08 ސެޕްޓެމްބަރ 2019
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އަށް ހައްލެއް ނުލިބި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދުނިޔޭގެ ސަމާލު ކަމަށް އެކަން ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އަށް ހައްލެއް ނުލިބި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދުނިޔޭގެ ސަމާލު ކަމަށް އެކަން ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރުގައި ވަނީ އިންސާނުންގެ އަމަލުތަކާ ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ގޯހުން ގޯހަށް ދާ ކަމަށް ސައިންސްވެރިން ތަކުރާރުކޮށް އިންޒާރު ދެމުން ދިޔަ ނަމަވެސް މީގެ ސަބަބުން ދުނިޔެ އަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ތިމާވެށީގެ ގޮތުން ނުރައްކަލާ ކުރިމަތިވަމުންދާ ކަމަށެވެ. ހާއްސަކޮށް، ރާއްޖެ ފަދަ ބިން ތިރި ގައުމުތަކުގެ ދެމިއޮތުމަށް ނުހަނު ބޮޑަށް ނުރައްކާވަމުންދާ ކަމަށް ވެސް ގަރާރުގައިވެ އެވެ.
ދުނިޔޭގެ މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ގޭސްތައް އެންމެ ގިނަ އިން ބޭރު ކުރާ ގައުމުތަކުން އެފަދަ ގޭސްތައް މަދު ކުރުމަށް އެކަށީގެންވާ މަސައްކަތްތައް ކުރަމުން ނުދާތީ މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތް ކުރުމަށް ވަކިން ހާއްސަކޮށް، ރާއްޖެ ފަދަ ޖަޒީރާ ގައުމުތައް ސަލާމަތް ކުރުމަށް ލިބިފައި އޮތް ހަނި ފުރުސަތުތައް ހަނިވެ، ކުރިމަތިވެފައިވާ ބޮޑު މައްސަލައިގައި ދިވެހިންގެ ކަންބޮޑުވުން އޮތް މިންވަރު ހާމަކޮށް ހުރިހާ ފެންވަރެއްގައި މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ގަރާރުގައި ގޮވައިލި އެވެ.
ގަރާރުގައި ބުނި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ސައިންސްވެރިންގެ ފަހުގެ ހޯދުންތަކުން ދުނިޔެ ހޫނު ކުރާ ގޭސް ޖައްވަށް ބޭރު ކުރި މިންވަރު މިދިޔަ އަހަރު ރިކޯޑު އަދަދަކަށް މައްޗަށް ވަނީ ގޮސްފަ އެވެ. މިދިޔަ އަހަރަކީ މިހާތަނަށް ރިކޯޑު ކުރެވުނު ހަތަރު ވަނަ އަށް އެންމެ ހޫނު ގަދަ އަހަރު ކަމަށާއި ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުމަކަށް ނާންނަތާ ހަތް އަހަރުވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.
ފާއިތުވި 30 އަހަރު ހުއްޓުމެއް ނެތި ދުނިޔޭގެ ދެ ތަނޑީގައިވާ ގަނޑުފެންތައް ވިރެމުންދާ ކަމަށް ގަރާރުގައިވެ އެވެ. އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން މިދިޔަ އަހަރު އާންމު ކުރި ރިޕޯޓުގައިވާ ގޮތުން ޖައްވަށް ދޫކޮށްފައިވާ ގްރީ ހައުސް ގޭސްގެ ސަބަބުން ސިނާއީ އިންގިލާބުގެ ކުރިން ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް އެއް ޑިގްރީ ސެލްސިއަސް މިންވަރަށް ދުނިޔޭގެ ފިނިހޫނު މިން މިހާރު އުފުލިފައިވާ ކަމަށާއި ގޭހުގެ ސަބަބުން ފިނިހޫނުމިން އިތުރަށް މަތިވާނެ ކަމަށް ގަރާރުގައިވެ އެވެ.
ގަރާރުގައި ވަނީ މިކަމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ މި ހިނގާ ގަރުނު ނިމުމުގެ ކުރިން ދުނިޔޭގެ ފިނި ހޫނުމިން 4.1 އާއި 4.8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް އުފުލިގެންދާނެ ކަމަށް ސައިންސްގެ ހޯދުންތަކުން ފެންނަން އޮތް ކަމަށް ވެސް ގަރާރުގައިވެ އެވެ.
މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ކްލައިމެޓް ޗޭންޖްގެ މުގައްރިރުކަން ސަލީމް ހުށަހެޅުއްވި ގަރާރުގައި އެދިވަޑައިގެންނެވި ބައެއް ކަންކަމުގެ ތެރޭގައި ކަނޑައެޅިފައިވާ މިންގަނޑުތަކެއްގެ ތެރެއިން ގައުމުތަކުން ޖައްވަށް ބޭރު ކުރާ ކާބަން މަދު ކުރުމަށް ބައިނަލްއަގުވާމީ މުޖުތުމައުގައި ރާއްޖެ އިން ވަކާލާތުކޮށް ދިނުން ހިމެނެ އެވެ.
ދުނިޔޭގެ އެވަރެޖް ފިނިހޫނު މިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ ނުދިނުމުގެ ގޮތުން ގައުމުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް މިހާރަށް ވުރެ 45 ޕަސަންޓުން ދަށް ކުރުމަށާއި 2050 ގެ ނިޔަލަށް ނެޓް ޒީރޯ އަށް ތިރިކުރުމަށް ގައުމުތަކަށް ގޮވާލައި ރާއްޖެ އިން ވަކާލާތުކޮށް ދިނުމަށް ވެސް ގަރާރުގައި އެދިފައިވެ އެވެ.
ގަރާރުގައި ވަނީ ޕެރިސް އެގްރީމަންޓްގެ ރޫހާ ހިލާފަށް މަތީ މިންވަރަކަށް ޖައްވަށް ކާބަން ބޭރުކުރާ ގައުމުތައް ފާހަގަކޮށް އިގްތިސާދީ ގޮތުން އެ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅޭނެ އުސޫލުތަކެއް އދ. ގެ ގިއުގަނޑުގެ ދަށުން އެކުލަވާލާ ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އިން ވަކާލާތުކޮށް ދިނުމަށް އެދިފަ އެވެ.
ޕްލާސްޓިކް މަނާ ކުރަން މަޖިލިހުން ގަރާރެއް ފާސްކޮށްފި
ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓް ދިގުކުރަން ފާސްކޮށްފި
ކްލައިމެޓްއެމްބެސެޑަރުކަމުގެ މަގާމު ނަޝީދު ފައްޓަވައިފި
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަކީ އިސްރާފެއް: ރިޕޯޓް
ސަރުކާރުން ދޯނި ބަނދެ ދޫކުރަން ހުށަހަޅައިފި
މޫސުމީ ބަދަލުތަކަށް ފަންޑެއް ހަދަން ލާޒިމް ކުރަނީ
ކަރަންޓު އަގު ހެޔޮކުރަން މަޖިލިހަށް ގަރާރެއް
ބިންހިއްކަން ހުއްދަ ދެނީ ފެހިކުރާނެ ގޮތް ވެސް ބަލާފައި
ދަރިވަރުން މަޖިލީހަށް: ޕްލާސްޓިކް މަދުކޮށްދީ!
ނިހާނުގެ ބޮޑެތި ފާޑު ކިއުންތަކެއް އެމްޑީޕީއަށް