ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ވަގުތުތަކުގައި ޖިނާއީ އިޖްރާއާތުގެ ޚާއްސަ އުސޫލުތަކެއް ހިންގައި، ދައުވާ ކުރުމުގެ މުއްދަތުތައް ގުނުން ހުއްޓާލަންޖެހޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
05 މެއި 2020
ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ވަގުތުތަކުގައި ޖިނާއީ އިޖްރާއާތުގެ ޚާއްސަ އުސޫލުތަކެއް ހިންގައި، ދައުވާ ކުރުމުގެ މުއްދަތުތައް ގުނުން ހުއްޓާލަންޖެހޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން ދައުލަތުގެ އޮފީސްތަކާއި ކޯޓުތައް މިވަގުތު އޮތީ ބަންދުކޮށްފަ އެވެ. އެކަމަކު ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކާއި ބަންދާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް މިހާރު ވެސް ކޯޓުތަކުން ކުރިއަށް ގެންދެ އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އެ ބިލްގައި ހުށަހަޅާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް އިއުލާން ކޮށްފައިވާ ހާލަތްތަކުގައި މީހުން ހައްޔަރު ކުރުމާއި ޝަރީއަތް ކުރުމާއި ބަންދާ މެދު ގޮތެއް ނިންމުމުގައި ޚާއްސަ އިޖްރައާތުތަކަށް އަމަލު ކުރަން ނިންމުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ލިބޭ ގޮތަށެވެ.
އެގޮތުން ހަައްޔަރު ކުރެވޭ މީހަކު ނުވަތަ ހައްޔަރު ކުރުމަށް ނުވާ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުން ފުލުހުންގެ މަރުކަޒަށް ވީ އެންމެ އަވަހަކަށް ގެެންދަން ޖިނާއީ އިޖްރާއާތުގެ ގާނޫނު ލާޒިމް ކުރިޔަސް، އެ ބިލްގައި ހުށަހަޅާފައިވަނީ އެފަދަ ހާލަތެއްގައި އެ މީހަކު ފުލުހުންގެ މަރުކަޒަށް ގެންދެވެން ނެތް ނަމަ ހޯމް މިނިސްޓްރީން ކަނޑައަޅާ އެހެން ތަނަކަށް އެ މީހަކު ގެންދެވިދާ ގޮތަށެވެ. އަދި ގާނޫނުގައި ބަޔާންކުރާ ފަދަ ކަސްޓޯޑިއަލް ޖަލެއްގައި އެފަދަ މީހަކު ބަންދު ކުރެވެން ނެތް ނަމަ، ހޯމް މިނިސްޓްރީން ކަނޑައަޅާ ޚާއްސަ ތަނެއްގައި އެ މީހަކު ބަންދު ކުރެވިދާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
ޖިނާއީ އިޖްރާއާތުގެެ ގާނޫނުގެ މިހާރު އޮންނަ ގޮތުން ހައްޔަރު ކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދާ މީހުންނަށް ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ލާޒިމް ވިޔަސް، އެ ބިލް އޮތްގޮތުން އެފަދަ ހާލަތްތަކުގައި ދައުވާ ކުރުމުގެ އެ މުއްދަތުތައް ނުހިނގާނެ އެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ އިތުރުން ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ ދައުވާ ކުރުމުގެ މުއްދަތުތައް ވެސް އެ ހާލަތްތަކުގައި ނުހިނގާނެ ކަމަށް އެ ބިލުގައިވެ އެވެ.
އެ ބިލުގައިވާ ގޮތުން އެފަދަ ހާލަތްތަކުގައި ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީހާއި ޝަރީއަތުގެ މަޖިލިސްތައް ވެސް ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވިދާނެ އެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދާ އަޑުއެހުންތަކުގެ ރެކޯޑިން 10 އަހަރަށް ރައްކާތެރިކޮށް ބަލަހައްޓަން ވެސް އެ ބިލުގެ ދަށުން ލާޒިމް ކުރެ އެވެ.
ޚާއްސަ ހާލަތްތަކުގައި އަމަލުކުރާނެ ޖިނާއީ އިޖްރާއާތުތަކެއް ތައާރަފް ކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހެޅިއިރު، މިދުވަސްވަރު ބަންދާ މެދު ގޮތެއް ނިންމުމުގެ މަސައްކަތްތައް ބައެއް ކޯޓުތަކުން ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 550 އަށް ވުރެ ގިިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެެރެއިން ދެ މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
އިސްތިއުނާފް ނިމެންދެން ކުށްވެރިންނަށް ބެއިލް ދޭންވީތަ؟
އިސްތިއުނާފު ނިމެންދެން ކަފާލާތު ދެވޭގޮތަށް ހަދަނީ
ދުނިޔޭގެ ފެންވަރުގެ ނިޒާމުތައް، ނަތީޖާއަކީ ސުމެއް
ބުޅަލެއް މަރާލުމުން ޖަލަށް، ބޮޑެތި ކުށްވެރިން ގެއަށް!
އެކަކު "ގުރުބާންވެގެން" ކުށުން ރެކުން ނިމުމަކަށް!
ސިއްރު ހެކި ނެގުމުގެ އުސޫލު ތަފްސީލުކުރަން އިސްލާހެއް
ހެކި ހުރެ، ކުށްވެރިން އެބަ ދޫކުރޭ: ސުޕްރީމް ކޯޓް
މުއްދަތު ހިނގަނީ ދައުވާ ކުރުމަށް އެކަނިތަ؟
ގޭގައި ހިނގާ ކަންކަން ސިއްރުން ބެލޭނެ ފަދަ ގަވާއިދެއް