10 ޖެނުއަރީ 2019
އަންނަ އާދިއްތަ ދުވަހު ކިޔެވުން ފެށެން ވާއިރަށް ސްކޫލުތަކަށް ޓީޗަރުންނާއި ވަސީލަތްތައް ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އާދިއްތަ ދުވަހު ކިޔެވުން ފެށެން ވާއިރަށް ސްކޫލުތަކަށް ޓީޗަރުންނާއި ވަސީލަތްތައް ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރާ ގުޅިގެން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 213 ސްކޫލަކަށް ބޭނުންވާ ވަސީލަތްތަކާއި ޓީޗަރުން ހަމަވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ބޭރުގެ ބައެއް ޓީޗަރުން މިހާރު ވަނީ ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށް ވެސް ވިދާޅުވި އެވެ.
އާ އަހަރުގެ ކިޔެވުމަށް ސްކޫލުތައް ތައްޔާރުކަމަށް ވިދާޅުވިއަސް، ބައެއް ސްކޫލްތަކަށް ފޮތްތަކާއި އެކްޓިވިޓީ ޔުނީފޯމް ނުލިބުމުގެ ޝަކުވާ މިފަހަރު ވަރަށް ބޮޑެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްސްޓް ފޮތްތައް ދޫކުރަން މީގެ ކުރިން ވެސް ހަމަޖައްސާފައި އޮތީ ކިޔެވުން ފެށޭ ދުވަހު ދޭ ގޮތަށް ކަމަށެވެ. ނަމަވެސް ބައެއް ސްކޫލުތަކުގައި އޭގެ ކުރިން ފޮތްތައް ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"[މިދިޔަ އަހަރު] ސްކޫލު ބަންދުވިއިރު ހެދިފައި އޮތް ޕްލޭނަކީ [މި އަހަރުގެ] ފޮތްތައް ދޫކުރާނީ 13 ޖެނުއަރީގައޭ. އެ ޕްލޭނާ އެއްގޮތަށް އަޅުގަނޑުމެން ވެސް ސަރުކާރާ ހަވާލުވެގެން މަސައްކަތް ކުރަމުން މި ދަނީ. އެ ދުވަހު ފޮތްތައް ހުރިހާ ބޭފުޅުންނަށް ވެސް ލިބޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ޑރ. އައިޝަތު ވިދާޅުވި އެވެ.
އެކްޓިވިޓީ ޔުނީފޯމުގެ މައްސަލާގައި މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާ ގޮތް ރިވިއުކުރައްވާނެ ކަމަށެވެ.
"ސްކޫލުތަކުން އެއްބަސްފައި އޮތީ އެކި ތާރީހުތަކުގައި ޔުނީފޯމް ލިޔަސް މައްސަލައެއް ނެތޭ. އެ ސްކޫލުތަކުން ހަމަޖައްސާފައި ހުރި ތާރީހުތަކަށް އަޅުގަނޑުމެންނަށް އެކްޓިވިޓީ ޔުނީފޯމް މިފަހަރު ވެސް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރު ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް 73،035 ދަރިވަރުން ކިޔަވާނެ އެވެ. އަދި ކިޔަވައިދިނުމުގައި 9800 އަށް ވުރެ ގިނަ ޓީޗަރުން މަސައްކަތްކުރާނެ އެވެ.
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ
ފޮތްތައް ހަވާލުކުރަން އޮތީ ޖެނުއަރީ 13: މިނިސްޓަރު
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ފޮތްތަކާއި ޓީޗަރުން ހަމަވާނެ، ދިރާސީ އަހަރަށް ތައްޔާރު
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟