Roadha Mihaaru
އެޕަލް އެއާޕޮޑް ވިއެޓްނާމްގައި އުފައްދަނީ

އެޕަލް އިން ވިއެޓްނާމްގައި އެއާޕޮޑް އުފައްދަނީ

12 މެއި 2020

ވިއެޓްނާމްގައި އެޕަލް އިން އެއާޕޮޑް އުފައްދަން ފަށައިފި އެވެ. މިއީ އެޕަލްގެ އުފެއްދުންތައް ޗައިނާ ނޫން އެހެން ގައުމެއްގައި އުފައްދަން އެމެރިކާ ސަރުކާރުން އެދޭ އެދުމަށް ދެވޭ ޖަވާބެއް ވެސް މެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވިއެޓްނާމްގައި އެޕަލް އިން އެއާޕޮޑް އުފައްދަން ފަށައިފި އެވެ. މިއީ އެޕަލްގެ އުފެއްދުންތައް ޗައިނާ ނޫން އެހެން ގައުމެއްގައި އުފައްދަން އެމެރިކާ ސަރުކާރުން އެދޭ އެދުމަށް ދެވޭ ޖަވާބެއް ވެސް މެ އެވެ.

ޗައިނާއިން ބޭރު ގައުމެއްގައި، އެއާޕޮޑްތައް އުފައްދަން އެޕަލް އިން ނިންމީ ކޮރޯނާވައިރަހާ ހެދި ޗައިނާ ފެކްޓާރީތައް ބަންދުކުރަން ޖެހުމާ ގުޅިގެންނެވެ. އެ ނޫން ގޮތެއްގައި، އެއާޕޮޑްތައް ވިޔަފާރި އަށް ނެރޭ އަދަދު ދަމަހައްޓަން ދަތިވެދާނެ ކަމަށް ލަފާކުރެވުމުންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި، އެޕަލުން މާކެޓަށް ނެރޭ ޖުމުލަ އަދަދުގެ 30 ޕަސެންޓް އެއާޕޮޑް، ވިއެޓްނާމްގައި އުފައްދާނެ އެވެ. އެއީ ގާތްގަނޑަކަށް 3 މިލިއަނާ 4 މިލިއަނާ ދެމެދުގެ އަދަދެކެވެ. އެހެންނަމަވެސް، ވިއެޓްނާމްގައި އެއާޕޮޑް ޕޮރޮ އަދި ނުއުފައްދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެއާޕޮޑް އަކީ ބްލޫޓޫތު ވަޔަލެސް ހެޑްފޯނެކެވެ. މިއީ އެޕަލްގެ ހާޑްވެއާތަކުގެ ތެރެއިން އެންމެ ބާރަށް ވިކޭ އައިޓަމެވެ. އަދި މުޅި ދުނިޔެ އަށް ބެލި ނަމަވެސް، އެންމެ ގިނައިން ވިކޭ ވަޔަލެސް ހެޑްފޯނަކީ އެއާޕޮޑް އެވެ. ވަޔަލެސް ހެޑްފޯން މާކެޓްގައި 50 ޕަސެންޓް ކޮންޓްރޯލްކުރަނީ އެޕަލް އެވެ. ފާއިތުވި އަހަރު އެޕަލުން 65 މިލިއަނެއްހާ އެއާޕޮޑް ވިއްކާފައި ވެ އެވެ.

ވިއެޓްނާމްގައި އެޕަލުން އުފައްދަން ފެށި ނަމަވެސް، އެޕަލް މަރުކާގެ ގިނަ އުފެއްދުންތައް އަދި ވެސް އުފައްދަނީ ޗައިނާގަ އެވެ. އެންމެ ބޮޑު ސަބަބަކީ، ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ހޯދުމުގައި، ޗައިނާ ނޫން ގައުމެއް ނެތުމެވެ. ފެކްޓަރީތައް ޗައިނާ ނޫން ގައުމަކަށް ބަދަލުކުރި ނަމަވެސް، ޗައިނާ އަށް ކަމުނުކިޔައި ފަރުޖެއްސެން ނެތީ އެވެ.

އެޕަލް އިން ބުނީ މި ނޫން ގޮތެއް ކައިރި މުސްތަގުބަލެއްގައި ވެސް ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.