09 ޖެނުއަރީ 2019
ޓެކްސްޓް ފޮތްތައް ހަވާލުކުރަން ކުރިން ވެސް ހަމަޖައްސާފައިވަނީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސް، އަންނަ އާދިއްތަ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ޓެކްސްޓް ފޮތްތައް ހަވާލުކުރަން ކުރިން ވެސް ހަމަޖައްސާފައިވަނީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސް، އަންނަ އާދިއްތަ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް ސްކޫލުތަކުގެ ދަރިވަރުންނަށް ޓެކްސްޓް ފޮތްތަކާއި އެކްޓިވިޓީ ޔުނީފޯމް ނުލިބޭތީ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން "މިހާރު" އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓެކްސްޓް ފޮތްތައް ދޫކުރަން ކުރިން ވެސް ހަމަޖައްސާފައިވަނީ ޖެނުއަރީ 13 ގައި ކަމަށާއި އެކަން ބެލެނިވެރިންނަށް ވެސް އަންގާފައިވާނެ ކަމަށެވެ.
"ޖެނުއަރީ 13 އަށް ހުރިހާ ސްކޫލަކަށް ފޮތްތައް ދާނެ. އެއީ ފޮތް ކަލެކްޓްކުރާ ދުވަސް،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު ޑރ. އައިޝަތު އަލީ އެހެން ވިދާޅުވިޔަސް ބައެއް ސްކޫލްތަކުގެ ބައެއް ގްރޭޑްތަކަށް ވަނީ ޓެކްސްޓް ފޮތްތައް ދޫކޮށްފަ އެވެ. "މިހާރު"އާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނީ ރިޕޯޓް ފޯމް ދޫކުރުމާ އެކު އެ މީހުންނަށް ފޮތްތައް ލިބުނު ކަމަށެވެ.
އެހެންކަމުން ޖެނުއަރީ 13 ގައި ޓެކްސްޓް ފޮތްތައް ލިބޭނެ ކަމަށް އަންގާފައި ވަނީ ބައެއް ސްކޫލްތަކުން ކަމަށް ބެލެވެ އެވެ.
މިނިސްޓަރު ވިދާޅުވީ އެކްޓިވިޓީ ޔުނީފޯމް އެ ދުވަހަށް ނުލިބޭތީ ވަކި ދުވަހެއްގެ ފަހުން އެ ޔުނީފޯމް ލާން އަންގާފައިވާނެ ކަމަށެވެ.
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ
ޓީޗަރުންނާއި ވަސީލަތްތައް ވެސް ހަމަ: މިނިސްޓަރު
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
"ސްކޫލަށް ފޮނުވާ، ރައްކާތެރިކަން ޔަގީންކޮށްދޭނަން"
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅުވޭނީ އަންނަ މަހުގެ 14 ގައި