Roadha Mihaaru
ސަރުކާރުން ދޯނި ބަނދެ ދޫކުރަން ހުށަހަޅައިފި

ސަރުކާރުން މަސްދޯނި ބަނދެ، ލޯނު އުސޫލުން ދޫކުރަން ހުށަހަޅައިފި

05 މެއި 2020

ރާއްޖެގެ މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއެރުވުމަށް ޓަކައި ސަރުކާރުން މަސްދޯނިފަހަރު ބަނދެ، ލުއި ލޯނުގެ ގޮތުގައި މަސްވެރިންނަށް ދޫކުރަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީން މިއަދު ހުށަހަޅައިފި އެެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެގެ މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއެރުވުމަށް ޓަކައި ސަރުކާރުން މަސްދޯނިފަހަރު ބަނދެ، ލުއި ލޯނުގެ ގޮތުގައި މަސްވެރިންނަށް ދޫކުރަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީން މިއަދު ހުށަހަޅައިފި އެެވެ.

ސަރުކާރުން މަސްދޯނިފަހަރު ބަނދެ ދޫކުރަން ހުށަހެޅީ ކޮވިޑް-19 އާ ހެދި، އާއިލާތަކާއި ވިޔަަފާރިތަކުގެ އާމްދަނީ އަށްް އަަންނަ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަަކާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިިމް ހުށަހެޅުއްވި މައްސަަލަ ދިރާސާކުރުމަށް ފަަހު މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓްގަ އެވެ.

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިއަދު ހުށަހެެޅި ރިޕޯޓްގައި މަސްވެރިކަމާއި ދަނޑުވެރިކަން އަދި ހަކަތައިގެ ދާއިރާއިން ކުރެވިދާނެ ގިނަ ކަންތައްތަކެއް ހިމަނާފައި ވެ އެވެ.

މަޖިލީހުގެ އެންވަޔަރްމެންޓްް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރި އެވެ. އެ ރިޕޯޓް ފާސްކުރީ ވޯޓްގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

މަސްވެރިކަން ކުރިއަރުވަން ހުށަހެޅި ކަންތައްތައް

- ސަރުކާރުން މަސްދޯނިފަހަރު ބަނދެ، ލޯނު އުސޫލުން ދޫކުރުން

- މަސްފިނިކޮށް ބަހައްޓާނެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން، އެކަމުގައި އަމިއްލަ ފަރާތްތަކަށް އެހީތެރިވުން

- މަސް ކުންފުނިތަކަށްް ދިމާވެފައިވާ މައްސަލަތައް ބަލައި އެކުންފުނިތަކަށް އެހީވުން

- ބަންނަން ފަަށައި ނުނިމި މަސްދޯނިފަހަރު ނިންމަން ސަރުކާރުން އެހީތެެރިވުން

- އޮޑިދޯނިފަހަރު ބަންނަން ބޭނުންކުރާ ތަކެތިން ނަގާ ޑިއުޓީ ކަނޑައިލުން

ރިޕޯޓްގައި ބުނެފައިވާ ގޮތުން އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ އަމާޒަކީ ސަރުކާރުން ހުށަހަޅާފައިވާ އިގުތިސާދީ ޕެކޭޖްތައް ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތަަކަށްް އަމަލުކޮށް ތިމާވެށްޓާއި ދިވެހިންގެ އުފެއްދުންތެރިކަން ހިމާޔަތްކުރުން ކަމަށެވެ. ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށް ޓަކައި އިއާދަކުރަނިވި ހަކަތައަށް ބާރު އަޅައިގެން ގިނަ ކަންތައްތަކެއް ކުރަން ވެސް ރިޕޯޓްގައި ހިމަނާފައި ވެ އެވެ.