10 މެއި 2020
ކޮރޯނާވައިރަހާ އެކު ތަބާވާން ޖެހިފައިވާ ސޯޝަލް ޑިސްޓޭންސިން ނުވަތަ ގައިދުރުމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރެވޭތޯ ބެލުމަށް ސިންގަޕޫރްގެ ޕާކެއްގައި ރޮބޮޓް ކުއްތާ ބޭނުންކުރަން ފަށައިފި އެވެ.
ކޮރޯނާވައިރަހާ އެކު ތަބާވާން ޖެހިފައިވާ ސޯޝަލް ޑިސްޓޭންސިން ނުވަތަ ގައިދުރުމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރެވޭތޯ ބެލުމަށް ސިންގަޕޫރްގެ ޕާކެއްގައި ރޮބޮޓް ކުއްތާ ބޭނުންކުރަން ފަށައިފި އެވެ.
ފުރަތަމަ މަރުހަލާގައި ތަޖުރިބާކުރުމުގެ ގޮތުން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބޮސްޓަން ޑައިނަމިކްސް އިން ތައްޔާރުކޮށް މިދިޔަ އަހަރު ވިއްކަން ފެށި "ސްޕޮޓް" ކިޔާ ރޮބޮޓް ކުއްތާ މި ވަގުތު ބޭނުން ކުރަނީ ސިންގަޕޫރްގެ ބިޝަން-އަންގް މޯ ކިއޯ ޕާކްގަ އެވެ.
އެތަނުގައި ރޮބޮޓް ބޭނުންކުރާކަން އަންގައިދޭން ނޯޓިސް ވެސް ބަހައްޓާފައިވެ އެވެ.
ހަތަރު ފައިލީ ރޮބޮޓް ކުއްތާ ދެ ހަފުތާގެ ޓްރަޔަލެއްގައި ބޭނުންކުރަން ފެށީ ހުކުރު ދުވަހު އެވެ. މި ރޮބޮޓްގެ މައިގަނޑު މަސައްކަތަކަށްވާނީ ގައިދުރުކުރުމަށް ސަމާލުކަން ދިނުމަށް މެސެޖްތައް ދިނުމާއި އޭގައި ހުންނަ ކެމެރާ މެދުވެރިކޮށް ޕާކް ތެރޭގައި މީހުން އުޅޭނޫޅޭ ގޮތާއި މީހުން ހަރަކާތްތެރިވާ މިންވަރު ކަމާބެހޭ ފަރާތްތަކާ ހަމައަށް ފޯރުކޮށް ދިނުމެވެ.
Just received the most Singaporean pandemic content from a mate based in the little red dot pic.twitter.com/vqgnQ5F4D9
— Soon-Tzu Speechley 孫子 (@speechleyish) May 8, 2020
މިކަމާ ބެހޭ ގޮތުން ސިންގަޕޫރްގެ ނެޝަނަލް ޕާކްސް ބޯޑުން ބުނީ ޕާކްގައި "ސްޕޮޓް" ބޭނުން ކުރުމަކީ ޕާކަށްދާ މީހުންގެ ރައްކާތެރިކަމާ ދޭތެރޭ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެ މެދުވެރިކޮށް އެއްވެސް މީހެއްގެ ޒާތީ މައުލޫމާތެއް ރައްކާނުކުރާނެ ކަމަށެވެ. އެހެންވެ ރޮބޮޓްގެ މަސައްކަތަށް އެއްބާރުލުން އެދޭ ކަމަށް ބުންޏެވެ.
"ސްޕޮޓް" ޕާކްތެރޭގައި ބޭނުން ކުރަނީ ރިމޯޓުން ކޮންޓްރޯލްކުރާ ގޮތަށް އަދި އޭގެ ހަރަކާތްތައް ގައިޑަކު ވެސް ބަލަމުން ގެންދާ ގޮތަށެވެ.
ޕާކްސް ބޯޑުން ބުނީ ރޮބޮޓް ކުއްތާގެ ޓްރައިލް ކާމިޔާބުވެއްޖެ ނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ޕާކްގެ ޕީކް ގަޑިތަކުގައި ރޮބޮޓް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. އެތަނުން ބުނީ ރޮބޮޓް ކުއްތާ ބޭނުންކުރުންވެގެން ދާނީ ޕާކްގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ ކަމަކަށެވެ. އަދި މީގެ ސަބަބުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވި ކޮރޯނާވައިރަސް ފެތުރުން ވަރަށް ބޮޑުތަނުން ކޮންޓްރޯލްކުރެވޭނެ ކަމަށް ބުންޏެވެ.
ސްޓްރައިޓް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިޝަން-އަންގް މޯ ކިއޯ ޕާކްގެ ތަޖުރިބާ އަށް ފަހު، ކުރިއަށް އޮތް ތަނުގައި ސިންގަޕޫރްގައި އާންމުން އެއްވާ ގިނަ ތަންތަނުގައި "ސްޕޮޓް" ބޭނުންކުރުމުގެ ފުރުސަތު ބޮޑެވެ.
އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ގޮތުގައި ފާހަގަކުރެވޭ ސިންގަޕޫރްގައި މިހާތަނަށް 21،700 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވެ އެވެ. އަދި އެ ބަލީގައި މަރުވި މީހުންގެ އަދަދު 20 އަށް އަރާ އިރު، ބަލިން ފަސޭހަވި މީހުންގެ އަދަދު 2،040 އަށް އަރަ އެވެ.
މާސްކް ނޭޅުމުން ސިންގަޕޫރުގައި މީހަކު ޖަލަށް ލައިފި
ސިންގަޕޫރްގައި ޑެލިވަރީ ރޮބޮޓްގެ ހިދުމަތް
ސިންގަޕޫރު އެއާލައިންސުން މުވައްޒަފުންނަށް ވެކްސިން ދެނީ
ފޯނު ނެތަސް ކޮންޓެކްޓް ޓްރޭސިން ހެދޭ ޑިވައިސްއެއް
މާލޭގައި ގެތަކާ ކައިރީގައި މައުދަން ގުދަންކުރާތީ ޝަކުވާ
ވިންޓަ އޮލިމްޕިކްސް ބާއްވަނީ ކުޅިބަލާ މީހުންނާ ނުލާ
ވެކްސިން ނުޖަހާ މީހުންގެ އަތުން ޓެކްސް ނަގަނީ
ވެކްސިން ނުޖަހާ ނަމަ ޔޫއޭއީ އިން ބޭރެއް ނުވެވޭނެ
އެމްޕީއެލްގައި ޕޯޓް ސޭފްޓީ ވޯކްޝޮޕް ފަށައިފި
ވެކްސިން ނުޖެހުމުން ޝޯއަކުން ވަކިކުރި އެކްޓަރަކު ކޯޓަށް