މިހާރު މި ދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑުމެންނަށް އެބަ ފެނޭ ބައެއް ސްކޫލުތަކުގައި ހަތަރު ދަންފަޅި އަށް ވެސް ގެންދަން ޖެހޭ ތަން. ސްކޫލުގެ ވަގުތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ. ކުދިން ފޭސްޓު ފޭސްކޮށް މުދައްރިސާ ބައްދަލުކުރާނީ މަދު ވަގުތުކޮޅަކަށް. އަނެއްބައިގައި އަޅުގަނޑުމެން ލެސަން ނަގައިދޭނީ ޑިސްޓެންސް މޯޑުން،" މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގިނަ ޓީޗަރުންނަކީ ދަރިވަރުންނާ ދިމާވެގެން ނޫން ގޮތަކަށް ކިޔަވައިދޭން ތަމްރީނުވެފައި ތިބި ބައެއް ނޫން ކަމަށެވެ. އާ މޯޑަކަށް ކިޔަވައިދޭން އިތުރު ތަމްރީނުތައް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު އެ ތަމްރީނުތަކަށް ވެސް އެކި ދިމާލުން ފައިސާ ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލުން ސްކޫލުތައް ހުޅުވުމުގެ ކުރިން އަތް ދޮވެވޭނެ ވަސީލަތްތައް ގާއިމްކުރަން ވަނީ ފަށައިފަ އެވެ. ސްކޫލްތަކުގެ ގޭޓް ކައިރިން ދަރިވަރުންގެ ހުން ބެލުމުގެ ވިސްނުން ވެސް އެބަހުރި ކަމަށާއި އެކަމަށް ތާމޯ މީޓަރު ބޭނުންވާ ކަމަށް ހެލްތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލުތައް ބަންދުކުރިތާ ދެ މަސް ވެގެންދިޔައިރު އެކަޑެމިކް ކަލަންޑަރަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން އޭ ލެވެލް އިމްތިހާނާއި އޯ ލެވެލް އިމްތިހާނު ފަސްކޮށް ފުރަތަމަ ޓާމުގެ ޓެސްޓް ވެސް ވަނީ ކުރިއަށްގެންދެވޭ ގޮތް ނުވެފަ އެވެ.