10 މެއި 2020
ކޮވިޑް-19 ފެތުރޭ ހާލަތަށް ތައްޔާރުވާން ރާއްޖޭގެ އަތޮޅުތަކުގައި ހަދާ ހެލްތު ފެސިލިޓީތައް ނިންމުން ލަސްވެފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ކޮވިޑް-19 ފެތުރޭ ހާލަތަށް ތައްޔާރުވާން ރާއްޖޭގެ އަތޮޅުތަކުގައި ހަދާ ހެލްތު ފެސިލިޓީތައް ނިންމުން ލަސްވެފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ބޭއްވި މީޑިއާ ބްރީފިންގައި ކުރި ސުވާލަކާ ގުޅިގެން ވިދާޅުވީ، މެޑިކަލް ފެސިލިޓީތަކުގެ މަސައްކަތް ލަސްވީ މިހާރު އޮތް ލޮކްޑައުން ހާލަތުގެ ސަބަބުން ކަމަށެވެ. އެކަމަކު އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި ހަދާ ފެސިލިޓީތަކުގެ މަސައްކަތް ލަސްވާ މައްސަލަ ފެންމަތިވީ، އައްޑޫން އެ ބައްޔަށް ފުރަތަމަ ފަހަރަށް މީހާ ޕޮޒިޓިވްވި އިރު ވެސް އެ ސިޓީގައި ކޮވިޑަށް ޚާއްސަ ކުރާ ފެސިލިޓީގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށް އައްޑޫގެ މޭޔަރަކަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވުމުންނެވެ.
"އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ހެދޭނެ ގޮތެއް ނެތުމާއި އައްޑޫ ކޮވިޑް ހޮސްޕިޓަލް ނިންމަން ކަނޑައެޅި އެކާވީސް ދުވަސްތެރޭ ނުނިމި ވަނީ ކަން ކުރައްވަން ތިބި މީހުންގެ ނުކުޅެދުންތެރިކަމުން،" ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
އައްޑޫން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާގެ ފަހުގެ ޓެސްޓުގެ ނަތީޖާ މިހާރު ނެގެޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން މީގެ އިރުކޮޅެއް ކުރިން ބުންޏެވެ.
- ފުވައްމުލަކު ފެސިލިޓީގެ އިންފްރާސްޓްރަކްޗާ މަސައްކަތް މުޅިން ނިމިފައި.
- އައްޑޫ ހިތަދޫ: 90 ޕަސެންޓް މަސައްކަތް ނިމިފައި.
- ގއ. ވިލިނގިލި: 97 ޕަސެންޓް މަސައްކަތް ނިމިފައި.
- ލ. ގަން: 85 ޕަސެންޓް މަސައްކަތް ނިމިފައި.
- ބ. އޭދަފުށި: 60 ޕަސެންޓް މަސަައްކަތް ނިމިފައި.
- ށ. ފުނަދޫ: 55 ޕަސެންޓް މަސައްކަތް ނިމިފައި.
- ހއ. އިހަވަންދޫ: 94 ޕަސެންޓް މަސައްކަތް ނިމިފައި.
އެ ފެސިލިޓިތަކުގެ މަސައްކަތް ނިމުމާ އެކު، އެ ތަންތަނަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަަމަށް މަބްރޫކް މިރޭ ވިދާޅުވި އެވެ.
"އެހެންވީމާ ހަމަ ވަރަށް ނިމުމާ ގާތަށް ގޮސްފައި ހުރީ ގިނަ ތަންތާގެ މަސަައްކަތް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ހާލަތަށް ތައްޔާރުވާން ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް އަންނަ ފާޑުކިއުންތަކަށް ވެސް މަބްރޫކް މިރޭ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ހާލަތު އޮތީ އެހެން ގައުމުތަކަށް ވުރެ ރަނގަޅަށް ކަމަށެވެ.
މަބްރޫކް، މިރޭގެ މީޑިއާ ބްރީފިންގައި ނޫސްވެރިންނާ ހިއްސާ ކުރައްވަން މައުލޫމާތުތައް ބައްލަވަނީ.
"ޑަބްލިއުއެޗްއޯގެ ފަރާތުން ވެސް ވިދާޅުވެފައި އޮތީ ރާއްޖެ އަކީ މި ކަމުގައި ރަނގަޅަށް މަސައްކަތް ކުރެވޭ ގައުމެއް ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ބޭނުން ވަނީ މަސައްކަތްތައް މިހާރަށް ވުރެ ވެސް ރަނގަޅު ކުރުމަށެވެ. އެހެންވެ، ރަނގަޅު ކުރެވެން ހުރީ ކޮން ކަމެއްތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން މިހައިތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 785 އެވެ. އެބަަލީގައި ތިން މީހަކު މަރުވި އިރު 29 މީހަކު ވަނީ ރަނގަޅު ވެފަ އެވެ.
އައްޑޫގައި ޕީޕީއީގެ ދަތިކަމެއް ނެތް: ސަރުކާރު
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
ރާއްޖޭގެ ހާލަތު ނިސްބަތުން ރަނގަޅު: މަބްރޫކް
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ
މާލެ އަންނަން ހުއްދަ ނަގަންނުޖެހޭ ގޮތަށް ހަމަޖައްސައިފި
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި
އައްޑޫގައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކެންސަލްކޮށްފި
މިއީ ކާރިސާގެ ވަގުތުކަން ހަނދާން ނައްތާލައިގެން ނުވާނެ